މަރިޔަމް މަޖުދާ(މަޖޫ)
"ސޯލް" ކިޔާ ލަވަ ސީޑީއެއްގެ ލަވައަކުން ކެމެރާގެ ކުރިމައްޗަށް ނިކުތް މަޖޫ ފިލްމީ ދާއިރާ އަށް ތައާރަފުވެގެން ދިޔައީ ޑާކް ރެއިނުން 2014 ގައި ނެރުނު "ހުޅުދާން" އިންނެވެ. އެ ފިލްމަށް ފަހު އޭނާ ވީ ޑާކް ރެއިންގެ ޓީމުން އެންމެ ލޯބިވާ އެއް ބަތަލާއަށެވެ. އެ ސްޓޫޑިއޯގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވާށޭ މަށާއެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ މަޖޫގެ ނަން ފިލްމީ ދާއިރާގައި ވިދުވާލި ދެ ފިލްމެވެ."ސޯލް" ކިޔާ ލަވަ ސީޑީއެއްގެ ލަވައަކުން ކެމެރާގެ ކުރިމައްޗަށް ނިކުތް މަޖޫ ފިލްމީ ދާއިރާ އަށް ތައާރަފުވެގެން ދިޔައީ ޑާކް ރެއިނުން 2014 ގައި ނެރުނު "ހުޅުދާން" އިންނެވެ. އެ ފިލްމަށް ފަހު އޭނާ ވީ ޑާކް ރެއިންގެ ޓީމުން އެންމެ ލޯބިވާ އެއް ބަތަލާއަށެވެ.އެ ސްޓޫޑިއޯގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވާށޭ މަށާއެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ މަޖޫގެ ނަން ފިލްމީ ދާއިރާގައި ވިދުވާލި ދެ ފިލްމެވެ.މިހާތަނަށް ކުޅުނީ މުޅިން ވެސް ޑާކް ރެއިންގެ ފިލްމްތައް ކަމަށް ވާތީ މަޖޫ ލޭބަލްވެފައި ވެސް އޮތީ ޑާކް ރެއިންގެ ބަތަލާއެއްގެ ގޮތުގަ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު "ވަކިން ލޯބިން" އަކީ ވެސް ހަމަ އެ ސްޓޫޑިއޯގެ ފިލްމެކެވެ. މަޖޫ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ މާޗް، 5، 2018 ގައި ރިލީޒް ކުރާ އެ ފިލްމުންނެވެ.
މަރިޔަމް މަޖުދާ(މަޖޫ) އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ތަފާތު ދިވެހި ފިލްމުތައް ކުޅެފައެވެ. އޭގެ ތެރޭގައި
- ހުޅުދާން
- ވަކިން ލޯބިން
- އެންމެ ފަހުވިންދާ ޖެހެންދެން
- މީލޯތްބަކީ
- ވާށޭމަށާއެކީ!
ލިބިފައިވާ އެވޯޑްތައް
[އުނިއިތުރު ގެންނަވާ]8 ވަނަ ގައުމީ ފިލްމް އެވޯޑްސް
[އުނިއިތުރު ގެންނަވާ]- އެންމެ މޮޅު އެކްޓްރެސް : މަރިޔަމް މަދުޖާ (މަޖޫ) - ވާށޭ މަށާއެކީ
- އެންމެ މޮޅު އާބަތަލާ : މަރިޔަމް މަދުޖާ (މަޖޫ) - ހުޅުދާން
- އެންމެ މޮޅު މޭކަޕް : މަރިޔަމް މަދުޖާ (މަޖޫ) - ހުޅުދާން
- އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން : މަރިޔަމް މަދުޖާ (މަޖޫ) - ވާށޭ މަށާއެކީ
- އެންމެ މޮޅު ކޮރިއޮގްރަފީ : މަރިޔަމް މަދުޖާ (މަޖޫ) - ވާށޭ މަށާއެކީ