މަނަދޫ ޢަބްދުﷲ ޒުބައިރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
Delete.png މި މަޒުމޫނު ވަނީ ދިވެހި ވިކިޕީޑިޔާއިން ފޮހެލެވޭ މަޒްމޫނު ތަކުގެ ލިސްޓަށް އިތުރު ކުރެވިފައެވެ.

މި މަޒުމޫނުގައި ލިޔެފައިވާ ލިޔުމަކީ އެކުމާފާނެއްގައި އެކުލެވޭ ވަރުގެ ލިޔުންތަކެއް ނޫނެވެ. އެހެންކަމުން މި މަޒުމޫނު ވަނީ ދިވެހި ވިކިޕީޑިޔާއިން ފޮހެވޭ މަޒުމޫނުތަކުގެ ލިސްޓަށް އިތުރު ކުރެވިފައެވެ. މަޒުމޫނުގައި މި ލޭބަލް ޖެހޭތާ 10 ދުވަސް ތެރޭގައި ޚިޔާލު ސަފްހާގައި ދެކެވިފައިވާ ވާހަކައަށް ރިއާޔަތް ކުރެވޭނެއެވެ. އަދި މެމްބަރުންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މަޒްމޫނު ފޮހެލެވޭނެއެވެ!


މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިސްގައި މަސައްކަތްކުރައްވާ މަނަދޫ، ޕޫލްވާރީ ޢަބްދުﷲ ޒުބައިރު (މަނޭ) އަކީ މީހުންނާ ގުޅޭ ހިތްހެޔޮ މަޑުމައިތިރި ޒުވާން ފުލެހެކެވެ. ބައްޕަ ނިޔާވުމާއެކު ވަރަށް ދަތިހާލުގައި ނަމަވެސް މަދުރަސީ ދަޢުރު ފުރިހަމަކުރީ ނ. އަތޮޅު މަދަރުސާގައި 1994 ވަނަ އަހަރުއެވެ. އޭރު ޢަބްދުﷲ ދެކެމުންއަންނަ ހުވަފެނެއް އޮވެއެވެ. އެއީ ޤައުމަށް ޚިދުމަތްކުރުމުގެ ރޮނގުން ކުރިއަށް ދިއުމެވެ. އެހެންނަމަވެސް އަމިއްލަ މަސައްކަތެއް ކޮށްގެން އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ޢަބްދުﷲ އޭރު ވެސް އަދި މިހާރުވެސް ކުރާ އުއްމީދެކެވެ.

ޢަބްދުﷲ ޒުބައިރަކީ މަސައްކަތްތެރިވެސް ޒުވާނެކެވެ. އެގޮތުން ވަޑާމުގެ މަސައްކަތާއި ކޮންމެވެސް ވަރަކަށް ރޭނުމުގެ މަސައްކަތްވެސް ކޮށްއުޅުނެވެ. މީގެއިތުރުންވެސް ވެލްޑިންގ ކުރުންފަދަ މެކޭނިކަލް މަސައްކަތްތަކީ އަބްދުﷲ އަށް ލިބިފައިވާ ހުނަރެކެވެ. އިޖްތިމާއީ ގޮތުން ހިލޭ ސާބަހަށް އެކިވަރުގެ މަސައްކަތް ކުރެއްވިއެވެ. މަނަދޫ ސަހަރާގެ ބޭރުގައި މިހާރު ފެންނަން އެހުރި ހޮޅިދަނދިތައް ހެދުމުގަޔާއި ވެލްޑިންގ ކޮށްފައިވަނީ ދެވަނަ މީހެއް ނޫނެވެ.

ފުލުހުންގެ ލާންސްކޯޕްރަލް ކަމުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޒުބައިރު މިހާރު މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ މެރިން ޕޮލިހުގެ ލޯންޗް ކެޕްޓަނަކަށެވެ. ކޯސްޓަލް ނެވިގޭޝަން ކޯސް ފުރިހަމަކޮށްފައިވާ ކުޅަދާނަ މާލިމީއެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެހެނިހެން ބައެއް ވަޒީރުންނާއި މީގެއިތުރުން ވީވީއައިޕީ ދަތުރުފުޅުތައް ކުރެއްވުމުގައި ފުލުހުންގެ އެންމެމަތީ ވެރިންގެ އިތުބާރު އޭނާ ވަނީ ހޯއްދަވާފައެވެ.

އަބްދުﷲ ކުޑައިރު ނަގާފައިވާ ކަޅާ ހުދުގެ ފޮޓޯއެއް

އަބްދުﷲ ކުޑައިރު ނަގާފައިވާ ކަޅާ ހުދުގެ ފޮޓޯއެއް ކުޅިވަރުގެ ރޮނގުގައިވެސް ޢަބްދުﷲ އަކީ ފާހަގަކުރެވެމުން އައިސްފައިވާ ޒުވާނެކެވެ. އެގޮތުން ސްކޫލް ދަޢުރުގައި އިންޓަރހައުސް މުބާރާތުގައި އޭނާގެ ޓީމް ތަށި އުފުލާލިއިރު އެ މުބާރާތުގެ އެއްވަނަ ގޯލްކީޕަރުކަމުގެ މަޤާމު ޙާސިލްކޮށްފައިވެއެވެ. މީގެއިތުރުން ޕެރަޑައިސް ކަޕްގައި ވެސް އެއްވަނަ ގޯލްކީޕަރުކަން ލިބިފައިވެއެވެ. ކުޅިވަރުގެ ރޮނގުން ޢަބްދުﷲ ޙަނދާންނައްތާނުލެވޭނެ ދުވަހެއް މަނަދޫލައިވް އާ ޙިއްސާކުރެއްވިއެވެ. އެއީ މަނަދޫ އެކުވެރި ކުލަބް ޒޯން މުބާރާތަށް ކޮލިފައި ވެގެން އެޓީމްގައި އޭރު ހުރި ގޯލްކީޕަރު ކަމުނުގޮސްގެން މެނޭޖްމަންޓުން ޚަރަދުކޮށްގެން ސީޕްލޭނެއްގައި ޅ. ކެރެންދޫ މަގުން ދޯނި ގަނޑެއްގައި ރަށަށް ދެވުނުއިރު ޓީމް ލިސްޓްގައި އޭނާގެ ނަންނެތިގެން މުބާރާތާއި އަލްވަދާއު ކިޔަންޖެހުނު ދުވަސް ކަމަށް ޢަބްދުﷲ ބުނުއްވިއެވެ.

ވަނަވަރު ފުރިހަމަ ނަން: އަބުދުﷲ ޒުބައިރު އުފަންދުވަސް: 28 މާރޗް މިވަގުތު އެންމެ އިސްކަމެއްދެނީ: އާއިލާއާއި،ވަޒީފާއަށް ޚާއްޞަ ފަންނު: އެއްގަމާއި ކަނޑުގެ ޑްރައިވިން އެންމެ އުފާވި ދުވަސް: ދަރިފުޅު ލިބުނު ދުވަސް އެންމެ ދެރަވިދުވަސް: މާމަ ނިޔާވި ދުވަސް އެންމެ ލަދުގަތްދުވަސް: ފާހަގަކުރެވިފައެއް ނެތް ތިޔައީ ކޮންކަހަލަ މިޒާޖެއްގެ މީހެއް: ބޮޑަށް އިގޭނީ ރަހުމަތްތެރިންނަށް ލޯބީގެ ގޮތުން / ކައިވެނީގެ ގޮތުން މިހާރުގެ ސްޓޭޓަސް: ކައިވެނިކޮށްގެން އެންމެ ލޯބި ވަނީ: މަންމަ އާއި ޢާއިލާދެކެ އަންހެން ކުއްޖެއް އެންމެ ރީތިވަނީ ކޮން ސިފައެއް ހުރީމަ: ދީނަށް ލޯބިކުރުމާއި، މަޑުމައިތިރިވީމަ މިހާރު އިނދެގެން ތިޔަ އުޅެނީ އެކަހަލަ ކުއްޖަކާތަ ؟ އެއްކޮށް ފުރިހަމަނުވޭ އެންމެ ގާތް ރަޙުމަތްތެރިޔާ: އަންބާ މުސްތަޤްބަލް އޮތް ގޮތެއް: ހީވަނީރަގަޅު ވާނެހެން އެންމެ މީރު ކެއުން: ގަރުދިޔަ، ބަތް، ލޮނުމިރުސް އެންމެ ކުޅޭހިތްވާ ކުޅިވަރު: ފުޓްބޯޅަ އެންމެ މީރު ބުއިން: ކުރުބާފަނި އެންމެ ފަސޭހައިން ބުނެލެވެނީ ކީކޭ: ކީކޭ ބައްދަލުކުރަން ބޭނުންވާ ޝަހުސިއްޔަތު: މިދުނިޔެއަކު ނެތް އެންމެ ރީތި ލަވަ: ނެތް އެންމެ މަޤްބޫލް ފިލްމީ ތަރި: ނެތް ރަށުގެ މުސްތަޤްބަލާމެދު ދެކެނީ ކިހިނެއް؟ އިސްލާމްދީނަށް ލޯބިކުރާ،އެކުވެރި ރައްޔިތުން ތަކެއް ދިރިއުޅޭ ފުދުންތެރި ރަށަކަށް ވުން. ނިންމާލަމުން ބުނެލާނީ: އިސްލާމް ދީނަށް ލޯބިކުރާށޭ. ހިތްވަރާއެކު އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރާށޭ. ތިމާގެ އަމިއްލަ ކަންކަނަށްވުރެ ދީނާ، ޤައުމުގެ މަސްލަހަތު އިސްކުރާށޭ. އޭރުން އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށޭ.


މަރުޖިޢު: މަނަދޫލައިވް.ކޮމް.އެމްވީ www.manadhoolive.com.mv

--Allosaeed 05:30, 25 ޑިސެމްބަރު 2011 (UTC)