މަނަދޫ ހާރޫނުބޭ

ވިކިޕީޑިއާ އިންވިކިޕީޑިއާ
މި މަޒުމޫނު ވަނީ ދިވެހި ވިކިޕީޑިޔާއިން ފޮހެލެވޭ މަޒްމޫނު ތަކުގެ ލިސްޓަށް އިތުރު ކުރެވިފައެވެ.

މި މަޒުމޫނުގައި ލިޔެފައިވާ ލިޔުމަކީ އެކުމާފާނެއްގައި އެކުލެވޭ ވަރުގެ ލިޔުންތަކެއް ނޫނެވެ. އެހެންކަމުން މި މަޒުމޫނު ވަނީ ދިވެހި ވިކިޕީޑިޔާއިން ފޮހެވޭ މަޒުމޫނުތަކުގެ ލިސްޓަށް އިތުރު ކުރެވިފައެވެ. މަޒުމޫނުގައި މި ލޭބަލް ޖެހޭތާ 10 ދުވަސް ތެރޭގައި ޚިޔާލު ސަފްހާގައި ދެކެވިފައިވާ ވާހަކައަށް ރިއާޔަތް ކުރެވޭނެއެވެ. އަދި މެމްބަރުންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މަޒްމޫނު ފޮހެލެވޭނެއެވެ!


ނ. މަނަދޫ ގުލްބަކާގޭ އަލްމަރުޙޫމް ހާރޫނުބޭ އަޅުގަނޑުމެންނާވަނީ ވަކިވެގެން ގޮސްފައެވެ. މި ފަނާވެނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އެހެންނަމަވެސް ހާރޫނުބެއަކީ ޒިކުރާ އާކުރަންޖެހޭ ވަރުގެ ބޭކަލެކެވެ. އެވަރުގެ ޚިދުމަތްތެރިއެކެވެ. އެހާ މުރާލި އަދި ހީވާގި ބޭކަލެއްވެސް މެއެވެ.

ހާރޫނުބެއަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު ބޭކަލެކެވެ. މަތީ ނަސަބަކުން އައިސްފައިހުރި ބޭކަލެއްނޫނެވެ. މަތީ މަޤާމުތަކެއް އަދާކުރި ބޭކަލެއްވެސް ނޫނެވެ. އެހެންނަމަވެސް އެއީ އަގުހުރި ޚިދުމަތްތެރިއެކޭ ބުނުމުން އަދި އެއީ މަނަދޫގެ ތާރީޚުގައި ފާހަގަކުރެވޭ ޝަޚްސިއްޔަތެކޭ ބުނުމުން މިހާރުގެ ބައެއް ޒުވާނުން ސުވާލު އުފައްދަފާނެއެވެ. "ބޯކެޔޮ ހާރޫނު" ބޭގެ ނަމުން އާންމުކޮށް މުޚާތަބު ކުރެވޭ ހާރޫނުބެއަކީ އޭނާއަށްވުރެ އުމުރުން ހަގު މީހުންނަށް ކޮއްކޮ ކިޔާފައި މުޚާތަބު ކުރި ބޭކަލެކެވެ. އެއީ ރާވެރިއެކެވެ. ރޭނުމުގެ މަސައްކަތް ކުރިއެވެ. ހާރޫނުބޭގެ އެންމެ ޚާއްޞަ ޚިދުމަތަކީ މަނަދޫ އިރުމަތީ އަވަށު ފިރިހެނުންގެ މިސްކިތް ބެލެހެއްޓުމެވެ. އެއީ އެއްވެސް އިނާޔަތެއްނެތި ހިލޭ ސާބަހަށް ކުރި އަގުހުރި ޚިދުމަތެކެވެ.

މަނަދޫ އިރުމަތީ އަވަށުގައި މިހާރު ފިރިހެނުންގެ މިސްކިތް އެހުރި ސަރަޙައްދުގެ ތެރޭގައި ކުރިން ވަރަށް ކުޑަކުޑަ މިސްކިތެއް ހުރެއެވެ. މިސްކިތް ހުންނަނީ ރާނާފައެވެ. އުވަޖަހާފައެވެ. މަތިން އީޓު ޖަހާފައެވެ. އެ މިސްކިތް އެއީ ހާރޫނުބޭގެ މިސްކިތެއްގެ ގޮތުގައި ވަނީ މަޝްހޫރުވެފައެވެ. ހާރޫނުބެއަކީ މިސްކިތް ބެލެހެއްޓުމުގައި ނަމޫނާ ބޭކަލެކެވެ. އަބަދުވެސް މިސްކިތް ސާފުތާހިރުކޮށް ބޭއްވުމަށާއި މިސްކިތު ގޯތިތެރެ ސާފުކުރުމަށް އަދި މިސްކިތު ވަޅު ސާފުކޮށް ބެލެހެއްޓުމުގައި ހާރޫނުބޭ ހުންނަނީ އަރުވާ ޖަހާފައެވެ.

ހާރޫނުބެއަކީ ރާވެރިއެކެވެ. ރާވެރިކަންކޮށް ހަކުރު ހެދި ބޭކަލެކެވެ. އެ މަސައްކަތާ ގުޅޭ ހުރިހާ އާލާތެއް އަމިއްލައަށް އުފައްދަވައިގެން އުޅުއްވި ބޭކަލެކެވެ. އެއީ ރޭނުންތެރިއެކެވެ. އަމިއްލައަށް އުވަދަވައިގެން ރޭނުމުގެ މަސައްކަތް ކުރިއެވެ. މީހުން އުކާލާ އެއްޗެތިން އެއްޗެތި އުފެއްދެވިއެވެ. ފައިވާން ފަދަ ތަކެތި މަރާމާތު ކުރެއްވިއެވެ. މުންޑު އެއްޗެތި އަމިއްލައަށް ފެއްސެވިއެވެ. މިކަންތައްތައް ހާރޫނުބޭ ކުރެއްވީ އެކަން އެގޮތްގޮތަށް ކުރެއްވުމުގެ ޝަޢުޤުވެރިކަމުގައެވެ. ހާރޫނުބޭ ޤަބޫލުކުރައްވާ ފިލޯސަފީއަކީ އެއީކަމަށްވާތީއެވެ. އެއީ ނަމާދު ޖަމާޢަތުގައި ކުރުމަށް އިސްކަންދިން ބޭކަލެކެވެ. ހުކުރު ނަމާދަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. ހުކުރަށް ދުރުވުމަށް އޮންނަ ޚާއްޞަ ހުކުރު ހެދުމުގައި ނޫނީ ހުކުރަކަށް ނުދުރުވެއެވެ. ޤުރުއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރައްވައެވެ. އެއީ ގޭގޭގައި ސަލަވާތް ފާތިހާ ކިޔައިދެއްވި ބޭކަލެވެ.

ހާރޫނުބެއަކީ ހަށިގަނޑު ވަރަށް ނިކަމެތިކޮށް ހުންނަ ބޭކަލެކެވެ. ހިނގުން އަވަސްވާނެއެވެ. އާންމުކޮށް ލާނީ ހަމައެކަނި މުންޑެވެ. ފައިވާނަށް އާންމުކޮށެއް ނާރާނެއެވެ. މުންޑު ހުންނާނީ އަބަދުވެސް މުންޑުން އަރުވާ ޖަހާފައެވެ. ކެއުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރައްވާނީ ހަކުރެވެ. ތިމާގެ މީހުންނަށާއި އަވަށްޓެރިންނަށް ހެޔޮ ފޯރުކޮށްދެއްވިއެވެ. ކަމޭހިތްތެރިވިއެވެ. ބޮލުގައި ފޮށައެއް ނޫނީ ފޮތިގަނޑެއްނަމަވެސް އޮޅާލާނެއެވެ. ދަތްތައް ވަރަށް ސާފުކޮށް ރީތިކޮށް ބަލަހައްޓާނެއެވެ. އިލޮށްޓާއި ހިމުންވެލިން ރީތިކޮށް ދަތްތައް ސާފުކޮށް ކާށިތެޔޮ އުގުޅާނެއެވެ. ހާރޫނުބޭ މީހަކާ އިންކަމެއް އަދި ދަރިއަކު ލިބުނުކަމެއް އަޅުގަނޑަށް އެގިފައެއް ނުވެއެވެ.

ހާރޫނުބޭގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަނީ ވަކި ތަރުތީބަކުންނެވެ. ކޮންމެ ނަމާދު ވަގުތެއްގެ މާކުރިން ހާރޫނުބޭ މިސްކިތަށް ދެއެވެ. ގިނަ ނަމާދުތައް ކުރާނީ މޫދުއެރުމަށްފަހު މިސްކިތުވަޅުން ފެންވަރާލައިގެންނެވެ. ޚާއްޞަކޮށް އެއްވެސް މަސައްކަތެއްގައި އުޅެފިނަމަ ފެންނުވަރާ ނަމާދު ކުރުމަކީ ހާރޫނުބޭގެ އާދައެއްނޫނެވެ. ހާރޫނުބޭ ނިޔާވެފައި އޮއްވާ ފެނުނީ މޫދުގައި އޮއްވައެވެ. ބެލެވެނީ އެއީވެސް އެގޮތުގެމަތިން މޫދަށް ދިޔަދިއުމެއްގައި ކުއްލިއަކަށްވީ މަރެއް ކަމަށެވެ. ހާރޫނުބޭގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ރަޙުމަތް ލައްވާށިއެވެ.

ހާރޫނުބޭގެ ޒާތީ ދިރިއުޅުމާއި ޝަޚްސިއްޔަތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެއެވެ. މި ލިޔުން ފުރިހަމަކޮށްލުމުގެ ފުރުސަތު މިވަނީ ލިބިފައެވެ. ކޮމެންޓް ކުރައްވަމުން ގެންދަވާށެވެ. މަނަދޫގައި އުޅެފައިވާ އަގުހުރި ޝަހުޝިއްޔަތުންގެ ހަނދާނާއި ޒިކުރާ އާކޮށް އެބޭކަލުންގެ ވާހަކަތައް ފަހަށް ރައްކާކުރުމަށް މިއީ ރަނގަޅު ފެށުމަކަށް ވެދާނެއެވެ.

" ދާދި އަވަހަށް ނެތިފަނާ ވިޔަކަސް އަގެއްނެތް ޖިސްމުތައް، ތާއަބަދު ދެމިހުންނަނިވި ޒިކުރާ އަކަށް ނިމުމެއްނެތޭ"