Jump to content

ވިލްމުސް ޓިއުމަރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ގުރުދާގެ ކެންސަރު(އިނގިރޭސި ބަހުން: Nephroblastoma)ގެ ތަފާތު ވައްތަރު ތައް ހުރެއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް ވައްތަރަކީ ވިލްމްސް ޓިއުމަރު(އިނގިރޭސި ބަހުން: Wilms Tumour) އެވެ. އަނެއް ވައްތަރަކީ ގުރުދާ ސެލް ކެންސަރު(އިނގިރޭސި ބަހުން: Hypernephroma) ގެ ނަމުން މަޝްހޫރު ވެފައިވާ ވައްތަރެވެ. ވިލްމްސްޓިއުމަރު އަށް ނެފްރޯބްލާސްޓޯމާ އޭ ވެސް ކިޔައެވެ. މިޓިއުމަރު އެންމެ ފުރަތަމަ ހޯދީ ޖަރުމަނުގެ ސާޖަރީ ޑޮކްޓަރެއް ކަމުގައި ޑރ ވިލްމްސް އެވެ. އެހެންކަމުން މިޓިއުމަރަށް މިބުނި ޑޮކްޓަރުގެ ނަމުން ނަންދެވުނެވެ. އާންމު ގޮތެއްގައި ވިލްމްސް ޓިއުމަރު ކުރިމަތިވަނީ ކުޑަކުދިންނަށް ކަން ފާހަގަ ކުރެވެއެވެ.

ވިލްމުސް ޓިއުމަރު އަކީ އުމުރުން 5-1 އަހަރާއި ދެމެދުގެ ކުދިންގެ ގުރުދާ އަށްޖެހޭ ކެންސަރުގެ ބާވަތެކެވެ.

އަލާމާތްތައް

[އުނިއިތުރު ގެންނަވާ]
  • ބަނޑުގައި އަތްލާ ބެލުމުން އޮމާންކަމެއްނެތް ހަރުތަނެއްގައި އަތްޖެހުން
  • ކުޑަކަމުދާ ނަޖިހުގައި ލޭހުރުން
  • ބަނޑަށް އުދަގޫވުން
  • ހުންއައުން
  • ކާހިތްނުވުން
  • ބަރުދަން ލުއިވުން
  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005