ވިލާ ކޮލެޖު

ވިލާ ކޮލެޖު އުފެދުނީ 2007ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27ވަނަ ދުވަހު ޓްރެއިނިންގ އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. މި ދުވަހަކީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ގައި ވިލާ ކޮލެޖު ރަޖިސްޓްރީކުރެވުނު ދުވަހެވެ. މިއީ ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ އަމިއްލަ ނުވަތަ ޕްރައިވެޓް ކޮލެޖެވެ. ވިލާ ކޮލެޖުގެ ބާނީ އަކީ ވިލާ ގްރޫޕުގެ ޗެއަރމަން އަލްފާޟިލް ޤާސިމް އިބްރާހީމެވެ. ވިލާ ކޮލެޖުގެ މިހާރުގެ ރެކްޓަރަކީ ޑރ. އަޙްމަދު އަންވަރެވެ.
އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިޔާއަކީ ވިލާ ކޮލެޖުގެ ފުރަތަމަ އިންޓަރނޭޝަނަލް ޕާޓްނަރެވެ. 2015ވަނަ އަހަރު ޔުނިވަރސިޓީ އޮފް ވެސްޓް އިންގްލެންޑާ އެކު ވިލާ ކޮލެޖުން ވަނީ ޕާޓްނަރޝިޕެއް ޤާއިމުކޮށްފައެވެ.
ވިލާ ކޮލެޖުން މިހައިތަނަށް 18500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވެއެވެ.
ކޮލެޖުގެ ކެމްޕަސްތައް
[އުނިއިތުރު ގެންނަވާ]ވިލާ ކޮލެޖުގެ ކެމްޕަސްތަކަކީ ކިއުއައި ކެމްޕަސް، ގްރީން ކެމްޕަސް، ނޮލެޖް ވިލެޖް ފުވައްމުލަކު ކެމްޕަސް، ލޭކްސައިޑް ކެމްޕަސް، އޭދަފުށީ ކެމްޕަހެވެ. މީގެތެރެއިން ކިއުއައި ކެމްޕަހަކީ ކޮލެޖުގެ މަރުކަޒީ ކެމްޕަހެވެ. މި ކެމްޕަސް ހުންނަނީ މާލޭގައެވެ.
އެހެން ކެމްޕަސްތައް
[އުނިއިތުރު ގެންނަވާ]| ކެމްޕަހުގެ ނަން | ހުޅުވި ތާރީޚު | ކެމްޕަސް މެނޭޖަރު |
|---|---|---|
| ނައިފަރު ކެމްޕަސް | 13 މޭއި 2013 | ނަޞްރުﷲ މުޙައްމަދު |
| މަހިބަދޫ ކެމްޕަސް | 14 އޭޕްރީލް 2014 | އަޙްމަދު ރިފްޢަތު |
| ކުޅުދުއްފުށީ ކެމްޕަސް | 2017 | މުޙައްމަދު ޢަބްދުﷲ |
| ލ. ގަމު ކެމްޕަސް | 10 ޖޫން 2019 | ޠާހާ އަބޫބަކުރު |
| ސ. ހިތަދޫ ކެމްޕަސް | 16 ޑިސެމްބަރ 2024 | ޝަފްނާ އަޙްމަދު ދީދީ |
ފެކަލްޓީތަކާއި ސެންޓަރުތައް
[އުނިއިތުރު ގެންނަވާ]- ސްކޫލް އޮފް ކޮމްޕިއުޓަރ ސައިންސް
- ސެންޓަރ ފޮރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް
- ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް
- ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް
- ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
- ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ
- ޤާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސް
- ފެކަލްޓީ އޮފް ހެލްތު ސައިންސަސް