ވިލާތު ބަށި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ވިލާތު ބަށި

ވިލާތު ބަށި(ސައިންޓިފިކް ނަން: Solanum lycopersicum)ނުވަތަ (އިނގިރޭސި ބަހުން: Tomato)އަކީ ވިލާތު އަލުވި ނުވަތަ އަލުވި ގަހުގެ ފަތާއި ގާތްގޮތަކަށް ފަތް ހުންނަ، ވާކޮށް ހެދޭ ގަހެއްގެ މޭވާއެކެވެ. މިދޮންވީމާ ހުންނަނީ، ރަތްކުލަ ނުވަތަ ރީދޫ ކުލައިގައެވެ . ދިވެހި ބަހުން ވިލާތު ބައްޓަށް މިހާރު ޓޮމާޓޯ ވެސް ކިޔައި އުޅެއެވެ. ވިލާތު ބަށީގެ ތަފާތު އެތަކެއް ވައްތަރުތައް ހުރެއެވެ. އެންމެ އާންމުކޮށް ހުންނަނީ ރަތް ކުލަ، އަދި ރީނދޫ ކުލައިގެ ވިލާތު ބައްޓެވެ.

ވިލާތު ބަށި ބޭނުންކުރަނީ ރިހަ ކެއްކުމާއި، ސަލަޑް ފަދަ ތަކެތި ހެދުމާއި، އެހެނިހެން ކުޅި ފާނޑުގެ ތަކެތި ތައްޔާރު ކުރުމުގެ ތެރޭގައެވެ. މީގެ އިތުރުން ވިލާތު ބަށި ބޭނުންކޮށްގެން ޓޮމާޓޯ ޕޭސްޓް އުފައްދައި ބޭނުން ކުރެއެވެ.