އެސްފިނޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އެސްފިނޮޅު (އިނގިރޭސި ބަހުން: Chalazion)އަކީ އަނދުން ހުލި ފަދައިން ލޮލުގެ މަތީ ރަވައިގައި ނަގާ ބައްޔެކެވެ. މިއީ ލޮލުގެ ރަވައިގައި ހިމެނޭ މިބޯމިއަން ގްލޭންޑް އޭ ކިޔޭ ގްލޭންޑް އެއް ބެދި، އިންފެކްޝަން އަށަގަތުމުން އުފެދޭ ބައްޔެކެވެ. އަނދުން ހުލި އާއި އެސްފިނޮޅު އާއި ހުރި ތަފާތަކީ އަނދުން ހުލީގެ ސައިޒުން ކުޑަވެފައި، ތަދު ހުންނަލެން ބޮޑުވާނެއެވެ. އަދި އެސްފިނޮޅު ބޮޑުވެ ދުޅަވުމުން އޭގައި އަތްލުމުން ތަދު އިހްސާސް ކުރެވޭނެއެވެ. އެސްފިނޮޅު ބައެއް ފަހަރު ފަރުވާ އަކާ ނުލައި އޭގެ ޒާތުގައި ހިނދި ތިރިވެ ދެއެވެ.