އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރ
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެޖުޓަންޓް ޖެނެރަލްސް ކޯރ (އޭޖީ ކޯރ) އުފެއްދެވީ 4 މާރިޗު 2020 ގައެވެ. އެޖުޓަންޓް ޖެނެރަލްސް ކޯރއަކީ ދިވެހި އަސްކަރިއްޔާގެ މައިގަނޑު 7 ސަރވިސްގެ ތެރެއިން ސަރވިސްއެކެވެ. އެޖުޓަންޓް ޖެނެރަލްސް ކޯރއަކީ ސަރވިސް ސަޕޯޓް ސަރވިސް އެކެވެ.
އެޖުޓަންޓް ޖެނެރަލްސް ކޯރ (އޭޖީ ކޯރ) އަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސެރެމޯނިއަލް ޑިއުޓީތައް އަދާކުރުމާއި، ލީގަލް ސަޕޯޓާއި، އަސްކަރީ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އަދި ހިއުމަން ރިސޯސްއާއި ފައިނޭންޝަނަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕަރޓީސް ފޯރުކޮށްދިނުމަށް ޓަކައި އުފައްދާފައިވާ ސަޕޯޓް ސަރވިސްއެކެވެ. މިގޮތުން ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ސަރވިސްތަކާއި، އޮޕަރޭޝަނަލް ކޮމާންޑްަތަކާއި، ހެޑްކްއޯޓަރޒްތަކުގެ އިދާރީ ކަންކަމާއި، މުވައްޒަފުންނާ ބެހޭ ކަންކަމާއި، ފައިސާއާ ބެހޭ ކަންކަން ބަލަހައްޓާނެގޮތުގެ ފަންނީ ހުނަރާއި، ޤާބިލުކަން ފޯރުކޮށްދިނުމާއި، އެ ދާއިރާތަކަށް ބޭނުންވާނެ ސެރެމޯނިއަލް ޚިދުމަތް ފޯރުކޮށްދިނުމާއި، މީޑިއާ އަދި ޕަބްލިޝިންގގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ލީގަލް ސަޕޯޓާއި، ފޯސް ޕްރޮޓެކްޝަން އާއި އެކްސެސް ކޮންޓްރޯލް އަދި އަސްކަރީ ޢަދުލުގެ ނިޒާމު ޤާއިމުކޮށް ހިންގުމަކީ އެޖުޓަންޓް ޖެނެރަލްސް ކޯރއިް ކުރަން ޖެހޭ ކަމެކެވެ.
ހިއުމަން ރިސޯސް މެނޭޖްމަންޓާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާއިން އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޒިންމާގެ ތެރޭގައި ހިމެނެނީ ސަރވިސްތަކާއި ކޮމާންޑްތަކާއި ހެޑްކްއޯޓަރޒްތަކާއި މިލިޓަރީ ކޮމާޝަލް އެންޓަރޕްރައިޒްތަކަށް ބޭނުންވާ ފައިނޭޝަލް މެނޭޖަރުންނާއި، އެކައުންޓެންޓުންނާއި، އޮޑިޓަރުންފަދަ ޚާއްޞަ މީހުން އުފައްދައި ފޭރުކޮށްދިނުމެވެ. އަދި ހިއުމަން ރިސޯސް މެނޭޖްމަނޓް ދާއިރާގެ ސްޕެޝަލިސްޓުންނަކީ އެޖުޓަންޓް ޖެނެރަލްސް ކޯރއިން އުފައްދާ ދަމަހައްޓާ ފަރާތްތަކެކެވެ. ސަރވިސްތަކާއި ކޮމާންޑްތަކާއި ހެޑްކްއޯޓަރޒްތަކުގެ ކްލެރިކަލް މަސައްކަތްތަކަކީ ސަރވިސްތަކުގެ ސިފައިން އަދާކުރާ ދައުރެކެވެ.
އޭޖީ ކޯރގެ ދައުގައި ހިނގާ ފަންކްޝަނަލް ދާއިރާތަކުގެ ސިފައިންނާ ހުރިހާ ވަސީލަތްތަކާއި އާލާތްތަކަކީ އޭޖީ ކޯރއަށް ނިސްބަތްވާ މީހުންނާ ތަކެއްޗެކެވެ. ނަމަވެސް އެހެން ސަރވިސްތަކާއި ކޮމާންޑްތަކާއި ހެޑްކްއޯޓަރޒުތަކުގެ އިދާރީ މަސައްކަތްކުރަން ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތަކަކީ އޭޖީ ކޯރއަށް ނިސްބަތްވާ ތަކެއްޗެއްނޫނެވެ. އެހެންކަމުން، އެހެން ސަރވިސްތަކާއި، ކޮމާންޑްތަކާއި ގެޑްކްއޯޓަރޒްތަކަށް ހިއުމަންރިސޯސް މެނޭޖްމަންޓާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާއިން އޭޖީ ކޯރއިން ފޯރުކޮށްދެނީ ހަމައެކަނި މި ފަންނުގެ ޚާއްޞަ އިންސާނީ ވަސީލަތެވެ. އެސެޓްތަކަކީ އެ އެސެޓްތައް ބޭނުންކުރާ ފޯސްތަކާއި ޚިދުމަްތަކާ އަދި ކޮމާންޑްތަކުގެ ސެސެޓްތަކެވެ. ދިވެހި އަސްކަރިއްޔާގެ ބާރުތަކާއި ޚިދުމަތްތައް އަދި ކޮމާންޑްތަކަށް އެޖުޓަންޓް ޖެނެރަލްސް ކޯރއިން ފޯރުކޮށްދޭންޖެހޭ ސަޕޯޓް ފޯރުކޮށްދިނުމުގެ އިތުރުން، އަސްކަރިއްޔާއިން ހިންގަންޖެހޭ އިންޓަރނަލް ސެކިއުރިޓީ އަދި ސިވިލް ޑިފެންސް އޮޕަރޭޝަންތަކަށް މޭންޕަވަރ ފޯރުކޮށްދިނުމަކީ ވެސް އޭޖީ ކޯރއިން ކުރަން ޖެހޭ ކަންކަމެވެ.
އޭޖީ ކޯރގެ އެންމެ މަތީ ވެރިއަކީ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ކޮމަޑާންޓެވެ. އެޖުޓަންޓް ޖެނެރަލްސް ކޯރގެ ކޮމަޑާންޓްގެ މަޤާމުގެ ނަމަކީ އެޖުޓަންޓް ޖެނެރަލް އެވެ. އެޖުޓަންޓް ޖެނެރަލް ރިޕޯޓްކުރާ ފަރާތަކީ ޗީފް އޮފް ޑިފެންސް ފޯސް އެވެ.
އެޖުޓަންޓް ޖެނެރަލްސް ކޯރއާ މަތިވެރިކުރެވިފައިވާ މިޝަން ބިނާވެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިޝަން އަދާކުރުމަށްޓަކައި ހަރަކާތްތެރިވާ އަސްކަރީ ބާރުތަކަށް ފޯރުކޮށްދޭންޖެހޭ ސެރެމޯނިއަލް ޑިއުޓީތައް އަދާކުރުމާއި، ސިވިލް އަދި ޕަބްލިކް އެފެއަރޒުގެ ޚިދުމަތްތަކާއި، ލީގަލް ސަޕޯޓާއި، އަސްކަރީ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމާއި ހިއުމަން ރިސޯސްއާއި ފައިޝޭންޝަލް މެނޭޖްމަންޓް ދާއިރާގެ އެކސްޕަރޓީސް ފޯރުކޮށްދިނުމަށް ކަމަށްވެފައި، ދިވެހި އަސްކަރިއްޔާގެ މިޝަން އަދާކުރުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް ރާވައި ހިންގާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ އޮޕަރޭޝަނަލް ކޮމާންޑްތަކުން ކަމަށްވުމާއެކު، ދިވެހި އަސްކަރިއްޔާގެ މިޝަން އަދާކުރުމަށް ޓަކައި އޭޖީ ކޯރއިން އަދާކުރަންޖެހޭ ދައުރު އަދާކުރާނީ އެ އޮޕަރޭޝަނަލް ކޮމާންޑްތައް މެދުވެރިކޮށެވެ. އެއީ އޮޕަރޭޝަނަލް ކޮމާންޑްތަކަށް އޮޕަރޭޝަނަލީ ސަބޯޑިނޭޓްވާ ސަރވިސް ސަޕޯރޓް ކޮމްޕޯނަންޓްތައް ކޮމާންޑްތަކުގައި ޤާއިމު ކުރާއިރު އެ ކޮމްޕޯނަންޓްގައި އޭޖީ ކޯރގެ ޚިދުމަތް ފޯރުކޮށްދޭނެ އެލިމަންޓްތައް ހިމަނައިގެންނެވެ. ނަމަވެސް އެޖުޓަންޓް ޖެނެރަލްގެ ޒިންމާއެއްގެ ގޮތުގައި ޤާއިމުކުރާ އަސްކަރީ ޢަދުލުގެ ނިޒާމަކީ މިނިވަން ނިޒާމަކަށް ވާންޖެހޭތީ އޭރިއާ ކޮމާންޑްތަކުގައި ޚިދުމަތް ދިނުމުގެ އިޖުރާތުތައް ތަފާތުވާނެއެވެ. މީގެ އިތުރުން އޭޖީ ކޯރގެ ބައެއް ޚިދުމަތްތައް ސީދާ ކޯރ ހެޑްކްއޯޓަރޒުގެ ޒިންމާތަކެއްގެ ގތުގައި މަރުކަޒީ ލެވެލްގައި ވެސް ޤާއިމުކޮށް ހިންގާނެއެވެ.
އޭޖީ ކޯރގެ މިޝަން
އެޖުޓަންޓް ޖެނެރަލްސް ކޯރގެ މިޝަންއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިޝަން ހާސިލުކުރުމަށް ބޭނުންވާ އަސްކަރީ އަދުލުގެ ޚިދުމަތާއި، ޤާނޫނީ ޚިދުމަތާއި، އަސްކަރީ ފުލުހުންގެ ޚިދުމަތާއި، އާރޓްސްއާއި ސެރެމޯނިއަލް ޚިދުމަތާއި، މީޑިއާގެ ޚިދުމަތާ އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތާގުޅޭ ޚިދުމަތްތައް ދިނުމެވެ.
އޭޖީ ކޯރގެ މޮޓޯ
[އުނިއިތުރު ގެންނަވާ]ސްޓްރައިވް ޓު އެކްސެލް - Strive to Excel
ސްޓްރައިވް ޓު އެކްސެލް މި މޮޓޯއިން ރަމްޒުކޮށްދެނީ މި ކޯރގެ އެންމެހައި ސިފައިންނަކީ ވެސް އެ ބައެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްފަހަރަށްވުރެ އަނެއްފަހަރު ކަންކަން ރަނގަޅަށް ކުރުމުގެ ރޫޙުގައި މަސައްކަތްކުރާ އަދި އަބަދުވެސް އާ ހޯދުންތަކުގެ އަލީގައި ކުރިއެރުމަށް މަސައްކަތްކުރާ ބައެއްކަމެވެ.
އޭޖީ ކޯރގެ ޢަޒުމް (ކްރީޑް)
[އުނިއިތުރު ގެންނަވާ]އަހަރެން ނިސްބަތްވަނީ އެޖުޓަންޓް ޖެނެރަލްސް ކޯރއަށް - belong to Adjutant General’s Corps
ވާޖިބު އަދާކުރުމުގައި ހުނަރުވެރި ފަންނީ މީހަކަށް ވާނަން - I will be skillful and proficient in my duties
އަސްކަރީ އަޚުލާޤު ނަގަހައްޓާ ކިޔަމަންތެރި މީހަކަށް ވާނަން - I am obedient and will uphold discipline
ޢަމަލުންނާއި ޚިދުމަތުގައި އަނެކުންނަށް މިސާލު ދައްކާނަން - I will be exemplary in conduct and service
އަސްކަރީ އާދަކާދަތަކާއި ސަޤާފަތް ހިފަހައްޓާނަން - I will uphold our culture and customs
ހަމަހަމަކަމާއި އިންސާފުވެރިކަމަށް އިސްކަންދޭނަން - I will prioritize equality and impartiality
މިޝަން ހާސިލު ކުރުމަށް އަހަރެން މިހުރީ ތައްޔާރަށް - I stand ready to accomplish my mission
އޭޖީ ކޯރ ޢަޒުމު (ކްރީޑް) ގެ ދޭހަ
[އުނިއިތުރު ގެންނަވާ]I belong to Adjutant General’s Corps - އަހަރެން ނިސްބަތްވަނީ އެޖުޓަންޓް ޖެނެރަލްސް ކޯރއަށް
[އުނިއިތުރު ގެންނަވާ]- އަޅުގަނޑުމެންނަކީ އެއް ބެޖެއް ވެއަރކުރާ، އެއް އަމާޒަކަށް މަސައްކަތްކުރާ އެއް ސަރވިސްއަކަށް ނިސްބަތްވާ ބައެއްކަން.
- ދުވަހުގެ މަސައްކަތްތަކުގައި ވަކި ޔުނިޓުތަކެއްގެ ގޮތުގައި މަސައްކަތްކުރިކަމުގައި ވީނަމަވެސް އިސްތިރާޖީ ތަސައްވުރެއްގައި އަޅުގަނޑުމެންނަކީ އެއް ސަރވިސްއެއްގެގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރާ ބައެއްކަން.
I will be skillful and proficient in my duties - ވާޖިބު އަދާކުރުމުގައި ހުނަރުވެރި ފަންނީ މީހަކަށް ވާނަން
[އުނިއިތުރު ގެންނަވާ]- މި ކޯރ އަކީ ތަފާތު ފަންނުތަކުގެ މާހިރުންގެ ޚިދުމަތް ސިފައިންގެއަށް ފޯރުކޮށްދޭ ތަނެއްކަން
- އަޅުގަނޑުމެންނާއި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުމުގެ ޤާބިލުކަން ހުރި، އެކަން ސާބިތުކޮށްދެވޭނެ ބައެއްކަން
- ފަންނުވެރިކަމާއިއެކު މި މަސައްކަތްތައް އަޅުގަނޑުމެން ފުރިހަމަކުރާނެކަން
I am obedient and will uphold discipline - އަސްކަރީ އަޚުލާޤު ނަގަހައްޓާ ކިޔަމަންތެރި މީހަކަށް ވާނަން
[އުނިއިތުރު ގެންނަވާ]- ކިޔަމަންތެރިކަމަކީ އަސްކަރީ އަދަބު އަޚުލާޤުގެ ނާރެސް
- އަހަރުމެން ވާނީ ދީނާއި ޤާނޫނާއި ޤަވާޢިދަށާއި ވެރިންނަށް ކިޔަމަންތެރި ބަޔަކަށްކަން
- އަސްކަރީ އަދަބު އަޚުލާޤުން އަނެކާ ކަސިޔާރުވެގެންދާ ހާލަތުގައި އަހަރުމެން ވާނީ މަގުދައްކައިދޭ ފަރާތްތަކަށްކަން
I will be exemplary in conduct and service - ޢަމަލުންނާއި ޚިދުމަތުގައި އަނެކުންނަށް މިސާލު ދައްކާނަން
[އުނިއިތުރު ގެންނަވާ]- އެހެން މީހުންނަށް މަގު ދެއްކޭނީ ތިމާ އަމިއްލައަށް އެމަގުގައި ހިނގައިގެން
- އަހަރުމެން ވާނީ އެހެން ސިފައިންނަށް ނަމޫނާ ބަޔަކަށްކަން
- ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަހަރުމެންގެ ޢަމަލާއި ޚިދުމަތުން މިސާލު ދައްކާނެކަން
I will uphold our culture and customs - އަސްކަރީ އާދަކާދަތަކާއި ސަޤާފަތް ހިފަހައްޓާނަން
[އުނިއިތުރު ގެންނަވާ]- އަހަރެމެންނަކީ ސަތޭކަ އެތަކެއް އަހަރުގެ އާދަކާދަތަކާއި ޘަޤާފަތްތަކެއްގެ ވެރި ބައެއް
- ޒަމާނުއްސުރެ އޮންނަ މި އާދަކާދަތަކާއި ސަޤާފަތްތައް ދިރުވާ އާލާކުރުމާއިއެކު އެކަންތައްތައް ހިފެހެއްޓުމަށް އަހަރުމެން މަސައްކަތް ކުރާނެކަން
I will prioritize equality and impartiality - ހަމަހަމަކަމާއި އިންސާފުވެރިކަމަށް އިސްކަންދޭނަން
[އުނިއިތުރު ގެންނަވާ]- ސިފައިންނަކީ ހަމަހަމަކަމާއި އިންސާފުވެރި އުސޫލުތަކަށް ތަބާވާ ބައެއް.
- ޚިދުމަތްދިނުމުގައި އަހަރުމެން ވަކި ބަޔަކަށް ވަކި މޮޅުގޮތެއް ނަހަދާނެކަން.
- ދޭދޭ ފަރުދުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ބަލާ ތަޙުޤީގުކޮށް ފިޔަވަޅު އެޅުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރާނެކަން
I stand ready to accomplish my mission - މިޝަން ހާސިލުކުރުމަށް އަހަރެން މިހުރީ ތައްޔާރަށް
[އުނިއިތުރު ގެންނަވާ]- އަޅުގަނޑުމެންނަކީ އަބަދުވެސް ދިމާވެދާނެކަމަކަށް ތައްޔާރަށް ތިބޭނޭ ބައެއްކަން.
- އެމްއެންޑީއެފް، ކޯރ ނުވަތަ ޔުނިޓުގެ މިޝަން ކަމުގައިވީނަމަވެސް ޙާލަތު ނިޔާކުރާގޮތުން މަތިކުރެވޭ ކޮންމެ މިޝަނެއް ހާސިލުކުރުމަށްވެސް ތައްޔާރަށް ތިބޭ ބައެއްކަން.
- އަދި މިކަމަށްޓަކައި ހަށިހެޔެޔޮކަމާއި ދުޅަހެޔޮކަން (ނަފްސާނީ އަދި ޖިސްމާނީ) އަބަދުވެސް ކުރިއަރުވައި ދަމަހައްޓާނެކަން
އޭޖީ ކޯރގެ އީތޯސް
[އުނިއިތުރު ގެންނަވާ]މިޝަން ހާސިލުކުރުމަށް އަބަދުމެ ތައްޔާރަށް ހުންނާނަން - I will stand ready to accomplish my mission
ފަންނުވެރިކަމާއި އައުލާ ދަރަޖަ ހާސިލުކުރުމަށް މަސައްކަތްކުރާނަން - I will strive for competence and excellence
ރަނގަޅު ކަންތައް ނަގަހައްޓައި ނުބައި ކަންތައް ނައްތާލާނަން - I will uphold the right and undo the wrong
އޭޖީ ކޯރ ވެލިއުސް
[އުނިއިތުރު ގެންނަވާ]1. މިޝަން އިސްކުރުން - Mission First
2. ފަންނުވެރިކަން - Expertise
3. އަދަބުވެރިކަން - Discipline
4. އިންސާފުވެރިކަން - Impartiality
5. ނަފުސަށްވުރެން އަނެކާ އިސްކުރުން - Altruism
އެޖުޓަންޓް ޖެނެރަލްކަން ކުރައްވާފައިވާ ބޭފުޅުން
[އުނިއިތުރު ގެންނަވާ]އޭޖީ ކޯރގެ އެންމެ މަތީ ވެރިއަކީ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ކޮމަޑާންޓެވެ. އެޖުޓަންޓް ޖެނެރަލްސް ކޯރގެ ކޮމަޑާންޓްގެ މަޤާމުގެ ނަމަކީ އެޖުޓަންޓް ޖެނެރަލް އެވެ. އެޖުޓަންޓް ޖެނެރަލް ރިޕޯޓްކުރާ ފަރާތަކީ ޗީފް އޮފް ޑިފެންސް ފޯސް އެވެ.
1. ކާނަލް މުޙައްމަދު އިބްރާހީމް (07 ޖުލައި 2020 އިން - 21 އެޕްރީލް 2021 އަށް)
2. ކާނަލް ޙުސައިން ޢަލީ (21 އެޕްރީލް 2021 އިން - 21 އެޕްރީލް 2012 އިން -22 ޖޫން 2023 އަށް)
3. ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް (22 ޖޫން 2023 އިން ފެށިގެން)
އޭޖީ ކޯރގައި ޕްރިންސިޕަލް ޑައިރެކްޓަރ ކުރައްވާފައިވާ ބޭފުޅުން
[އުނިއިތުރު ގެންނަވާ]އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރަކީ އެޖުޓަންޓް ޖެނެރަލްގެ ލަފައާއި މަޝްވަރާއާއެކު އެޖުޓަންޓް ޖެނެރަލްސް ކޯރ ހެޑްކްއޯޓަރޒް ހިންގުމުގެ އެންމެ އިސް އޮފިސަރެވެ. އޭޖީ ކޯރގެ ޕީޑީގެ މަޤާމަކީ ޗީފް އޮފް ޑިފެންސް ފޯސް އެޕޮއިންޓްކުރާ މަޤާމެކެވެ. އޭޖީ ކޯރގެ ޕީޑީ ރިޕޯޓްކުރާ ފަރާތަކީ އެޖުޓަންޓް ޖެނެރަލް އެވެ.
1. ކާނަލް ނަޞްރުﷲ އިބްރާހީމް މަޖުދީ
ކޮމާންޑް ސާރޖަންޓް މޭޖަރކަން ކުރައްވާފައިވާ ބޭފުޅުން
[އުނިއިތުރު ގެންނަވާ]އެޖުޓަންޓް ޖެނެރަލްސް ކޯރގެ އެންމެ މަތީ ސީނިއަރ އެންލިސްޓެޑް ލީޑަރަކީ އޭޖީ ކޯރގެ ކޮމާންޑް ސާރޖަންޓް މޭޖަރ އެވެ. އޭޖީ ކޯރގެ ކޮމާންޑް ސާރޖަންޓް މޭޖަރގެ މަޤާމަކީ ޗީފް އޮފް ޑިފެންސް ފޯސް އެޕޮއިންޓްކުރާ މަޤާމެކެވެ. އޭޖީ ކޯރގެ ކޮމާންޑް ސާރޖަންޓް މޭޖަރ ރިޕޯޓްކުރާ ފަރާތަކީ އެޖުޓަންޓް ޖެނެރަލް އެވެ.
1. ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު
އޭޖީ ކޯރގެ ޔުނިޓްތައް
[އުނިއިތުރު ގެންނަވާ]އެޖުޓަންޓް ޖެނެރަލަސް ކޯރގައި އޮންނަނީ 4 ޔުނިޓެވެ. އެ ޔުނިޓްތަކަކީ
1. އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސް (އޭސީއެސް)
2. މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް (އެމްޕީއެސް)
3. މިލިޓަރީ ޕޮލިސް (އެމްޕީ)
4. ޕާރސަނަލް ސަޕޯޓް ޔުނިޓް (ޕީއެސްޔޫ)
އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސް
[އުނިއިތުރު ގެންނަވާ]އާރޓްސް އެންޑް ސެރެމޯނިއަލް ސާރވިސް އަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިޝަން ހާސިލު ކުރުމަށްޓަކައި އެޖުޓެންޓް ޖެނެރަލްސް ކޯރ އަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އަސްކަރީ ހެވިކަމާއި ބޭންޑުގެ ހަރަކާތްތައް ހިންގުމާއި، ސިފައިން ފޯރުކޮށްދޭން ޖެހޭ ސެރެމޯނިއަލް ޚިދުމަތްތައް ދިނުމާއި، ސިފައިންގެ މަރުކަޒުތަކުގައި އަދާކުރަންޖެހޭ ސެރެމޯނިއަލް ޑިއުޓީތައް އަދާކުރުމާއި، ސިފައިންގެ ހަރަކާތްތަކަށް ބޭނުންވާ އޯޑިއޯ ވިޝުއަލް އަދި ޕްރޮޖެކްޝަން ސަޕޯޓް ފޯރުކޮށްދީ ދިވެހި އަސްކަރިއްޔާގެ ތެރޭގައި ފަންނާއި ސަޤާފަތް ކުރިއަރުވައި އެ ޚިދުމަތްތައް ދިނުމަށް އުފައްދާފައިވާ ޔުނިޓެކެވެ.
އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މައިގަނޑު މަސައްކަތަކީ ޤައުމީ ފެންވަރުގައާއި އެމްއެންޑީއެފް ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތަކާއި އިވެންޓްތަކަށް ބޭނުންވާ މިއުޒިކް ބޭންޑްތަކުގެ ޚިދުމަތް ދިނުމާއި، މިއުޒިކާ ގުޅުންހުރި ކަންކަން ކުރުމެވެ. މިގޮތުން އިވެންޓްތަކަށް ބޭނުންވާ ސައުންޑް އެްންޑް ޕްރޮޖެކްޝަން ޚިދުމަތް ދިނުމާއި އޯޑިއޯ ސްޓޫޑިއޯ ޚިދުމަތް ދިނުން ވެސް ހިމެނެއެވެ. އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގައި އޮންނަ ބޭންޑްތަކުގެ ތެރޭގައި މިލިޓަރީ ބޭންޑާއި، ބޭގް ޕައިޕް ބޭންޑާއި، ކޮޕްސް ބޭންޑާއި، ސްޓަރިންގސް ބޭންޑާއި، ބެރުދުންމާރި ހަރަކާތާއި ސަޤާފީ ބޭންޑް ހިމެނެއެވެ.
އާރޓްސް އެބްޑް ސެރެމޯނިއަލް ސަރވިސް (އޭސީއެސް)ގެ އަހަރީ ދުވަހެއްގެ ގޮތުގައި ބަލަނީ ދިވެހި ސިފައިންގެ ތެރޭގައި އެންމެ ފުރަތަމަ ބޭންޑް ނުވަތަ ބޭންޕާޓީ އުފެއްދެވި ދުވަހަކަށެވެ. އެ ދުވަހަކީ 12 މެއި 1948 އެވެ. އެޖުޓަންޓް ޖެނެރަލްސް ކޯރ އުފައްދަވައަި އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ނަމަށް މި ޔުނިޓުގެ ނަން ބަދަލު ކުރެއްވީ 15 އޯގަސްޓް 2021 ގައެވެ. އޭގެ ކުރިން މި ޔުނިޓަށް ކިޔަމުން އައީ ބޭންޑް އެންޑް މިއުޒިކް ވިންގެވެ.
އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިޝަންއަކީ "ޕާސަނަލް ސަޕޯޓް ޔުނިޓްގެ މިޝަންއަކީ، އެޖުޓެންޓް ޖެނެރަލްސް ކޯރގެ މިޝަން ހާސިލު ކުރުމަށް ބޭނުންވާ، އާރޓްސް އެންޑް ސެރެމޯނިއަލް ޚިދުމަތް ދިނުމެވެ."
ކޮމާންޑާރުކަން ކުރައްވާފައިވާ ބޭފުޅުން
[އުނިއިތުރު ގެންނަވާ]1. ކާނަލް ޢަލީ މަނިކު (ކޮމާންޑިންގ އޮފިސަރ)
ޑެޕިއުޓީ ކޮމާންޑަރުކަން ކުރައްވާފައިވާ ބޭފުޅުން
[އުނިއިތުރު ގެންނަވާ]1. ކެޕްޓަން އިސްމާޢީލް އަކުރަމް (ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާ)
2. ކެޕްޓަން މުޙައްމަދު ޝާޙް (ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާ)
3. މޭޖަރ އިސްމާޢީލް އަކުރަމް (ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާ)
ސީނިއަރ އެންލިސްޓެޑް ލީޑަރުކަން ކުރައްވާފައިވާ ބޭފުޅުން
[އުނިއިތުރު ގެންނަވާ]1. ސާރޖަންޓް ފަސްޓް ކްލާސް މުޙައްމަދު ސަޢީދު (1 ފެބުރުވަރީ 2021 އިން - 18 ޖޫން 2023 އަށް)
2. ސާރޖަންޓް ފަސްޓް ކްލާސް މަދީޙް މުޙައްމަދު (18 ޖޫން 2023 އިން 3 މާރިޗު 2022 އަށް) އަދި (31 ޑިސެންބަރު 2022 އިން
3. ސްޓާފް ސާރޖަންޓް ޙުސައިން އަޝްވިން (އެކްޓިންގ އެސްއީއެލް 3 މާރިޗު 2022 އިން 31 ޑިސެންބަރު 2022)
4. ފަސްޓް ސާރޖަންޓް ނާޒިމް އިބްރާހީމް ވަޙީދު
މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް
[އުނިއިތުރު ގެންނަވާ]މީޑީއާ އެންޑް ޕަބްލިޝިންގ ސަރވިސް އަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިޝަން ހާސިލު ކުރުމަށްޓަކައި އެޖުޓެންޓް ޖެނެރަލްސް ކޯރ އަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން ޕްރިޓް މީޑިއާއާއި އިލެކްޓްރޯނިކްސް މީޑިއާގެ ޚިދުމަތް ދިނުމަށާއި ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ ޗާޕުުރުމާއި ޕްރިންޓްކުރުމުގެ ޚިދުމަތްދިނުމާއި، ސިފައިންގެ ޚިދުމަތަށް ބޭނުންވާ ފޮޓޯ ގްރަފީއާއި ވީޑިއޯ ގްރަފީގެ ޚިދުމަތްދިނުމާއި، ދިވެހި އަސްކަރީ ތާރީޚު ލިޔެ ރައްކާތެރިކުރުމާއި، މިކަންކަމާ ގުޅޭ އެންމެހާ ތަކެތި ރައްކާތެރިކޮށް ބަލަހައްޓައި އާކައިވްކުރުމުގެ ޚިދުމަތްދިނުމަށް އުފައްދާފައިވާ ޔުނިޓެކެވެ.
މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއަކީ ސިފައިންގޭގައި މީޑިއާގެ ޚިދުމަތާއި ފޮޓޯގްރަފީގެ ޚިދުމަތާއި، ވީޑިއޯ ގްރަފީގެ ޚިދުމަތާއި ޕްރިންޓިންގގެ ޚިދުމަތާއި ޕަބްލިޝިންގގެ ޚިދުމަތް ދިނުމަށް ޓަކައި 11 ނޮވެންބަރު 1994 ގައި އުފެއްދެވި ޔުނިޓެކެވެ. ތަފާތު ނަންނަން ކިޔަމުން އައިސް މީޑީއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ނަމަށް މި ޔުނިޓުގެ ނަން ބަދަލު ކުރެއްވީ 22 އޯގަސްޓް 2005 ގައެވެ. އޭޖީ ކޯރގެ ޔުނިޓެއްގެ ގޮތުގައި ހަމަޖެހުނީ 4 މާރިޗު 2020 ގައި އޭޖީ ކޯރ އުފެއްދެވުމާއެކުގައެވެ.
މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސްގެ މިޝަން އަކީ، ޕްރިންޓް މީޑިއާ އާއި އިލެކްޓްރޯނިކް މީޑިއާގެ ޚިދުމަތް ދިނުމާއި، ސިފައިންގެއަށް ބޭނުންވާ ޕްރިންޓިންގގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ސިފައިންގެ ޚިދުމަތަށް ބޭނުންވާ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ޚިދުމަތްދީ، އެތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމެވެ.
ކޮމާންޑާރުކަން ކުރައްވާފައިވާ ބޭފުޅުން:
1. މޭޖަރ (ރިޓަޔަރޑް) އިބްރާހީމް ޢާޒިމް (ކޮމާންޑިންގ އޮފިސަރ)
2. ކެޕްޓަން ޙަނާ މުޙައްމަދު (އޮފިސަރ ކޮމާންޑިންގ)
3. ލެފްޓިނަންޓް ކާނަލް ޙުސައިން ރަޝީދު (ކޮމާންޑިންގ އޮފިސަރ)
ޑެޕިއުޓީ ކޮމާންޑަރުކަން ކުރައްވާފައިވާ ބޭފުޅުން:
1. ކެޕްޓަން ޙުސައިން އަކުރަމް (އޮފިސަރ ކޮމާންޑީންގގެ އެހީތެރިޔާ އަދި ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާ)
ސީނިއަރ އެންލިސްޓެޑް ލީޑަރުކަން ކުރައްވާފައިވާ ބޭފުޅުން:
1. ސާރޖަންޓް ފަސްޓް ކްލާސް މުޙައްމަދު ސަޢީދު (1 ފެބުރުވަރީ 2021 އިން 16 އޯގަސްޓް 2022 އަށް)
2. ސާރޖަންޓް ފަސްޓް ކްލާސް ޢަބްދުﷲ ޒާމިރު ޢަލީ (16 އޯގަސްޓް 2021 އިން ފެށީގެން)
މިލިޓަރީ ޕޮލިސް
[އުނިއިތުރު ގެންނަވާ]މިލިޓަރީ ޕޮލިސް (އެމްޕީ) އަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިޝަން ހާސިލު ކުރުމަށްޓަކައި އެޖުޓެންޓް ޖެނެރަލްސް ކޯރ އަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އަސްކަރީ ފުލުހުންގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ސިފައިން ކުރާ ކުށްތައް ތަހުގީގު ހިންގުމާއި، ދިވެހި އަސްކަރިއްޔާގެ ތެރޭގައި ދިމާވާ އެކިއެކި މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމާއި ސިފައިންގެ މަރުކަޒުތަކާއި ސިފައިން ހިންގާ ހަރަކާތްތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާއި ވަޒީފާއަށް ފިލާ މީހުން ހޯދުމާއި، ހަނގުރާމައިގެ ހާލަތްތަކުގައި ހައްޔަރުކުރެވޭ އަސީރުންނާބެހޭ ހުރިހާ ކަމެއް ކުރުމުގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އަސްކަރީ ޢަދުލުގެ ނިޒާމަށް ބޭނުންވާ ފަންނީ މީހުން ބިނާކޮށް ހިންގުމުގައި އެހީތެރިވެދިނުމަށް އުފައްދާފައިވާ ޔުނިޓެކެވެ.
މިލިޓަރީ ޕޮލިހުގެ މިޝަންއަކީ ސިފައިން ކުރާ ކުށްތަކާއިގުޅިގެން ތަޙުޤީޤު ހިންގުމާއި، ސިފައިންގެ ތެރޭގައި ދިމާވާ އެކިއެކި މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމާއި ސިފައިންގެ މަރުކަޒުތަކާއި ސިފައިން ހިންގާ ޙަރަކާތްތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުމާއި، ވަޒީފާއަށް ފިލާމީހުން ހޯދުމާއި، އަދި ހަނގުރާމައިގެ ޙާލަތްތަކުގައި ހައްޔަރުކުރެވޭ އަސީރުންނާބެހޭ ހުރިހާކަމެއް ކުރުމެވެ.
މިލިޓަރީ ޕޮލިސް ނުވަތަ އަސްކަރީ ފުލުހުން އުފެއްދެވީ ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 43 ވަނަ މާއްދާއިން ބާރު ލިބިގެން 12 ޖުލައި 2009 ގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފޯސް ސްޓްރެކްޗަރއަށް ގެންނެވި ބަދަލެއްގައި 2020 މާރިޗު 4 ވަނަ ދުވަހު އޭޖީ ކޯރ އުފައްދަވައި މިލިޓަރީ ޕޮލިސް އޭޖީ ކޯރގެ ޔުނިޓެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
ކޮމާންޑާރުކަން ކުރައްވާފައިވާ ބޭފުޅުން:
1. ކާނަލް ޙަސަން ޝާހިދު (ކޮމާންޑިންގ އޮފިސަރ)
2. ކާނަލް އިސްމާޢީލް ފަރުވީން (ކޮމާންޑިންގ އޮފިސަރ)
3. ލެފްޓިނަންޓް ކާނަލް މުޙައްމަދު ނާޒިމް (ކޮމާންޑިންގ އޮފިސަރ)
ޑެޕިއުޓީ ކޮމާންޑަރުކަން ކުރައްވާފައިވާ ބޭފުޅުން:
1. މޭޖަރ ޢަބްދުﷲ އިސްމާޢީލް (ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ)
ސީނިއަރ އެންލިސްޓެޑް ލީޑަރުކަން ކުރައްވާފައިވާ ބޭފުޅުން:
1. ފަސްޓް ސާރޖަންޓް އަޙްމަދު ޚަލީލް (1 ފެބުރުވަރީ 2021 އިން ފެށިގެން)
ޕާރސަނަލް ސަޕޯޓް ޔުނިޓް
[އުނިއިތުރު ގެންނަވާ]ޕާސަނަލް ސަޕޯޓް ޔުނިޓް (ޕީއެސްޔޫ) އަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިޝަން ހާސިލު ކުރުމަށްޓަކައި އެޖުޓެންޓް ޖެނެރަލްސް ކޯރ އަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން ހިއުމަން ރިސޯސްއާއި ފައިނޭންޝިއަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕަޓީސް ފޯރުކޮށްދިނުމަށާއި، ދިވެހި އަސްކަރިއްޔާގެ ސާވިސްތަކާއި، އޮޕަރޭޝަނަލް ކޮމާންޑްތަކާއި އަދި ހެޑްކްއޯޓާޒްތަކުގެ އިދާރީ ކަންކަމާއި މުވައްޒަފުންނާބެހޭ ކަންކަމާއި ފައިސާއާބެހޭ ކަންކަން ބަލަހައްޓާނެގޮތުގެ ފަންނީ ހުނަރާއި ޤާބިލްކަން ފޯރުކޮށްދިނުމަށާއި އެމްއެންޑީއެފްގެ އެންލިސްޓްމަންޓް، ރިޓަޔަރމަންޓް، ވެލްފެއަރ، ސިވިލް ސާވިސް އަދި ސްޓާފް ރެކޯޑްސް މެނޭޖްމަންޓްގެ ޚިދުމަތްތައް ދިނުމަށް އުފައްދަވާފައިވާ ޔުނިޓެކެވެ.
ހިއުމަން ރިސޯސް މެނޭޖްމަންޓާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާއިން އެޖުޓަންޓް ޖެނެރަލްސް ކޯރ ގެ ޒިންމާގެ ތެރޭގައި ހިމެނޭ ސާވިސްތަކާއި ކޮމާންޑްތަކާއި ހެޑްކްއޯޓާޒްތަކާއި މިލިޓަރީ ކޮމާޝަލް އެންޓަޕްރައިސްތަކަށް ބޭނުންވާ ފައިނޭންޝަލް މެނޭޖަރުންނާއި، އެކައުންޓެންޓުންނާއި، އޮޑިޓަރުން ފަދަ ޚާއްޞަ މީހުން އުފައްދާ ފޯރުކޮށްދޭނީ މި ޔުނިޓުންނެވެ.
ޕީއެސްޔޫގެ މިޝަންއަކީ "ޕާސަނަލް ސަޕޯޓް ޔުނިޓްގެ މިޝަންއަކީ، އެޖުޓެންޓް ޖެނެރަލްސް ކޯރގެ މިޝަން ހާސިލު ކުރުމަށް ބޭނުންވާ، ޕާސަނަލް ސަޕޯޓް ދާއިރާގެ ޚިދުމަތްތައް ދިނުމެވެ."
މި ޔުނިޓް އަދި އެމްއެންޑީއެފްގައި އުފައްދަވާފައެއް ނުވެއެވެ.