Jump to content

އެރަޓޮސްތަނީޒް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އެރަޓޮސްތަނީޒް (ޤަދީމީ ޔޫނާނީބަހުން:Ἐρατοσθένης) އަކީ މީލާދުގެ ކުރީން 276 އަހަރާއި 195 އަހަރުގެ ދެމެދުގައި ދުނިޔޭގައި އުޅުނު ޔޫނާނީ ޖުޣުރާފީ، ހިސާބު އަދި ނުޖޫމީ ޢިލްމުވެރިއެކެވެ. އަދި ކުޅަދާނަ ޅެންވެރިއެކެވެ.

އެރަޓޮސްތަނީޒްގެ ކުރެހުމެއް

އޭނާ އަކީ އެންމެ ފުރަތަމަ ޔޫނާނީބަހުން (Geography) މިބަސް ބޭނުންކުރި ފަރާތެވެ. އަދި އެންމެ ފުރަތަމަ ދުނިޔޭގެ ވަށަމިން ހިސާބުކުރި ފަރާތެވެ. އަދި ދުނިޔެ އަރިވެފައިވާ ދަރަޖަވެސް ހިސާބު ކުރިއެވެ. އެންމެ ފުރަތަމަ ދުނިޔޭގެ ޗާޓެއް ކުރެހީވެސް އެރަޓޮސްތަނީޒް އެވެ.

އެރަޓޮސްތަނީޒް އުފަންވީ ސައިރީން ގައެވެ. އެއީ މިހާރުގެ ލީބިޔާގެ ޝަހަރެކެވެ. އަވަހާރަވީ އިސްކަންދަރިއްޔާ ގައެވެ. އަދި ޢިލްމު އުނގެނިވަޑައިގަތީ ވެސް އިސްކަންދަރިއްޔާއިންނެވެ. މީލާދުގެ 195 އަހަރުކުރިން އެރަޓޮސްތަނީޒް ލޯފަންވިއެވެ. އަދި އަވަހާރަވީ އުމުރުން 82 އަހަރުގައި މީލާދުގެ 195 އަހަރުކުރިންނެވެ.

ސީވް އޮފް އެރަޓޮސްތަނީޒް

ފުރަ ޢަދަދު ހޯދުމަށް ޓަކައި އެރަޓޮސްތަނީޒް ގޮތެއް ހޯދިއެވެ. އެއީ އެރަޓޮސްތަނީޒް ގެ ފުރޭނި (ނުވަތަ އިނގިރޭސި ބަހުން: Sieve of Eratosthenes) އެވެ.

  • Περὶ τῆς ἀναμετρήσεως τῆς γῆς (ދުނިޔޭގެ މިންތަކާ މެދު)
  • Geographica
  • Arsinoe (ރާނީ އާސިނޯ އާ ބެހޭ ގޮތުން)
  • Καταστερισμοί (ނަކަތް ތަކާ ބެހޭ ގޮތުން)

އެރަޓޮސްތަނީޒްގެ ނަމުން ނަން ދެވިފައިވާ ތަކެތި

[އުނިއިތުރު ގެންނަވާ]
  • ހަނދުގައިވާ ވަޅެއް
  • ކަނޑުއަޑިގައިވާ ފަރުބަދައެއް
  • ހަނދުގެ ދުވަސްވަރެއް