އުޅަބޮށި ކަށިގަނޑު
Jump to navigation
Jump to search
އުލަބޮށި ކަށިގަނޑު (އިނގިރޭސި ބަހުން: Ulna)އަކީ އުޅަބޮށި ހުޅުގެ ބޭރުކަށިގަނޑު އެވެ. މިކަށިގަނޑު އަކީ ދިގު ކަށިގަނޑެކެވެ. މިކަށިގަނޑު އިންނަނީ އަތްދަނޑި ގެ ގަޔާ ކައިރިވީ ފަރާތު ގައެވެ. ތަފާތު 13 މަސްގަނޑެއް މިކަށިގަނޑާއި އެކިގޮތްގޮތުން ގުޅިފައި ވެއެވެ.
ގުޅުންހުރި ކަށިތައް[އުނިއިތުރު ގެންނަވާ]
އުޅަބޮށި ކަށިގަނޑު އާއި ގުޅިފައިވާ ކަށިތައް ތިރީގައި މިވަނީ އެވެ.
- އުޅަބޮށި ހުޅުގެ މަތިން ކަނާތް ފަރާތުން އުޅަބޮށި ކަށިގަނޑު އާއި ގުޅިފައިވަނީ މުލައްދަނޑި ކަށިގަނޑު އެވެ.
- އުޅަބޮށި ކަށިގަނޑުގެ ވާތްފަރާތުން މިކަށިގަނޑު އާއި ގުޅިފައިވަނީ ރޭޑިއަސް ކަށިގަނޑު އެވެ.