އީއަސިނަފިލް
އީއަސިނަފިލް ނުވަތަ (އިނގިރޭސި ބަހުން: Eosinophil) އަކީ ދިފާޢީ ނިޒާމްގައި ބައިވެރިވާ ލޭގެ ހުދު ސެލް ގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ޕަރަސައިޓްގެ ސަަބަބުން ޖެހޭ އިންފެކްޝަން އިން ހަށިގަނޑު ދިފާއުކޮށް ހިމާޔަތްކުރުމުގައި މުހިއްމު ދައުރެއް މިސެލް އަދާކުރާކަން ފާހަގަ ކުރެވެއެވެ. ލޭގެ ހުދު ސެލްތަކުގެ 5-1 އިންސައްތަ ހިއްޞާކުރާ މިސެލްގެ ސައިޒުގައި 12-10 މައިކްރޯމީޓަރު ހުރެއެވެ. ލޭގެ ތެރޭގައި ނޫޓްރަފިލް 12-6 ގަޑިއިރާއި ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ. [[ފައިލް:|thumb|left|ލޭގެ ހުދު ސެލްގެ ވައްތަރެއްކަމަށްވާ އީއަސިނަފިލް]]
އުފެދި ބޮޑުވުން
[އުނިއިތުރު ގެންނަވާ]ވަޒީފާ
[އުނިއިތުރު ގެންނަވާ]އީއަސިނަފިލްތައް އިތުރުވުން
[އުނިއިތުރު ގެންނަވާ]އަންނަނިވި ހާލަތްތަކުގައި އީޒިނޯފިލްތަކުގެ އަދަދުއިތުރުވެ، އޭގެ ދައުރު އަދާކުރެއެވެ.
- ނުގުޅޭ އަސަރު ނުވަތަ އެލާޖީ ( Allergy )
އެލާޖީގެ ހާލަތުގައި ބޭސަފިލްތަކުން ބޭރުކުރާ ހިސްޓަމީން( Histamine ) ނޫޓްރަފިލް އެތެރެއަށް ވައްދައެވެ.އަދި ބޭސަފިލްއާއި މަސްޓް ސެލް އިން ބޭރުކުރާ އިންފްލެމޭޝަން އުފެދުމަށް އެހީވެދޭ މާއްދާތަކުގެ ބާރު ނައްތާލައެވެ. އެލާޖީއާއި ގުޅިގެން ކުރިމަތިވާ ބަލިހާލަތްތަކުގައި ލިއުކޯޓްރީންC4އާއި، ޕްލޭޓްލިޓް އެކްޓިވޭޓިންގ ފެކްޓަރ ( PAF ) ނޫޓްރަފިލްތަކުން އުފައްދައެވެ.
- ޕަރަސައިޓްގެ ވަބާ ނުވަތަ އިންފެކްޝަން ( Parasitic infection )
ޕަރަސައިޓެއް ހަށިގަނޑަށް ވަނުމުން އީއަސިނަފިލްގައި ހުންނަ ގްރެނިއޫލްތަކުގައި އެކުލެވޭ ހައިޑްރަލިޓިކް އެންޒައިމް( Hydrolytic enzyme )ތަކުގެ އެހީގައި އެޕަރަސައިޓަކާއި ހަމަލާދީ ނައްތާލައެވެ.
އީއަސިނަފިލްތައް މަދުވުން
[އުނިއިތުރު ގެންނަވާ]ދިރިހުންނަ މުއްދަތު
[އުނިއިތުރު ގެންނަވާ]ގްރެނިއުލޯސައިޓް ތައް ކަމުގައިވާ ނޫޓްރަފިލް،އީއަސިނަފިލް،ބޭސަފިލް ލޭގެ އާރަށް ވާސިލްވުމަށްފަހު 8-4ގަޑި އިރާއި، ދެމެދުގެ ވަގުތެން ވަންދެން ލޭގައި ދެމިހުރެއެވެ. އެއަށްފަހު އެކިއެކި ޓިޝޫތަކަށް ވާސިލްވެ، އެތާގައި 4 ނުވަތަ 5ދުވަސް ވަންދެން ދެމިހުރެއެވެ. ނުރައްކާތެރި ބަލިތަކުގެ ހާލަތުގައި މިމުއްދަތު ކުރުވެއެވެ.
އިތުރު ފޮޓޯތައް
[އުނިއިތުރު ގެންނަވާ]-
ލޭގެ ސެލްތައް އުފެދޭގޮތް
-
އީއަސިނަފިލް
-
އީއަސިނަފިލް