ނޫޓްރަފިލް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނޫޓްރަފިލް ނުވަތަ (އިނގިރޭސި ބަހުން: Neutrophil) އަކީ ލޭގެ ހުދު ސެލްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭ ސެލްގެ ވައްތަރެވެ. ލޭގެ ހުދު ސެލްތަކުގެ 70-50 އިންސައްތަ ހިއްޞާކުރަނީ މިސެލްތަކެވެ. ބެކްޓީރިއާތަކާއި އިދިކޮޅަށް ހަށިގަނޑު ދިފާއުކުރުމުގައި އަސާސީ ދައުރެއް ނޫޓްރަފިލް އަދާކުރެއެވެ. ބެކްޓީރިއާ މަރާލުމުގެ ގޮތުން ނޫޓްރަފިލް ކުރާކަމަކީ ބެކްޓީރިއާ ދިރުވާލުމެވެ. މިގޮތަށް ދިރުވާލާ ދިރުވުމަށް ނުވަތަ ކާލުމަށް ފަގަސައިޓޯސިސް( Phagocytosis ) އޭ ކިޔައެވެ. ނޫޓްރަފިލް ދިރިހުންނަ މުއްދަތުގައި ގާތްގަނޑަކަށް 20-5އާއި ދެމެދުގެ އަދަދަކަށް ބެކްޓީރިއާ ދިރުވައެވެ.

ލޭގެ ހުދު ސެލްގެ ވައްތަރެއްކަމުގައިވާ ނޫޓްރަފިލް

ނޫޓްރަފިލްތައް ބެކްޓީރިއާތައް ދިރުވާލުމުގައި ނުވަތަ ނައްތާލުމުގައި އަންނަނިވި މަރުހަލާތައް ކަނޑަތުކުރެއެވެ.

  • ނޫޓްރަފިލް ޖަރާސީމާއި ގާތްވުން
  • ނޫޓްރަފިލް ޖަރާސީމްގައި ބީހުން ނުވަތަ ތަތްލުން
  • ނޫޓްރަފިލްގެ ބޭރު ފަށަލަ(Cell membrane) ދެފަރާތުން ނިކުމެ ޖަރާސީމްގެ ވަށާލުން
  • ޖަރާސީމް ނޫޓްރަފިލްގެ ސައިޓޮޕްލާޒަމް( Cytoplasm ) ނުވަތަ ހަތާގެ އެތެރެއަށް އައުން

ޖަރާސީމް ސެލްގެ ތެރެއަށް ވަނުމުން އެއަށް ކިޔަނީ ފަގަސޯމް( Phagosome ) އެވެ. ނޫޓްރަފިލް ގައި އެކުލެވޭ ގްރެނިއޫލްތަކާއި، ލައިސަސޯމްތައް ފަގަސޯމްގެ ބޭރުފަށަލައިގައި ތަތްވެ، އޭގައި ހިމެނޭ ޕްރޮޓިއޯލިޓިކް އެންޒައިމް( Proteolytic enzyme ) ތަކުގެ އެހީގައި ބެކްޓީރިއާ މަރާލައެވެ.

ނޫޓްރަފިލްތަކުގައި ނިއުކްލިއަސް( Nucleus ) ހުންނަނީ ބައިބައިވެފައި ނުވަތަ މަލްޓިލޯބްޑް ކޮށެވެ. ލޭގައި ހިމެނޭ ފުރިހަމަނުވާ ނޫޓްރަފިލް ތަކަށް ކިޔަނީ ބޭންޑްސް( Bands )އެވެ. ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެއް ހުރިނަމަ ނޫޓްރަފިލްތަކުގެ އަދަދު އިތުރުވެ، ބޭންޑްސްތައް ފެންނަށްހުރެއެވެ.

ދިރިހުންނަ މުއްދަތު[އުނިއިތުރު ގެންނަވާ]

ގްރެނިއުލޯސައިޓް ތައް ކަމުގައިވާ ނޫޓްރަފިލް،އީއަސިނަފިލް،ބޭސަފިލް ލޭގެ އާރަށް ވާސިލްވުމަށްފަހު 8-4ގަޑި އިރާއި، ދެމެދުގެ ވަގުތެން ވަންދެން ލޭގައި ދެމިހުރެއެވެ. އެއަށްފަހު އެކިއެކި ޓިޝޫތަކަށް ވާސިލްވެ، އެތާގައި 4 ނުވަތަ 5ދުވަސް ވަންދެން ދެމިހުރެއެވެ. ނުރައްކާތެރި ބަލިތަކުގެ ހާލަތުގައި މިމުއްދަތު ކުރުވެއެވެ.