Jump to content

އިސްޙާޤް މުޙައްމަދުފުޅު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އައްޝައިޚް އިސްޙާޤް މުޙައްމަދުފުޅު ވަނީ 2006 ވަނަ އަހަރު ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ”މާސްޓަރސް އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީސް“ ހާޞިލު ކުރައްވައިފައެވެ. ބެޗްލާރސް ޑިގްރީ ޙާސިލް ކުރެއްވީ 2001 ވަނަ އަހަރު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޙަދީޘް އެންޑް އިސްލާމިކް ސްޓަޑީސް އިންނެވެ.

އައްޝައިޚް އިސްޙާޤް މުޙައްމަދުފުޅު ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޢަރަބިކް ލެންގުއޭޖްގެ ޑީންކަމާއި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ޑީންކަމުގެ މަޤާމާއި، ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އެންޑް ހިއުމަން ސައިންސަސްގެ ޑީންކަމުގެ މަޤާމުގެ އިތުރުން ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އާއި ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީސްގެ ރިސޯސް ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވެއެވެ. އައްޝައިޚް އިސްޙާޤް މުޙައްމަދުފުޅު ވަނީ އެކި ބޯޑުތަކާއި ކޮމިޓީތަކުގެ މެންބަރުކަންވެސް ކުރައްވައިފައެވެ. އޭގެ ތެރޭގައި އިސްލާމީ ފިޤުހު އެކަޑަމީގެ މެންބަރުކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޓްރަސްޓް ފަންޑް ކޮމިޓީއާއި ސްކޮލަރޝިޕް ކޮމިޓީގެ މެންބަރުކަމާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ކޮލެޖު ކައުންސިލްގެ މެންބަރުކަން ހިމެނެއެވެ.

އައްޝައިޚް އިސްޙާޤް މުޙައްމަދުފުޅު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަން 2017، ފެބުރުވަރީ 2 ވަނަ ދުވަހުން ފެށިގެން 2022، ފެބުރުވަރީ 1 ވަނަ ދުވަހުގެ ނިޔަލަށް އަދާކުރައްވައިފައެވެ.