އަޙްމަދު ފާއިޒު ޙުސައިން
އަޙްމަދު ފާއިޒު ޙުސައިން | |
|---|---|
| ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު | |
މަޤާމުގައި 10 އޮގަސްޓު 2010 – 11 ޑިސެންބަރު 2014 | |
| ނަން ހުށައެޅީ | މުޙައްމަދު ނަޝީދު |
| ކުރިން ހުންނެވީ | މުޙައްމަދު ރަޝީދު އިބްރާހީމް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު (އިންތިޤާލީ މަރުޙަލާގައި) |
| ފަހުން ވަޑައިގަތީ | |
| އިންތިޤާލީ މަރުޙަލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު | |
މަޤާމުގައި 18 ސެޕްޓެންބަރު 2008 – 10 އޮގަސްޓު 2010 | |
| ރައީސް | މައުމޫން ޢަބްދުލްޤައްޔޫމް މުޙައްމަދު ނަޝީދު |
| ފަހުން ވަޑައިގަތީ | |
| ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު | |
މަޤާމުގައި 12 އޮގަސްޓު 2004 – 18 ސެޕްޓެންބަރު 2008 | |
| ރައީސް | މައުމޫން ޢަބްދުލްޤައްޔޫމް |
| ފަހުން ވަޑައިގަތީ | |
| މަތީތަޢުލީމު | އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު، ޕާކިސްތާން |

ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނަކީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މަދަނީ ކޯޓުގެ ޤާޟީކަމާއި، ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 2008 ތަސްދީޤުކުރެވުނު ދުވަހުން ފެށިގެން އިންތިޤާލީ ސުޕްރީމް ކޯޓު އުފެދެންދެން ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެ އިސްފަރާތުގެ މަޤާމު ހިމެނެއެވެ. 2008 ސެޕްޓެންބަރު 18ވަނަ ދުވަހު އިންތިޤާލީ ސުޕްރީމް ކޯޓު އުފައްދަވައި އެ ކޯޓަށް ޢައްޔަންކުރެއްވި 5 ފަނޑިޔާރުންގެ ތެރޭގައި ވެސް އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ހިމެނިވަޑައިގަންނަވައެވެ. އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން 2010 އޮގަސްޓު 10ވަނަ ދުވަހުން ފެށިގެން 2014 ޑިސެންބަރު 11ވަނަ ދުވަހުގެ ނިޔަލަށް އަދާކުރައްވައިފައެވެ.
