އަޙްމަދުދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

އަލްޢައްލާމަތުއްޝައިޚް އަލްޙަކީމް އައިސާބީގެދަރު އަޙްމަދުދީދީ އަކީ ދިވެހިރާއްޖެ އުފެއްދި އެންމެ މޮޅު ދިވެހި ބޭސްވެރިޔާ ކަމުގައި ޙުސައިން ޞަލާޙުއްދީނު ވިދާޅުވެފައިވެއެވެ.


ދަރިފަސްކޮޅު[އުނިއިތުރު ގެންނަވާ]

ފަޟީލަތުއްޝައިޚު އަޙްމަދުދިދީ އިބްނު އަލްޢައްލާމަތު އިބްރާހީމް ނުވަތަ އައިސާބީގެ ދަރު އަޙްމަދު ދީދީއަކީ ގަޑުވަރު އައްޝައިޚް ހުސައިންތަކުރުފާނުގެ އަލްއައްލާމަތުއްޝައިޚު އަލްޙާފިޡު އިބްރާހީމް ތަކުރފާނު އަޚޫހުލް ޤާޟީ މޫސާ ބަދުރުއްދީން (އައިސާބީގެދަރު ދޮންބެއްޔާ) ގެ ދަރިކަލުންނެވެ. މައިކަނބަލަކީ ގަނޑުވަރު މުޙައްމަދު ތަކުރުފާނު އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީނު ރަދުންނަށް ދިއަފުރަސޫތާވުނުފަން އަލްއަމީރު އިބްރާހިމްފާމުލަދޭރިކިލެގެފާނުންގެ ޢާއިޝަތު ދޮށީދީދީއާއި ކާވެނިބައްލަވައިގެން ލިބުނު ގަޑުވަރު އަޙްމަދުދީދީ ގެ ދަރިކަނބަލުން ދޮންދީދީއެވެ. އަޙްމަދު ދީދީ ގެ މަތިފުށް ހަތަރު ފަރާތުންމެ،އަލްޢައްލާމަތު މުޙައްމަދު ޝަމްސުއްދީނުލްކަބީރު އިބްނުއްނާއިބު ޙަސަން އިބްނުމުހައްމަދުލް މިޞްރީ ބޮޑުފަނޑިޔާރު ތަކުރުފާނާއި އަލްފަޤީހު ޔޫސުފު ނާއިބު ކަލޭގެ ފާނާއި ގުޅިފައިވެއެވ. އަޙްމަދުދީދީ ދުނިޔޭގެ އަލިކަން ދެކެ ވަޑައިގަތީ 1298ހ. ގައި އައްޑޫމީދޫ އައިސާބީގެދަރު ގައެވެ.


ތަޢުލީމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

އޭނާ ތަޢުލީމް ޙާޞިލު ކުރެއްވީ އޭރު ރާއްޖޭގައި ހުރި އެންމެ ބޮޑު ތަޢުލީމީދެމަދުރަސާއިންނެވެ. އެއްމަދްރަސާއަކީ،އޭނާގެ އިލްމުވެރިބައްޕަ އަލްޢައްލާމަތުއްޝައިޚު އިބްރާހިމް ތަކުރުފާނުންގެ މަދްރަސާއެވ.އެއީ ވަރަށްގިނަ އިލްމުވެރިންތަކެއް އިލްމުވެރިވެގެން ނުކުތް މަދްރަސާއެކެވެ.މިމަދްރަސާއިން މޮޅުވެގެން ނުކުތް އިލްމު ވެރިން ގެ ތެރޭގައި ފަޟީލަތުއްޝައިޚު ހުސައިން ޞަލާހުއްދީން، ފަޟީލަތުއްޝައިޚް އިބްރާހިމްލުޠުފީ، ފަޟީލަތުއްޝައިޚު ޢަބްދުއްރަޙްމާނު،ފަޟީލަތުއްޝައިޚް އަޙްމަދު އިބްނު މުޙައްމަދު ދީދީފަދަ ބޮޑެތި އިލްމުވެރިން ހިމެނެއެވެ ދެވަނަ މަދްރަސާއަކީ އަލްޢައްލާމަތު މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތު ގެ މަދްރަސާއެވެ. މި މަދްރަސާގައި 2 އަހަރުވަންދެން ތަޢުލީމް ހާޞިލް ކުރައްވަން ހުންނެވިއެވެ.

ހުސައން ޞަލާޙުއްދީނު ލިޔުއްވާފައިވެއެވެ." އަލްފަޤީހު އިބްރާހިމް ތަކުރުފާނު( ދޮންބެއްޔާ) ޙާޖީޢިމާދުއްދީނުގެ ރަސްކަމުގެ ކުރީކޮޅުގައި މާލެ ދުރުވި ދަތުރު ރަށަށް ފުރުއްވިއިރު މި ތަކުރުފާނާއި އެކުގައި މާލޭ ބޮޑުގަލުގޭ މޫސާދިދީގެ ފުތް ދަރަވަންދޫގޭ ހުސައިންދީދީ ޢިލްމު ކިޔެވުމުގެ އެދުމުގައި އައްޑުވަށް ދިޔައެވެ. އެއީ 1311ހ. މިވަނަ އަހަރުއެވެ. މި ދަތުރު އެތަކުރުފާނު ރަށަށް ދުރުވެފައި މި ޙުސައިންދީދީއަށާއި އެދުރުގޭ އަޙްމަދުދީދީ އަށާއި މިތަކުރުފާނުންގެ އަޙްމަދުދީދީއަށާއި ކިޔަވައި ދެއްވަން ފަށްޓަވައިފިއެވެ. މި އިރު މި ތިންމީހުންގެ އުމުރުން ތޭރަ އަހަރުވެގެން ސައުދަ އަހަރަށް އަޅައިގަތީއެވެ. ދޮންބެއްޔާ ދެއްވި ތަޢުލީމު ފުރިހަމަވުމުން، ހުސައިންދީދީ މާލެ ފޮނުއްވަމުން އެދުރުގޭ އަޙްމަދދީދީ އާއި ހުސައިންދީދީޔާއި ދެބޭފުޅުންނަށް ދޮންބެއްޔާ ބުނުއްވި ކަމަށް ސަލާހުއްދީނު ލޔުއްވާފައި ވެއެވެ. " ދެން ތިޔަގެ ދެކުދީން ނާއިބު ތުއްތޫގެ އަރިހަށް ދިޔުމުން ކިޔެވިދާނެޔޭ ކިޔަވައި ނުދެއްވައެއް ފަރަކުވެސް ނުޖެހޭނެ މެޔޭ ދެން ހުސައިން ދީދީ މާލެ އަތުވެއްޖެއެވެ. ދެ އަޙްމަދުދީދީ އައްޑޫގައި ކިޔެވުމާއިގެން މަޝްޣުލުވެ ތިއްބެވީއެވެ. އަދި ނާއިބު ތުއްތު އެ ދުވަސް ވަރު ގިނަ ގިނައިން އުޅުއްވީ އުތުރު ރަށްރަށުގައި ކަމަށާއި މާލޭގައި ވަޒަންވެރިވެ ހުންނަވާން ފެށުމުން ހުސައިންދީދީ ކިޔަވާ ވިދާޅުވާންފަށްޓަވާފައި އައްޑުވަށް ސިޓީފޮނުވުމުން އެދުރުގޭ އަޙްމަދުދީދީ މާލެ ވަޑައިގެން ކިޔަވާވިދާޅުވާންފެއްޓެވިކަމަށާއި ދުވަސްކޮޅަކުން ދޮންބެއްޔާގެ އަޙްމަދުދީދީ ވެސް މާލެ ވަޑައިގެން ދެއަހަރެއް ވާންދެންނާއިބުތުއްތު ގެ އަރިހުންކިޔަވާ ވިދާޅުވާން މާލޭގައި ހުންނެވިކަމަށް ލިޔުއްވާފައި ވެއެވެ.

ސަލާހުއްދީނުގެ ލިޔުއްވުންތަކުން އެނގޭގޮތުގައި،ދޮންބެއްޔާ ކިޔަވައި ދެއްވިމާއްދާ ތަކުގެ ތެރޭ ގައި ފިޤްހު، ތަފްސީރު،ޙަދީޘް، އަރަބިބަސް، ޑިކްޝްނަރީ ބަލަން ދަސްކޮށް ދިނުން ފަދަ މާއްދާތައް ހިމެނުނެވެ. ކިޔަވައިދެއްވި ފޮތްފޮތުގެ ތެރޭގައި ތަފްސީރު މަޢާލިމުއްތަންޒީލާއި އާޖުރޫމިއްޔާ ކިޔާ ނަޙްވު ފޮތެއް ހިމެނެއެވެ.

އަދި 54 ފަރްޟު މި ފޮތުގައި ލިޔުއްވާފައިވެއެވެ. "އެފޮތަކީއަހުރެންގެ އުމުރުން 14 އަހަރުގައި އައްޑުވަށް ގޮސް އަހުރެންގެ އެދުރު އަލްއާލިމު އަލްފާޟިލު އައްޝައިޚް އިބްރާހިމް އިބްނު ޙުސައިނުލްމީދުވިއްޔު މި ކަލޭގެފާނުންގެ ގޭގައި ކިޔަވަން ހުރި ދުވަސްވަރުގައި ކިޔަވައި ދެއްވި ފޮތެކެވެ. މި ކޔެވި ފޮތްލިޔުއްވާފައިވަނީ އައްޝައިޚް އިބްރާހިމް ތަކުރުފާނު ގެ އެއްކިހުނު ފަތް އަލްޢާލިމް އަލްފާޟިލް އަލްޤޟީ މޫސާބަދުރުއްދީނުލް އައްދުވިއްޔު މިތަކުރުފާނުންގެ އަތްޕުޅުންނެވެ. ލިޔުއްވައި ނިންމަވާފައިވަނީ 1291ހ. މިވަނަ އަހަރުގައެވެ."އަހުރެންމާލެ އައިސް މާލޭގައި ހުރެ ރޭދުވާ ތަކުރާރުވަމުން އައިސް އަހުރެންގެ އުމުރުން ސާޅީސް އަހަރު ވެއަތުވެގޮސް މުސްކުޅި އަތަށް އެޅުނު ފަހުން އެފޮތުގެ މަތީން ހަނދާންވާން ފަށައިފިއެވެ. އެފޮތުގައި ހުރި ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘް ތައް ދަސްވެފައި ހުރިކަމާއި އެކު ފޮތް އޮތް ތަރްތީބު ގޮތެއް ހަނދާން ނެތެވެ. ދެން ފޮތްދެކެލާން ބޭނުންވެގެން އަހުރެންނާއެކު އިލްމު އުނގެނޭން އުޅުއްވި އަޙްމަދު އިބްނު އިބްރާހިމް ތަކުރުފާނު މިދީދީއަށް ސިޓީލިއުމުން އޭނާ އެފޮތް ފޮނުއްވައިފިއެވެ. އަޙްމަދު ދީދީ އަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާނެތެވެ.

އަލްއުސްތާޛް މުޙައްމަދު ޖަމީލު ލިޔުއްވާފައިވެއެވެ." ފަޟީލަތުއްޝައިޚް ހުސައިން ޞަލާޙުއްދީނަކީ މިދެންނެވި ޢިލްމު ވެރިޔާ( ދޮންބެއްޔާ) އަރިހުން ދަރިވަރުވެގެން މޮޅުވި އާލިމެކެވެ. ހަމަ އެފަދައިން މާންދޫގޭ އަލްއަމީރު ދޮށީމަނިއްޕުޅަށް އަރަބިބަސް އުނގަންނައި ދެއްވީވެސް އަލްފަޤީހު އިބްރާހިމް ތަކުރުފާނު ދޮންބެއްޔާއެވެ. ސ. އަތޮޅުގެ ދަރީން ކުރެ އަލްމަރްޙޫމް އެދުރުގޭ ފަޟީލަތއްޝައިޚްއަހްމަދު ދީދީއާއި، ދޮންބެއްޔާގެ ދަރިކަލުންފަޟީލަތުއްޝައިޚް އަޙްމަދުދީދީ އަކީ ވެސް ދޮންބެއްޔާގެ އަރިހުން ދަރިވަރުގެން ނިކުތް މޮޅު ޢާލިމުންނެވެ. ދޮންބެއްޔާގެ އަޙްމަދުދީދީގެ މަޝްހޫރު ބޭސްފޮތް (ޠިއްބުލްފުޤަރާއި) މިއީ ދިވެހި ފޮތްތެރިކަމުގެ ތެރެއަށް އޭނާ ދޫކުރައްވާފައިވާ ވަރަށްވެސް އަގުހުރި މުދަލެކެވެ."


ފަޟީލަތުއްޝައިޚްއަޙްމަދު ދީދީ އަކީ އަކީ ފިޤުހު،ތަފްސީރު ޙަދީސް، ނަޙޫ ޞަރްފު ޢިލްމުލްބަލާޣާ ފަދަ ދީނީ އިލްމުތަކުގައި އަރާހުންނެވި ބޭފުޅެކެވެ. މަސައްކަތްތެރިކަމާއި ރީތިކޮށްއަރަބިތާނަ ލިޔުއެވުމާއި އެނޫންފަންނު ތަކުގައި ކުޅަދާނަ މާހިރެކެވެ. ދިވެހިރާއްޖެ ދުވަކުވެސް ދުށް ކުޅަދާނަ ހަކީމީބޭސްވެރިޔާއެވެ.


ބޭސްވެރިކަމުގެ ތެރޭގައި[އުނިއިތުރު ގެންނަވާ]

ހީނަރުވެފައި އޮތް އިހުގެ ދިވެހި ބޭސްވެރިކަން ދިރުއްވައި ތަރައްޤީ ކުރުމަށް ދިވެއްސަކު ދުވަހަކުވެސް ނުކުރާ މިންވަރަކަށް ފަޟީލަތއްޝައިޚް މަސައްކައތް ކުރެއްވިއެވެ. ޢަރަބިބޭހުގެ އިލްމުގައި ޢޭނާ އަށް ލިބިފައިވާ ކުޅަދާނަ ކަން އޭނާ ގެ މި މަޤްސަދުގައި އޭނާއަށްމަތީދަރަޖައަކަށް އެހީތެރިވިއެވެ.

ދިވެހިބޭސްވެރިކަން ދިރުއްވުމަށް އޭނާ މުޠާލަޢާކުރައްވަމުން ގެންދެވީ ބޭސްވެރިކަމުގެ މައިދާނުގައި މުޅި ދުނިޔޭގައި ވިދި ރިފަރެންސް ފޮތްތަކެވެ އާދެ! ތަސްހީލުލްމަނާފިޢު، ކިތާބުއްރަޙްމަތި ލިއްސުޔޫޠީ، ތަޛްކިރަތުލްއިންޠާކިއްޔާ މުފްރަދާތު އިބްނުލްބައިޠާރު،އަބޫބަކުރއްރާޒީގެ އަލްޙާވީ، އިބްނުއްނަފީސުގެ މޫޖަޒުލްޤާނޫނު، އިބްނު ސީނާގެ ޤާނޫނު ފަދަ އިސްލާމީ ސިވިލައިޒޭޝަނުގެ ބޭސްވެރިކަމުގެ ފަންނާއި ގްރީކުންގެ ބޭސްވެރިކަމުގެ ފޮތްތައް ދިރާސާކުރެއްވުމަށްފަހު ދިވެހިބަހުން ބޭސްފޮތްތައް ލިޔއްވިއެވެ. އޭގެ ތެރެއިން ފަސް ފޮތް މިހާރުވެސް ފެންނަނަން އެބައޮތެވެ.އެބޭސްފޮތްތައް މުޠާލިޢާ ކުރާމީހަކަށް އަޙްމަދުދީދީ ގެ ޢަރަބިބަހާއި ދވެހިބަހުގެ ފެންވަރުގެ މަތިވެރިކަން ވަންހަނާވެގެން ނުވާނެއެވެ. މިހެނީ އާދައިގެ ޢަރަބިބަހުގެ ފޮތެއް ތަރްޖަމާކުރުމަށްވުރެ ބޭސްވެރިކަން ފަދަ ފަންނު ގެ ފޮތްތައް ތަރްޖަމާކޮށް، ފަތްޕިލާވެއްޔާއި ބޭހުގެ މާއްދާތަކާއި ބަލިބައްޔައް ކިޔާނަންތައް ދިވެހި ބަހަށް ގެނައުން މާ އުނދަގޫ ވާނެއެވ. އޭނާބޭސްވެރިކަމުގެ ރޮނގުގައި ލިޔުއްވި އެންމެ ބޮޑު އަދި އެންމެ އަގުހުރި ފޮތަކީ ޠިއްބުލްފުޤަރާއި ފީ ހިކްމަތިލްއުމަރާއި އެވެ.

އަހްމަދުދީދީ ގެ ބޭސްވެރިކަމާއި އިލާޖްގެ މަޤްބޫލުކަން ހުއްޓިގެންވީ ދިވެހި ޖަޒީރާތަކަށް އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ؟ކަނޑުތައް ހުރަސްކޮށް އޮޅުދޫ ކަރައިގެ ޑޮކްޓަރުން ގެ މެދުގައިވެސް އޭނާގެ ބޭސްވެރިކަމަށް މަޤްބޫލުކަން ލިބުނެވެ. އާދެ، އޭނާގެ އަރިހުން ބޭސް ފަރުވާ ހޯދިމީހަކު، އެދުވަސްވަރު ސިލޯނުގެ ޑޮކްޓަރެއްގެ ގާތަށް ދިޔުމުން އަޙްމަދު ދީދީ އޭނާއަށް ބޭސް ކުރެއްވިގޮތީ އޭނާގެ އެބައްޔަށް ފަރުވާދެވޭނޭ އެންމެ ރަނގަޅު ގޮތްކަމަށް ލަފާ ދެއްވިއެވެ. އެލަފާގެ މަތިން އެމީހާ ރާއްޖެއަށް އައި އިރު ޢަޙްމަދު ދީދީ ވަނީ އަވަހާރަވެފައެވެ.

ފިޒިޝަނުންނަކީ ކޮންމެ ވަގުތެއްގައިވެސް ބަލިމީހުން ގެފުރާނަ ސަލާމަތް ކުރުމުގެ މަތިވެރިވާޖިބު ގައިދެމިތިބެން ޖެހޭބަޔެއްކަން އޭނާވަނީ ސާބިތުކޮށް ދައްކަވާފައެވެ.އައްޑޫ އަތޮޅުމީދޫގައި މީހަކު މަރުވެގެން އެމައްޔިތާގެ މޫނު ދެކިލާންޙްމަދު ދިދީ ވަޑައިގެންނެވިދުވަހެކެވެ. މަރުވެފައި އޮތްމީހާގެ މޫނު ހަމަފެނިވަޑައިގަތުމާއެކު އޭނާ ވަޅުނުލައި ބާއްވަން ވިދާޅުވެފައި ގެއަށް ވަޑައިގެންފައިއެނބުރި ވަޑައިގަތީ ބޭހާއިފަރުވާދޭނޭ ސާމާން ހިއްޕަވައިގެންނެވެ.އޭނާގެ ދުލުގެ ކޮޅުގައި ބޭހެއްޖައްސަވައި އޭނާގެ ވިންދު ބައްލަވައި ހެއްދެވުމަށްފަހު،ކަފުން ބާލަން ވިދާޅުވިއެވެ. އޭގެފަހުގައި އެތަނުން އަހްމަދު ދީދީ އެތަނުން ތެދުވެވަޑައިގަތީ އެމީހާ ތެދުވެ ހަރަކާތް ކުރާންފެށިފަހުންނެވެ. އެމީހާ މަރުވީ އޭގެފަހުގައި ފުރިހަމަ ސިއްހަތުގައި ހުރެ 3 ފިރިހެންދަރިން ލިބި ބޮޑުވި ވެސް ފަހުންނެވެ.


ލިޔުންތެރިކަން[އުނިއިތުރު ގެންނަވާ]

އަޙްމަދު ދީދީ ބޭހުގެ ރޮނގުގައި ވަރަށްގިނަ ފޮތްތައް ލިޔުއްވިއެވެ. އަދި އެނޫން ރޮނގުތަކުގައިވެސް ފޮތްތައް ލިޔުއްވިއެވެ.އެހުރިހާ ފޮތްތައް ލިޔުއްވާފައި ހުރީ އަނދުން ދަވާދުން ކަމުން ވަރަށް ގިނަ ފޮތްތައްހަލާކުވެގެން ދިޔައެވެ. އަދި މީގެ އިތުރުން އޭނާ ދޫކުރެއްވި ފޮތްތެރިކަމުގެތަރިކަތައް ހުރިހާފަހަރަކު ޖެހުނީ އޭގެ މައްޗަށްއަމާނާތްތެރި އަތްތަކުގައިނޫންކަމަށް ވުމުން ވެސް ވަރަށް ބޮޑުބައި ދިޔައީގެއްލިގެންނެވެ.އޭނާ ލިޔުއްވި އެންމެ އަގު ހުރި ފޮތަކީ ޠިއްބުލް ފުޤަރާއި ފީ ޙިކްމަތިލް އުމަރާއި އެވެ.

އަހްމަދު ދީދީ ދިރި އުޅުއްވީ އޭނާ ގެ އުފަން ރަށް އައްޑޫ އަތޮޅު މީދޫ ގައެވެ. ނަމަވެސް އޭނާބޭސް ފަރުވާ ގެ ޚިދްމަތް ދެއްވަން މާލެ އާއި ރާއްޖޭގެ އެކިތަންތަނަށް ގިނަގިނައިން ދަތުރު ކުރައްވާ އުޅުއްވިއެވެ. އޭނާ ތަނކަށް ވަޑައިގެން ފިއްޔާ އެތަނެއްގައި އޮންނަނީ ކުލިނިކް ހުޅުވިފައެވެ. ބޭސް ފަރުވާގެ ޚިދްމަތް ދިވެހިންނަށް އޭނާ ދެއްވީ މުޅިންވެސް ހިލޭ ދަރުމައަށެވެ. އެއްވެސް އަގެއް އުޖޫރައެއް ނު ހިއްޕަވައެވެ. އައްޑޫ އަތޮޅު މީދޫ ގެ ނާއިބު (ޤާޟީ) ކަން ކުރެއްވި އެވެ. އަވަހާރަވީއިރު ވެސް އޭނާ ހުންނެވީ އެ މަޤާމުގައެވެ.

ބޭސްވެރިކަމުގެ ރޮނގުގައި އޭނާގެ އަރިހުން ކިޔަވއިގެން މޮޅުވި ދަރިވަރުންތަކެއް،ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފެދުނެވެ. އޭނާގެ ދަރިވަރންގެ ތެރޭގައި އޭނާގެ ދެދަރިކަލުންއިބްރާހިމްދީދީއާއި މުޙައްމަދު ދީދީ އާއި ކުދުރަނިޔަގެ އައްޝައިޚް މުހައްމަދުމަނިކުފާނަކީ ފާހަގަކުރެވޭ ތިންހަކީމުން ކަމުގައި ވިއެވެ. މި މުޙައްމަދު މަނިކުފާނަކީ އަޙްމަދު ދީދީއަށް ބޮޑުބޭބެ ވިދާޅިވާބޭފުޅެކެވެ.


ޢަރަބި ތާނަ ލިޔުއްވުން[އުނިއިތުރު ގެންނަވާ]

އަޙްމަދު ދީދީ އަވަހާރަ ވީއިރުއަޙްމަދު ދީދީ އަރަބި ތާނަ ލިޔުއްވުން ރީތި ބޭފުޅަކަށް ވުމާއެކު އަރަބި ބަހުގެ ތުރާޘީ ފޮތްތައް، އަލް އިމާމުއްނަވަވީގެ މިންހާޖު، އަލްއާޖުރުމިއްޔާ ފަދަ ފޮތްތައް އޭގެ އަސްލު ޗާޕު ފޮތްފޮތުން ބައްލަވައިގެން ވަރަށް ރީތިކޮށް ލިޔުއްވާފައި ހުއްޓެވެ. މީގެ ބައެއްފޮތްތައް އަދި މިހާތަނަށްވެސް އެބަހުއްޓެވެ. މި ބުރަ މަސައްކަތް ކުރެއްވީ އިލްމަށް އޭނާގެ ހުރި ލޯތްބެއްގެ ބޮޑު ކަމުންނެވެ. އަބަދުވެސް ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުންތަކަކަށް އުނގަންނަވައި ދެއްވުމުގައި ހޭދަ ކުރެއްވި އުސްތާޒަކަށްވެފައި، އެޒަމާނަކީ ޗާޕް ފޮތްތައް ދަރިވަރުންނަށް ޢާންމުކޮށް ލިބެންހުރި ޒަމާނަކަށްނުވުމާއެކު، ގިނަ ދަރިވަރުންނަށްބޭނުންހިފޭނޭ ފޮތްތައް ލިޔުއްވުމަށެވެ.


ރަށުގެ ނާއިބު ކަމުގައި ހުންނަވައި،މުޢާމަލާތުގެ ޢަޙްކާމުގައި ފޮތެއް ލިޔުއްވިއެވެ. ދިވެހި ތާރީޚާއި އިސްލާމީ ތާރީޚާއި ނަސަބުގެ އިލްމާއި މީދޫ ގެ ވަޤުފުތަކާއި އެރަށުގެ ދަރިކޮޅުތަކުގެ މައްޗަށް ފޮތެއް ލިޔުއްވި އެވެ.

އަހްމަދު ދީދީ އަކީ އިލްމު ވެރިއަކަށް،އަދި ބޭސް ވެރި ހަކީމަކަށް ވުމުގެ އިތުރަށް މަސައްކަތް ތެރިކަމާއި ހުނަރު ވެރިކަމުގެ ރޮނގުތަކުގައި ވެސް ފަންނު ތެރި އެކެވެ. ނަމަވެސް،އޭނާ އެންމެ ޚާއްޞަ ޢިނާޔަތެއް ދެއްވީ ބޭސް ވެރި ކަމުގެ ރޮނގަށެވެ.އަލްފާޟިލު އަޙްމަދު ޝަފީޤު އެކުލަވާލެއްވި ދިވެހިމަސައްކަތްތެރިކަން މިފޮތުގައި އޭނާ ލިޔުއްވާގޮތުގައި ފަޟީލަތުއްޝައިޚް އަޙްމަދު ދީދީ އަކީ ލާގެ މަސައްކަތުގެ އުސްތާޛެކެވެ.

ބޭސް ވެރިކަމާއި އެ ނޫން ރޮނގު ތަކުގައި، އޭނާގެ އެންމެ ބޮޑު އުސްތާޒަކީ އޭނާގެ އިލްމު ވެރި ބައްޕަ އަލްޢައްލާމަތު،އައްޝައިޚު އަލްޙާފިޡު އިބްރާހިމް ތަކުރުފާނު(އައިސާބީގެ ދަރު ދޮންބެއްޔާ) އެވެ. އެތަކުރުފާނަކީ، ދިވެހި ހަކީމުން ގެތެރެއިން ޔޫނާނީ އަރަބިބޭހާއި ދިވެހިބޭހުގެ ރޮގުގައި އެންމެ އަރާ ހުންނެވިއެއްހަކީމެވެ.ދޮންބެއްޔާ އަކީ ،އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު މުސްކުޅި ބަންޑާރައިންގެޒަމާނުގައި އެރަދުންގެ ޚާއްޞަ ފިޒިޝަންވެސްމެއެވެ.

މާލޭގައި ،އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތުގެ އަރިހުން ތައުލީމް ހާސިލުކުރައްވަން އުޅުއްވިދުވަސްވަރު، އައްޝަްއިޚް އަލީ ހުސާމުއްދީނުއްނުސުކިލް ޤާދިރީ ގެ އަރިހުން އަޙްމަދުދީދީ އިތުރު އިލްމީ ފާއިދާ ތައް ހާސިލު ކުރެއްވި އެވެ.


ދުންޔަވީ ހަޔާތްޕުޅާއި އަވަހާރަވުން[އުނިއިތުރު ގެންނަވާ]

އަޙްމަދު ދީދީ އަވަހާރަވިއިރު އޭނާގެގޭ(މިހާރުގެސ. މީދޫ،އަލިވާގެ)ގައި ލައިބްރަރީއެއްހައި ގިނަ އަދަދެއްގެ ފޮތްތައް ހުއްޓެވެ. އަޙްމަދު ދީދީ އަވަހާރަވީބޭސްފޮތް ލިޔުއްވަން ވަރަށް ގިނަ ވަގުތުއެއްތަނެއްގައިށީނދެ ވަޑައިގެން ހޭދަ ކުރެއްވުމާއި ގުޅިގެން ޖެހި ވަޑައިގަތް އާލާސްކަން ފުޅެއްގައެވެ. ފޮތް ލިޔުއްވާ ނިމުނުތާ ގިނަދުވަހެއްނުކޮށެވެ.އެއީ11 ޝަޢުބާން 1357ހ. ދުވަހެވެ. ފަސްދާނު ލެވުނީ ކޯގަންނު ގަބުރުސްތާނުގައި ބޮޑު ފަނޑިޔާރު ތަކުރފާނު މިސްކިތު ކާރީގައެވެ. އަޙްމަދު ދީދީ ގެ އަނބިކަނބަލުންނަކީ ސ. މީދޫގަނޑުވަރު އަޙްމަދު ދީދީގެ ޢަލިދީދީގެ މަރިޔަމް ދީދީ އެވެ. އަޙްމަދު ދީދީއާއި މަރިޔަމް ދީދީ ގެ ދެ ބޭފުޅުން ތިއްބެވިއެވެ. އެއީ އިބްރާހީމް ދީދީއާއި މުޙައްމަދު ދީދީއެވެ. ގދ. ފިޔޯރީ ބޭކަނބަލަކާއި ކާވެނި ބައްލަވައިގެން ބޭފުޅަކު ލިބި ވަޑައި ގަތެވެ. އެއީ ޢަލި ދީދީއެވެ. މުހައްމަދު ދީދީއާއި އަލިދީދީ ގެ ދަރިކޮޅު އެބައޮތެވެ. ރަޙިމަހުﷲ ވަނަފަޢަނާބިހީ.

އަލްއުސްތާޛް ޢަބްދުﷲ ސަޢީދު: ފަޟީލަތުއްޝައިޚްއަޙްމަދު ދީދީއަށް މުނިކާފަ ވިދާޅުވާ ބޭފުޅުންގެ ތެރެއިން ފަޟީލަތުލް އުސްތާޛުއް ޝައިޚް ޢަބްދުﷲ ސަޢީދަކީ ރާއްޖޭގެ ވަރަށް ފުންނާބުއުސް ޤާނޫނީ ވަކީލެކެވެ. ޤާނޫނުގެ ޢިލްމާއި ދީނީ ޢިލްމާއި ތާރީޚްގެ އިލްމުފަދަ ރޮނގުތަކުގައިއަރާހުންނެވި އިލްމުވެރިއެކެވެ.