އަލްއުސްތާޛު ޢަބްދުﷲ ސަޢީދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
އެހެނިހެން ބޭނުންތަކަށް ޢަބްދުﷲ ސަޢީދު ބައްލަވާލައްވާ!

ފަޟީލަތުލްއުސްތާޛު ޢަބްދުﷲ ސަޢީދަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ. މި މަޤާމާ އެމަނިކުފާނު ޙަވާލުވެ ވަޑައިގަތުމުގެ ކުރީގައި ހުންނެވީ ބަންޑާރަނާއިބު އޮފީހުގެ ނާއިބު ކަމުގެ މަޤާމުގައެވެ. އެމަނިކުފާނަކީ ރާއްޖޭގެ އެންމެ ފުންނާބު އުސް ޤާނޫނީވަކީލުންގެ ތެރޭގއި ފާހަގަ ކުރެވޭ ޤާނޫނީ ވަކީލެކެވެ.ޤާނޫނުގެ ޢިލްމާއި ދީނީ ޢިލްމުގައި އަރާހުންނެވި ބޭފުޅެކެވެ.ޤުރްއާން ހިތު ދަސްކުރައްވައިގެން ހުންނެވި ޙާފިޡެކެވެ.ފެކަލްޓީއޮފް ޝަރީޢާ އެންޑްލޯ ގެ ފުރަތަމަ ޑީންކަންކުރެއްވީ އޭނާއެވެ. ރާއްޖޭގައި ޤާނޫނީ ތަޢުލީމްގެބިންގާ މިޒަމާނާއެއްގޮތަށް އަޅައި ހަރުދަނާކުރުމުގައި އެންމެ މަތީދަރޖައަށް ހިއްސާކުރައްވި އެއްބޭފުޅަކީ އޭނާއެވެ.ބަންޑާރަ ނާއިބު އޮފީހުގެ ސްޓޭޓް އެޓަރނީ ކަމުގެ މަޤާމާއި ޑިރެކްޓަރކަމުގެ މަޤާމް އަދާކުރައްވާފައިވެއެވެ. އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ޕްރޮސެކިޔުޝަންސް ގެ މަޤާމުގައި ހުންނެވުމަށްފަހު ޔޫރަޕް ގައި ޕީއޗްޑީއަށް ކިޔަވާވިދާޅުވާން 2005ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ފައްޓަވާފައިވެއެވެ. އަލްއުސްތާޛް ޢަބްދުﷲ ސަޢީދަކީ ޤާނޫނީ ޢިލްމުވެރި އަކަށް، ފިޤްހު އިލްމުވެރިއަކަށް ވުމުގެ އިތުރަށް ތާރީޚް އިލްމަށް ވަރަށް މޮޅުބޭފުޅެކެވެ. އެމނިކުފާނަކީ ވަރަށްގިނަޢިލްމީ ދާއިރާތަކުގައި މަޢުލޫމާތު ނުހަނު މުއްސަނދި ބޭފުޅެއްމެއެވެ. އަލްއުސްތާޛް ޢަބްދުﷲ ސަޢީދަކީ އަރަބިބަސް، އުރްދޫބަސް، ފާރިސީބަސް އިނގިރޭސި ބަސް ރަނަގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ތަޢުލީމް ޙާޞިލުކުރެއްވި ޤައުމުތަކުގައި އިންޑިއާ، މިޞުރު، ސިންގަޕޫރު އަދި ޔޫރަޕިއަން ޔޫނިއަންގެ ބައެއް ޤައުމުތައް ހިމެނެއެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އަކ އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީނު ރަދުން ގެ އަލްއަމީރު އިބްރާހިމްފާމުލަދޭރިކިލެގެފާނުންގެ ޢާއިޝަތު ދޮށީދީދީއާއި ކާވެނިބައްލަވައިގެން ލިބުނު ގަޑުވަރު ޙަސންދީދީގެއަލްޚަޠީބު ޢަބްދުﷲ ދީދީ އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ ޚަދީޖާމަނިކެ އާއި ކާވެނިބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލުން ހުސައިންދީދީގެމުހައްމަދު ސަޢީދުގެ ދަރިކަލުންނެވެ . މަންމައަކީ އަލްއަލްޤާޟީ އިބްރާހިމް މަޖުދުއްދީނު އުއްތަމަފަނޑިޔާރުމަނިކުފާނުގެ ހައްވާމަނިކެގެ އާމިނަތުދީދީއާއި އެޅެގޭ އައްނާއިބު އިބްރާހިމްދީދީގެ އައްނާއިބު ޢަބްދުﷲ ދީދީގެ ގެ ދަރިކަނބަލުން ޙައްވާދީދީއާއި ގަޑުވަރު އައްޝައިޚް ހުސައިންތަކުރުފާނުގެ އަލްއައްލާމަތުއްޝައިޚު އަލްޙާފިޡު އިބްރާހީމް ތަކުރފާނު އަޚޫހުލް ޤާޟީ މޫސާ ބަދުރުއްދީން (އައިސާބީގެދަރު ދޮންބެއްޔާ) ގެ ފަޟީލަތުއްޝައިޚު އަޙްމަދުދިދީ (އައިސާބީގެ ދަރު އަޙްމަދުދީދީ) ގެ މުހައްމަދުދީދީއާއި ކާވެނިބައްލަވައިގެން ލިބިވަޑައިގަތް ދަރިކަނބަލުން ފާޠުމަތު ދީދީއެވެ ޢަބްދުﷲ ސަޢީދުގެ ގެ މަތިފުށް ހަތަރު ފަރާތުންމެ،އަލްޢައްލާމަތު މުޙައްމަދު ޝަމްސުއްދީނުލްކަބީރު އިބްނުއްނާއިބު ޙަސަން އިބްނު މުހައްމަދުލް މިޞްރީ ބޮޑުފަނޑިޔާރު ތަކުރުފާނާއި އައްސުލްޠާނު މުހައްމަދު ޣިޔާޘުއްދީނާއި އަލްފަޤީހު އަލްވަރަޢުއްޒާހިދު ޔޫސުފުނާއިބުކަލޭގެފާނާއި ގުޅިފައިވެއެވެ.