އަފެރިސިސް
އަފެރިސިސް ނުވަތަ (އިނގިރޭސި ބަހުން: Apheresis) އަކީ ހަދިޔާކުރެވުނު ލެއިން ވަކި ބައެއް ނެގުން ނުވަތަ ވަކިކުރުމެވެ. އަފެރިސިސް ހެދެނީ ކޮންމެ 4މަހުން 1ފަހަރުއެވެ. މިބީދައިން ލޭނެގުމަށް ނުވަތަ ހަދިޔާކުރުމަށް އެކެއް ނުވަތަ ދެގަޑިއިރު ހޭދަވެއެވެ. މިގޮތުން އެންމެ އާންމުކޮށް ވަކިކުރެވެނީ ލޭގެ ޕްލާޒްމާ، ޕްލޭޓްލިޓް، އަދި ލޭގެ ހުދު ސެލް ތަކެވެ. މިގޮތަށް ލޭ ނެގުމަށްފަހު ލޭގެ ކޮންމެ ޔުނިޓެއް ތަފާތު ބައިތަކަށް ވަކިކުރެވެއެވެ. އަދި މިއިން ކޮންމެ ބައެއްމެ، އެބައެއް ބޭނުންވެފައިވާ މީހުންނަށް ފޯރުކޮށް ދެވެއެވެ. އެހެން ކަމުން ލޭގެ އެންމެ ޔުނިޓަކުން ވެސް އެތައް ބަޔަކަށް މަންފާ ލިއްބައިދެއެވެ.
ވަކިކުރެވޭ މާއްދާތައް
[އުނިއިތުރު ގެންނަވާ]ލޭގެ ރަތް ސެލް
[އުނިއިތުރު ގެންނަވާ]ލޭބޭރުވުމާއި، ލޭމަދުވުމުގެ މައްސަލަ ދިމާވެފައިވާ މީހުންގެ ހަށިގަނޑުގައި އޮކްސިޖަން ގެންގޮސްދޭ މިންވަރު މަތިކުރުމަށްޓަކައި އެފަދަމީހުންގެ ހަށިގަނޑަށް ލޭގެ ރަތް ސެލް ތައް ވާސިލްކޮށް ދެވެއެވެ. ލޭގެ އެންމެ ޔުނިޓަކުން ކޮންމެ ޑެސިލިޓަރެއްގައި 1ގްރާމްގެ ހިމަގްލޯބިން އިތުރުކޮށް، 2 ނުވަތަ 3އިންސައްތަ ހީމަކްރައިޓް މައްޗަށް ޖައްސައެވެ. ލޭގެ ރަތް ސެލްތައް ރެފްރިޖެރޭޓަރ ފަދަ އެއްޗެއްގައި 42ދުވަސްވަރު ވަންދެން ރައްކާކޮށްފައި ބެހެއްޓިދާނެ އެވެ. ގަނޑުކޮށްފައި 10އަހަރު ދުވަހުގެ މުއްދަތަށް ވެސް ބެހެއްޓިދާނެ އެވެ.
ލޭގެ ޕްލާޒްމާ
[އުނިއިތުރު ގެންނަވާ]ލޭގަނޑުވުމަށް އެހީތެރިވެދޭ މާއްދާތައް މަދުވުމާއި އެކު، ލޭބޭރުވުމުގެ މައްސަލަ ކުރިމަތިކުރުވާ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ޕްލާޒްމާ އެފަދަމީހުންގެ ހަށިގަނޑަށް ފޯރުކޮށްދެވެއެވެ. މިފަދަ ޕްލާޒްމާ ގަނޑުކޮށްފައި އަހަރެއްހާ ދުވަހުގެ މުއްދަތަށް ވެސް ބެހެއްޓިދާނެ އެވެ. އާދައިގެ ފިނިހޫނުމިނެއްގައި ނަމަ އެންމެ ގިނަވެގެން ރައްކާކޮށްފައި ބެހެއްޓޭނީ 5ދުވަހުގެ މުއްދަތަށެވެ.
ޕްލޭޓްލިޓް
[އުނިއިތުރު ގެންނަވާ]ޕްލޭޓްލިޓް ފޯރުކޮށްދެވެނީ ފުރިހަމަގޮތުގައި ޕްލޭޓްލިޓްތައް މަސައްކަތްނުކުރުމާއި، ޕްލޭޓްލިޓްގެ އަދަދު މަދުވުން(Thrombocytopenia) ފަދަ ހާލަތް ތަކުގައެވެ. ލޭގެ ކޮންމެ ޔުނިޓަކުން ޕްލޭޓްލިޓްތަކުގެ އަދަދު ކޮންމެ މައިކްރޯލިޓަރެއްގައި 5،000ހާސް ވަރު އިތުރުކޮށްދެއެވެ.
އަލްބިއުމިން
[އުނިއިތުރު ގެންނަވާ]ޕްލާޒްމާގައި ހިމެނޭ ޕްރޮޓީންގެ 60އިންސައްތަ އަކީ އަލްބިއުމިން އެވެ. ފުރަމޭ(Liver)އިން އުފައްދާ އަލްބިއުމިން ބޭނުންކުރެވެނީ ލޭގެ މިންވަރު އިތުރުކުރަށް ބޭނުންވާ ހާލަތްތަކުގައެވެ. މިސާލަކަށް ފުރަމޭ ހަލާކުވުން(Liver failure)، ފިހުން، އަދި މާބޮޑަށް ލޭފޭބުން ފަދަ ހާލަތްތަކުގައެވެ.
އިމިއުނަގްލޯބިއުލިން
[އުނިއިތުރު ގެންނަވާ]ރަބީޒް، އިދިފުށަށް ދަމާބަލި، އަދި ފުރަމޭ ދުޅަވުން ފަދަ ބަލިތަކުން ސަލާމަތްވުމަށް އިމިއުނަގްލޯބިއުލިން ތަކުގެ ބޭނުން ހިފައެވެ.
ލޭގެ ހުދު ސެލް
[އުނިއިތުރު ގެންނަވާ]ލޭހަދިޔާކުރާތާ 24ގަޑިއިރުގެ ތެރޭގައި އަނެކާގެ ހަށިގަނޑަށް ފޯރުކޮށްދޭން ޖެހެއެވެ.
ކްރިޔޯ ޕްރެސިޕިޓޭޓް އެންޓި ހީމަފިލިކް ފެކްޓަރ
[އުނިއިތުރު ގެންނަވާ]މީގައި ކްލޮޓިން ފެކްޓަރތައް ހިމެނޭލެއް މަދެވެ. މިއުފައްދަނީ ގަނޑުކޮށްފައި ހުރި ތާޒާ ޕްލާޒްމާ އިންނެވެ.
ފެކްޓަރ8 ކޮންސެންޓްރޭޓް
[އުނިއިތުރު ގެންނަވާ]ހީމަފީލިއާ-އޭ ކިޔާބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވެއެވެ. ހީމަފީލިއާ-އޭ ޖެހެނީ ކްލޮޓިންގ ފެކްޓަރ-8 މަދުވުމުގެ ސަބަބުންނެވެ.
ފެކްޓަރ9 ކޮންސެންޓްރޭޓް
[އުނިއިތުރު ގެންނަވާ]ހީމަފީލިއާ-ބީ ނުވަތަ ކްރިސްމަސް ބަލި(Christmas disease)އަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވެއެވެ. ހީމަފީލިއާ-ބީ ޖެހެނޭ ކްލޮޓިންގ ފެކްޓަރ-9މަދުވުމުގެ ސަބަބުންނެވެ.