Jump to content

އައްޝައިޚް ޢަލީ ޙުސައިން ދީދީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އައްޝައިޚް ޢަލީ ޙުސައިން ދީދީއަކީ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ބޭފުޅަކު ފަދައިން ތަޢުލީމު ދެއްވައިގެން ގެންގުޅުއްވި ބޭފުޅެކެވެ. މަތީ ތަޢުލީމު ޙާޞިލުކުރައްވައި ޑިގްރީ ނެންގެވީ މިޞްރުގެ ޖާމިޢަތުލްއަޒްހަރުންނެވެ.

އައްޝައިޚް ޢަލީ ޙުސައިން ދީދީއަކީ ރައްޔިތުންނަށް ދީނީ ތަޤްރީރު ދެއްވައި، ރައްޔިތުން އެ ތަޤްރީރުތައް ޢަމަލީ ގޮތުން ބަލައިގެންނެވި ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. ޢަމަލީ މަސައްކަތް ވިޔަފާރީގެ ރޮނގުން ހިންގެވި ތަނަވަސް ބޭފުޅެކެވެ. ތަޤްވާވެރި އަޅުވެރިއެކެވެ.

ފުރުއްވި މަޤާމުތައް

[އުނިއިތުރު ގެންނަވާ]
  • ނިޔާ ކަނޑައަޅާ ކޮމިޓީގެ ރައީސްކަން: 22 އޮގަސްޓު 1953 (12 ޛުލްޤައިދާ 1372)
  • ދަންނަ ބޭކަލުންގެ ކޮމިޓީގެ ރައީސްކަން: 14 މާރިޗު 1954 ( 8 ރަޖަބު 1373 )
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006