އައްޝައިޚް ޢަބުދުﷲ ޒުހުރީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އައްޝައިޚް ޢަބުދުﷲ ޒުހުރީ ގެ ބައްޕަ އަކީ ގދ.ފިޔޯރީ ޙުސައިން ދީދީ އެވެ. މަންމައަކީ ގދ.ވާދޫ ގައްދަނޑުގޭ ދޮންދީދީ އެވެ. އައްޝައިޚް ޢަބުދުﷲ ޒުހުރީ އިބްތިދާއީ ތަޢުލީމް ޙާޞިލް ކުރެއްވީ ދިވެހިރާއްޖެ އިންނެވެ. މަތީ ތަޢުލީމް ޙާޞިލް ކުރެއްވީ އިންޑިޔާއިންނެވެ. ޝަރީޢަތާއި ގާނޫނު ކިޔަވާ ވިދާޅުވީ އިންޑިޔާގެ ކޮލެޖް ތަކުންނެވެ. ޢަރަބި، އުރުދޫ އަދި ސިންގަޅަ ބަސް ދެނެވަޑައިގަންނަވައެވެ. މަޑުމައިތިރި އަޚްލާޤެއްގެ ވެރިއެކެވެ. ސާފު ތާހިރުކަމަށް ލޯބިކުރެއްވި އެވެ. މީހުންނާއި ވާހަކަދައްކަވާ ގާތްކަން ބަހައްޓަވާ ވަރަށް ގިނަ މީހުންގެ އެކުވެރި އެކެވެ. ތަޤްވާވެރި އަޅުވެރި އެކެވެ. ޝަރުޢީ ވަފުދު ތަކުގައި ވަރަށް ގިނައިން ރާއްޖެތެރެއަށް ވަޑައިގެން އުޅުއްވިއެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • މަޙްކަމަތުއް ޝަރުޢިއްޔާގެ ކުޑަ ނާއިބުކަން : 15 މާރޗް 1954 ( 9ރަޖަބު 1373ހ )
  • މަޙްކަމަތުއް ޝަރުޢިއްޔާގެ ނާއިބުކަން : 12 ޖެނުއަރީ 1958 (21 ޖުމާދިލް އާޚިރު 1377ހ )
  • މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަންގެ ޤާޟީކަން : 14 ނޮވެމްބަރު 1968 (13 ޝަޢުބާން 1388ހ ) ބުރާސްފަތި
  • ރައްޔިތުން މަޖުލީގެ ގދ.އަތޮޅުގެ މެންބަރުކަން : 1958 ން 1979 އަށް

އައްޝައިޚް ޢަބުދުﷲ ޒުހުރީ ގެ ހުންނެވި ހަމައެކަނި ބޭފުޅަކީ އަލްފާޟިލް އަޙުމަދު ޒާހިރު މ.ސީނާ އެވެ. އައްޝައިޚް ޢަބުދުﷲ ޒުހުރީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 22 ޖެނުއަރީ 1979 ގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006