އައްޝައިޚު އަލްޙާއްޖު އަލްޤާޟީ މުޙައްމަދު ޒުހައިރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އައްޝައިޚު އަލްޙާއްޖު އަލްޤާޟީ މުޙައްމަދު ޒުހައިރު (ބުއްދީގޭ ސީދީގެ ތުއްތު ސީދީ) ނުވަތަ ދޭދަރުގޭ ތުއްތު ސީދީ ގެ ބައްޕަ އަކީ ބުއްދީގޭ ސީދީ އެވެ. މަންމަ އަކީ ލާމީގޭ ދޮންކަމަނަ އެވެ. މުޙައްމަދު ޒުހައިރު ތަޢުލީމް ޙާޞިލްކުރެއްވީ މަދަރުސަތުއް ސަނިއްޔާ އިންނެވެ. ދީނީ ތަޢުލީމް އުގެނިވަޑައިގެން ހުންނެވި ޝޭޚެކެވެ. ޢަރަބި ބަސް މޮޅަށް ދެނެވަޑައިގަންނަވަ އެވެ. ތަރުޖަމާ ކުރެއްވުމާއި ވާހަކަ ދެއްކެވުމުގައި ކުޅަދާނަ ބޭފުޅެކެވެ. މީހުންނާއި ގުޅުންހުރި ބުއްދި ވެރިއެކެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 1963 : ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • 1958 : ނާއިބުކަން – މަޙުކަމަތުއް ޝަރުޢިއްޔާ
  • 1967 : ޤާޟީ – އެމްޖޭ ޕްރޮޕަޓީ އެންޑް އޯރނަޝިޕް ޑިވިޝަން

އެއްބަފާ ބޭފުޅުންނަކީ[އުނިއިތުރު ގެންނަވާ]

  • ލާމިގޭ ސީދީ
  • އަހުމަދު ފިރާޤް ދޭދަރުގެ
  • ބުއްދީގޭ ސީދީގެ ސިއްތި

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006