ކޮޅުނބު
ކޮޅުނބު කොළඹ கொழும்பு | ||
---|---|---|
City | ||
metropolis | ||
![]() | ||
| ||
Coordinates: 6°56′04″N 79°50′34″E / 6.93444°N 79.84278°ECoordinates: 6°56′04″N 79°50′34″E / 6.93444°N 79.84278°E | ||
Country | Sri Lanka | |
Province | Western Province | |
District | Colombo District | |
Government | ||
• Municipal Council | Colombo Municipal Council | |
• Headquarters | Town Hall | |
• Mayor | Mohommad Muzammil (UNP) | |
Area | ||
• City | 37.31 km2 (14.41 sq mi) | |
Elevation | 1 m (3 ft) | |
Population (2011[2]) | ||
• City | 752,993 | |
• Density | 17,344/km2 (44,920/sq mi) | |
• Urban | 2,323,826 [1] | |
• Metro | 5,648,000 | |
Time zone | SLST (UTC+05:30) | |
Postal code | 0xxxx | |
Area code(s) | 011 | |
Website | www.cmc.lk |
ކޮޅުނބު (ކޮލަންބޯ) އަކީ އޮޅުދޫކަރައިގެ އެންމެ ބޮޑު އަވަށެވެ. އަދި އެއީ އޮޅުދޫކަރައިގެ ކުރީގެ އިދާރީ ވެރިރަށެވެ. މި އަވަށް އޮންނަނީ މިހާރު ވެރިކަންކުރާ ސިރީޖަޔަވަރުދަނަޕޫރާ ކޮއްޓޭ އާ އިންވެގެންނެވެ. އިސްތިއުމާރުގެ ކުލަތައް ދައިކައިދޭ އިމާރާތްތަކާއި ވީރާނާ ތަންތަނާއި ޒަމާނުގެ ތަރައްގީ މަސްހުނިވެފައިވާ މިތާނގައި 2001 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާގައި ވާ ގޮތުން 647،100 މީހުން ދިރިއުޅެއެވެ.
ކޮޅުނބު ނުވަތަ ކޮލަންބޯ މިނަން ދިނީ 1505 ގައި ޕޯޗްގީޒުންނެވެ.
ތާރީޚް[އުނިއިތުރު ގެންނަވާ]
ކޮޅުބަކީ ގުދުރަތީ ބަނދަރެކެވެ. މީގެ 2،000 އަހަހރު ކުރިންސުރެ ރޯމަނުންނާއި، އަރަބި އަދި ޗައިނާމީހުން މިތަން ރަނގަޅަށް ދަނެއެވެ. 14 ވަނަ ގަރުނުގައި މި ގައުމަށް އައި ސައްޔާހު އިބުނި ބަތޫތާ މިތަނަށް ކިޔާފައިވަނީ "ކަލަންޕޫ' އެވެ. މީލާދުގެ 8 ވަނަ ގަރުނުގައި އަރަބި މުސްލިމް ވިޔަފާރިވެރިން ކޮޅުބުގައި ވަޒަންވެރިވާންފެށި މައިގަނޑު ސަބަބަކީ މިތާނގެ ބަނދަރުގެ ސަބަބުން އެހެން ގައުމުތަކާއި ސިންގަޅައިންނާ ދެމެދު ވިޔަފާރި ހިންގަން ފަސޭހަވުމެވެ.
ޕޯޗުގީޒުންގެ ދުވަސްވަރު[އުނިއިތުރު ގެންނަވާ]
ޑޮމް ލޯރެންކޯ ޑި އަލްމީޑާ ގެ ވެރިކަމުގައި ދަތުރުކުރަމުން އައި ޕޯޗުގީޒުން އޮޅުދޫކަރައަށް އެރީ 1505 ގައެވެ. އެމީހުންގެ މި ދަތުރުގައި ކޮއްޓޭ ޕަރަކަމަބަހު ގެ ރަސްގެފާނާ އެމީހުނާ ދެމެދު، އެކަރައިގެ އައްސޭރީގައި ހެދޭ ފޮނިތޮށީގެ ވިޔަފާރި ކުރުމާމެދު އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުމުގައި ވާގޮތުން، އައްސޭރި ސަރަހައްދު ދުޝްމަނުންގެ ކިބައިން ހިމާޔަތްކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ޕޯޗްގީޒުންނަށް އެތަނުގެ އައްސޭރިފަށުގެ ހުރިހައި ބާރެއް ލިބިދީފައި ވެއެވެ. އަދި ވިޔަފާރި މަރުކަޒެއް ބިނާކުރުމުގެ ހުއްދަވެސް ލިބިދިނެވެ. އެއަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތާގައި ވަޒަންވެރިވެ ތިބި މުސްލިމް ވިޔަފާރިވެރިން ފައްސާލައި އެތާގައި ކޯއްޓޭއެއް ބިނާކުރިއެވެ.
އިންޑިޔާގެ އައްސޭރީގައި ޕޯޗްގީޒުން ގާއިމްވެތިބި ސަރަހައްދުގެ ހިމާޔަތަށްޓަކައި އޮޅުދޫކަރަ އަކީ ކޮންމެހެން މުހިއްމު ތަނެއްކަމުގައި ދެނެގައްނާކަށް އެމީހުންނަކަށް ގިނަ ދުވަސްތަކެއް ނުނެގިއެވެ. އެހެންކަމުން އެމީހުން އެދޭ ބާރުތައް ހޯދުމަށްޓަކައި ކޮއްޓޭގެ ރަސްގެފާނު ލަންބުވަން ފެށިއެވެ. މިކަމަށްޓަކައި ރަސްމަތިފުށުގެ ވާދަވެރިން ހައްލައި އެމީހުންގެ ތެރޭ ހައިޖާނު އުފައްދައި، ތަނުގެ ވެރިކަމުގެ ބައެއް ބާރުތައް އަތުލައިގަތެވެ. މި ބާރުތައް ލިބުމުން އިންޑިޔާގެ ގޯވާގައި ޕޯޗުގީޒުން ތިބި ތިބުން ކޮޅުބަށް ބަދަލުކުރަން ފެށުނެވެ. މިކަމާ ކޮޅުނބުގެ ރަސްކަލުން ތަކުރާރުކޮށް ދެކޮޅުހެއްދެވި ނަމަވެސް 1593 ވަނަ އަހަރު މުޅި އައްސޭރި ސަރަހައްދު އެކީގައި ޕޯޗުގީޒުންގެ ބާރުގެ ދަށަށް ގެނެސް ކޮޅުނބަކީ އެމީހުންގެ ވެރިރަށް ކަމުގައި ހަމަޖެއްސިއެވެ.
ޑަޗް ދުވަސްވަރު[އުނިއިތުރު ގެންނަވާ]
1638 ގައި ޑަޗްމީހުންނާއި ކޭންޑީގެ ރަސްގެފާނު ރާޖަސިންހަ 2 އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. މި އެއްބަސްވުމުގައި ބަޔާންވެގެންވާގޮތުން ކޭންޑީގެ ރަސްގެފާނު ޕޯޗުގީޒުންނާ ކުރާ ހަމަގުރާމައިގައި ޑަޗުންނަށް އެހިތެރިވާން ވާނެއެވެ. އަދި މީގެ ބަދަލެއްގެ ގޮތުން އެތާގެ މައިގަނޑު ވިޔަފާރި ޑަޗުންގެ އައްމައްޗަށް ދޫކޮށްލެވޭނެއެވެ. ކޭންޑީ ރައްޔިތުންނާއި ޑަޗުންގެ ކުރިމަތިލުމަށް ޕޯޗުގީޒުން ގަދަދެއްކި ނަމަވެސް އެންމެ ފަހުން ޕޯޗުގީޒުން ބަލިވެ ފަހަތަށް ޖެހެން ޖެހުނެވެ. ޑަޗުންގެ ވަރުގަދަ ހަމަލާއަކަށް ފަހު ކޮޅުނބު އަތުލީ 1656 ގައެވެ.
ޑަޗުން އަތްދަށުލީ ސަރަހައްދުތައް ފުރަތަމަ އެތާގެ ސިންގަޅަ ރަސްގެފާނަށް އަނބުރާ ހަވާލުކުރި ނަމަވެސް ފަހުން އެ ތަންތަން ހަވާލުކުރަން ޑަޗުން ދެކޮޅު ހެދިއެވެ.
އިނގިރޭސީންގެ ދުވަސްވަރު[އުނިއިތުރު ގެންނަވާ]
އިނގިރޭސިން ކޮޅުނބު ހިފީ 1796 ގައެވެ. ނަމަވެސް 1815 ގައި ކޭންޑީގެ ރަސްކަން އިނގިރޭސިންނަށް އަމާން ދިނުމާ ހަމަޔަށް އެ ތަނަކީ އިނގިރޭސިންގެ ސިފައިންގެ ކަންކަން ބަލަހައްޓާ މަރުކަޒެކެވެ. އެކަމަކު އޭގެ ފަހުން އެއީ ސިލޯނުގެ ވެރި ރަށް ކަމުގައި ހަމަޖެއްސިއެވެ. ޕޯޗތުގީޒުންނާއި ޑަޗުންނާ ޚިލާފަށް އިނގިރޭސިން އެތަން ބޭނުންކުރީ ހަމަ އެކަނި ސިފައިންގެ މަރުކަޒަކަށް ނޫނެވެ. އެތާގައި އެމީހުން ގެދޮރު އިމާރާތްކޮށް މީހުން އާބާދުކޮށް ކޮޅުނބު ތަރައްޤީ ކުރިއެވެ.
އިނގިރޭސިންގެ ފަރާތުން އެތާގެ އިދާރީ ހިންގުން ބެލެހެއްޓުމަށް ފުރަތަމަ އައްޔަން ކުރެވުނީ ޖޯން މެކްޑްވެލް އެވެ.
މިނިވަންވުމަށް ފަހު[އުނިއިތުރު ގެންނަވާ]
އިނގިރޭސިންގެ ފުށުން ސިލޯނު މިނިވަންވީ 1948 ގައެވެ. އަޅުވެތިކަމުގައި ވީ ދުސްތައް ދިގުކަމާ ހުރެ، މިނިވަންކަން ލިބުމާ ހަމައަށް މިތަނގެ މީހުންނާއި ތަންތަނާއި ކަންކަމަށް އައި ބަދަލުތައް ގިނައެވެ. އޭރު ވަނީ މުޅިން އާ ސަގާފަތެއްގެ މޫ ލާން ފަށާފައެވެ. އެތަނުގެ ސަގާފަތާއި، ހެދުންއެޅުމާއި ދީނަށް އައި ބަދަލުތައް އެއީ އިސްތިއުމާރުގެ އަސަރުތަކެވެ. މިހާރުވެސް ކޮޅުނބުގެ ބިނާތަކާއި، މީހުންގެ ވައްޓަފާޅިއާއި، ވާހަކަދައްކާ ބަހުގައި ޕޯޗުގީޒް، ޑަޗް އަދި އިނގިރޭސި އަސަރުތައް ނުފިލާ ވެއެވެ. ކޮޅުނބު ފާހަގަކުރެވެނީ އަވައްޓެރި އެހެން ގައުމުތަކަށް ވުރެ ޒަމާނީ ތަހުޒީބީ އަވަށެއްގެ ގޮތުގައެވެ.
1980 ގެ އަހަރުތަކކުގައި ކޮޅުނބަށް ވެރިރަށުގެ ޝަރަފް ގެއްލުނަސް، މިހާރުވެސް އެ ތަނަކީ ސިލޯނުގެ ވިޔަފާރި މައި މަރުކަޒެވެ. ވެރިރަށް ޖެހިގެން އޮތް ސިރީ ޖަޔަވަރުދަނަޕޫރާ ކޮއްޓޭ އަށް ބަދަލުވި ކަމުގައި ވިޔަސް، ގިނަ ގައުމުތަކުގެ ހާރިޖީ ކަންކަން އަދިވެސް ނިންމަނީ ކޮޅުނބުންނެވެ.
ޖޯގްރަފީއާއި މޫސުން[އުނިއިތުރު ގެންނަވާ]
މިތާގައި ފެނުގެ ކުޅިއާއި ކޯރު ވެއެވެ. އަވަށުގެ މެދުގައި ވާ 65 ހެކްޓަރ ގެ ބޭރާ ލޭކް އެއީ ކޮޅުބުގެ އެންމެ ފާހަގަކުރެވޭ އެއް ތަނެވެ. ކޮޅުނބުގެ އުތުރު އަދި އިރު އުތުރު ސަރަހައްދު ވަކިކުރެވިފައި ވަނީ ކެލަނި ކޯރުންނެވެ.
މިތަނުގެ ފިނިހޫނުމިން ދެވަރުނުވެ މުޅި އަހަރުގައި އެއްވަރެއްގައި ހިފަހައްޓައެވެ. މާޗުން އެޕްރީލަށް ފިނިހޫނު މިނަކީ 31 ޑިގްރީ އެވެ. މޫސުމަށް ބޮޑު ބަދަލެއް އަންނަނީ މޮންސޫން ދުވަސްވަރުއެވެ. އެއީ މެއި އިން އޮގަސްޓަށް އަދި އޮކްޓޫބަރުން ޖެނުއަރީ އަށެވެ. މި ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހުން އެކަށީގެން ވެއެވެ. އަހަރަކަށް އެވްރެޖްކޮށް ވެހެނީ 2400 މިލިލީޓަރުގެ ވާރޭ އެވެ.
ޑިމޯގްރެފީ[އުނިއިތުރު ގެންނަވާ]

މިއީ އެކި ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަހައްދެކެވެ. މިތަނުގެ އާބާދީގައި އެކުލެވިގެންވަނީ ސިންގަޅައިންނާއި ތަމަޅައިންނާއި މޫސް ދަރިކޮލުގެ މީހުންނެވެ. މީގެ އިތުރަށްވެސް ޗައިނާ، ޕޯޗްގީޒް، ޑަޗް، މެލޭ އަދި އިންޑިޔާ ދަރިކޮޅު ހިމެނެއެވެ. ކޮޅުނބުގައި ދިރިއުޅޭ 642163 މީހުންގެ އާބާދީ އަކީ އޮޅުދޫކަރައިގެ އަވަށެއްގެ އެންމެ ބޮޑު އާބާދީއެވެ. 2001 ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން ކޮޅުނބުގެ އާބާދީ ބެހިފައިވާ ގޮތް ތިރީގައި މިވަނީ އެވެ.
# | ދަރިކޮޅު | އާބާދީ | ޖުމުލައިގެ އިންސައްތަ |
---|---|---|---|
1 | ސިންގަޅަ | 265,657 | 41.36 |
2 | ތަމަޅަ | 185,672 | 28.91 |
3 | Moors | 153,299 | 23.87 |
4 | އިންޑިޔާގެ ތަމަޅަ | 13,968 | 2.17 |
5 | މެލޭ | 11,149 | 1.73 |
6 | Burghers | 5,273 | 0.82 |
7 | Sri Lankan Chetty | 740 | 0.11 |
8 | Bharatha | 471 | 0.07 |
9 | އެހެނިހެން | 5,934 | 0.96 |
10 | Total | 642,163 | 100 |
ސަރުކާރު އަދި ސިޔާސަތު[އުނިއިތުރު ގެންނަވާ]
ލޯކަލް ގަވަރްމެންޓް[އުނިއިތުރު ގެންނަވާ]
މިތާގައި އޮންނަނީ މޭޔަރ ކައުންސިލް އެއް އޮވެފައި ޗާޓާ ސިޓީ ނިޒާމެކެވެ. މޭޔަރ އަދި ކައުންސިލް މެންބަރުން އިންތިހާބު ކުރަނީ ކޮންމެ 5 އަހަރަކުން އޮންނަ އާއްމު އިންތިހާބަކުންނެވެ. ފާއިތުވި 50 އަހަރު ވެރިކަން ކުރީ ޔުނައިޓެޑް ނޭޝަނަލް ޕާޓީން ނެވެ.
ސަރަހައްދީ ސަރަކުކާރުން ނަރުދަމާއާއި، މަގުހެދުމާއި، ކުނި ނައްތާލުން ފަދަ ހިދުމަތްތައް ފޯރުކޮށްދެއެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
އޮޅުދޫކަރައިގެ އެކި އެކި މަސައްކަތްތައްތައް ކުރާ ވަރަށް ގިނަ ކުންފުނިތަކުގެ މައި އޮފީސް ހިންގަނީ ކޮޅުނބުގައެވެ. އޭގެ ތެރޭގައި ގޭސް، ސިމެންތި، ފޮތި،ގަހަނާ ފަދަ ދާއިރާތަކުގެ ކުންފުނިތައް ހިމެނެއެވެ. ކޮޅުނބުގެ މެދެއްހާ ހިސާބުގައި ހުންނަ ވިޔަފާރި މަރުކަޒު، ވޯލްޑް ޓްރޭޑް ސެންޓަރ އިމާރާތް މިއީ ވިޔަފާރީގެ މުހިއްމު މުއާމަލާތްތައް ކުރެވޭ މައި މަރުކަޒެވެ. ކޮޅުބުގެ މެދުގައި، ފޯޓް ޑިސްޓްރިކްޓް ގައި ހުންނަ 40 ބުރީގެ މި ވިޔަފާރި އެކުވެންޏަކީ ހުރިހައި ވިޔަފާރިތަކގެ މައި މަރުކަޒެވެ. ފޯޓް ޑިސްޓްރިކްޓް އާއި ޖެހިގެން ބޭރަށް އޮންނަނީ ޕެޓާ އެވެ.
ޕެޓާ އަކީ ފޯޓް ސަރަހައްދަށް ވުރެ މާ މީސްގިނަ އަވަށެކެވެ. ޕެޓާގެ މަގުތަކުގެ ދުވާރުތައް އަބަދުވެސް އޮންނާނީ ސަރުބަތުން ފެށިގެން އަންނައުނަށް، އެކި ވައްތަރުގެ އެއްޗެހި ވިއްކާ މަގުމަތީފިހާރަތަކުން ފުރިފައެވެ. އެތާގެ މައި މަގުގައި ފޮތި ފިހާރަތައް ހުންނައިރު ހުރަހަށް ހުންނަ ގޯޅިތައް ވަނީ އެކި ވިޔަފާރިތަކަށް ހާއްސަކުރެވިފައެވެ. މިސާލަކަށް އެއްވަނަ ގޯޅީގައި ވިއްކާނީ ކަރަންޓު ސާމާނެވެ. މި ހިސާބުގެ ގިނަ ވިޔަފާރި ހިފަހައްޓަނީ މުސްލިމު ވިޔަފާރިވެރިން ނެވެ. މި މައިމަގު ނިމޭ ހިސާބުގައި ދެން އޮންނަނީ ސީ ސްޓްރީޓް (ކަނޑު މަގު) އެވެ. އެއީ ގަހަނާ ބާޒާރެވެ. މައިގަނޑު ގޮތެއްގައި މި ވިޔަފާރީގައި ހަރަކާތްތެރިވަނީ ތަމަޅައިންނެވެ. މޭލެއްހައި ދިގު މި މަގުގައި ފުނިޖެހިފައި އޮންނާނީ އެކިވައްތަރުގެ ގަހަނާ އެވެ.
ކުށްކުރުން އަދި ޤާނޫނު ތަންފީޒުކުރުން[އުނިއިތުރު ގެންނަވާ]
ގާނޫނު ތަންފީޒުކުރުމުގެ މުހިއްމު ދައުރު އަދާކުރާ ފުލުހުން މަސައްކަތް ކުރަނީ ސަރަހައްދުތަކުގެ މުނިސިޕަލް ކައުންސިލްތަކާ ގުޅިގެން އެކަމަކު މަރުކަޒީ ސިފައިންގެ ދަށުންނެވެ. ފުލުހުންގެ ފަރާތުން އެކިއެކި ކަންކަން ބެލެހެއްޓުމަށް އިސްކޮށް ހަރަކާތްތެރިވަނީ ޑެޕިއުޓީ އިނިސްޕެކްޓަރ ޖެނެރަލް އެވެ. ޖިނާއީ ކުށާއި މަދަނީ މައްސަލަތައް ވަކިން ބެލުމަށް ކޯޓު ހެދިފައި ހުންނަނީ ވަކިންނެވެ.
އެހެންވެސް ބޮޑެތި އަވައްތަކެކޭ އެއްގޮތަށް ކޮޅުނބުގައިވެސް މަގުމަތީގެ ކުށްކުށާއި ވައްކަންކުރުން ހިނގައެވެ. މީގެ އިތުރުން 1980 އިންސުރެ ޓެރަރިޒަމްގެ ބޮޑެތި ޖަރީމާ ހިނގަމުން އައިސްފައި ވެއެވެ. ޓެރެރިޒަމްގެ މި އަމަލުތައް ގުޅިފައިވަނީ އެލް ޓީ ޓީ އީ އާއެވެ. ވެލިކަޑަ ޖަލު ހުންނަނީ ކޮޅުބުގައެވެ. އަދި މިއީ ގައުމުގެ އެންމެ ބެލެހެއްޓުން ވަރުގަދަ ޖަލެވެ.
އިންފްރާސްޓްރަކްޗަރ[އުނިއިތުރު ގެންނަވާ]
ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަ ގިނަ ފަސޭހަތައް ކޮޅުނބުގައި ލިބެން ހުރެއެވެ. އޮޅުދޫކަރައިގެ މައިގަނޑު ހުރިހައި ވިޔަފާރިއެއް ހެންމެ މިތަނުގައި ހިންގައެވެ. މީގެ އިތުރުން ވައި-ފައި ހިދުމަތް މި ސަރަހައްދުން ލިބޭނެއެވެ. ދާދި ފަހަކުން، ބިމުގެ އަގު ބޮޑުވުމުގެ ސަބަބުން އެއްމެދުއިމާރާތް ބޭނުންވާ މީހުންގެ އަދަދު ވަނީ ބަރަށް ބޮޑަށް އިތުރުވެފައެވެ.
ބަނދަރު[އުނިއިތުރު ގެންނަވާ]
ގައުމުގެ އެންމެ ބޮޑު ބަނދަރު އޮންނަނީ މި އަވަށުގައެވެ. އިސްތިއުމާރީންގެ ދުވަސްވަރުން ފެށިގެން ހެދިފައިވާ، އަދި އެކި ފަހަރުމަތިން ބޮޑުކުރެވިފައިވާ ކޮޅުނބު ބަނދަރު، އެއީ ގުދުރަތީ ބަދަރެއް ނޫނެވެ.
ދަތުރުފަތުރު[އުނިއިތުރު ގެންނަވާ]
ބަހުގއި ދަތުރު ކުރެވޭ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް ކޮޅުބުގައި ގާއިމްވެފައި ވެއެވެ. ސަރުކާރާއި އަމިއްލަ ބަސް ހިމެނޭގޮތަށް ގުޅާލެވިފައިވާ ނިޒާމު ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް ބޯޑުންނެވެ. ރޭލު ދަތުރު ކުރަނީ މައިގަނޑު ގޮތެއްގައި ސިޓީން ސިޓީ އަށެވެ. އެހެންކަމުން ސިޓީ ތެރޭގައި ރޭލުގައި ދަތުރު ކުރުން އުނދަގޫ ވާނެއެވެ. މީގެ އިތުރުން ރޭލުތައް އޮންނަނީ މީހުންނައިގެން ފުރިފައެވެ. މީގެ އިތުރުން ރިކްޝޯ (ދިވެހިން އާއްމުކޮށް ކިޔާނީ ކޮރޮޅި)އާއި ޓެކްސީ ގއި ދަތުރު ކުރެވޭނެ އިންތިޒާމު ވެއެވެ.
ތައުލީމް[އުނިއިތުރު ގެންނަވާ]
ތައުލީމު ފެތުރުމުގެ މުއައްސަސާތައް ކޮޅުބުގައި ގާއިމްވިތާ ވަރަށް ޒަމާން ވެއްޖެއެވެ. ގައުމުގެ އެންމެ އިތުބާރުހިފޭ ތައުލީމުދޭ އިދާރާތައް ގާއިމްވެފައި ހުރީ ކޮޅުނބުގައެވެ. އޭގެ ތެރެއިން ބައެއް ތަންތަނަކީ ސަރުކާރު ގެ ތަންތަނެވެ. އަނެއްބައި ތަންތަނަކީ އަމިއްލަ ތަންތަނެވެ. މަޝްހޫރު މަދަރުސާތައް ގާއިމްވެފައި ވަނީ 1800 ގެ ތެރޭގައެވެ. މިފަދަ އެއް ތަން ކަމުގައިވާ ރޯޔަލް ކޮލެޖް ކޮލޮމްބޯ އުފެދުނީ 1835 ގައެވެ. ރަށްފުށުގެ މަދަރުސާތައް ވަނީ ދީންތަކާ ގުޅިފައެވެ. އެއީ އިނގިރޭސީންގެ އިސްތިއުމާރުގެ ދުވަސްވަރު އީސާއީ ދީން ފެތުރުމަށް ބާރުއެޅުމުގެ ސަބަބުންނެވެ. އޭގެ ތެރޭގައި އިނގިރޭސި އިސާއީ ދީނުގެ ބިޝޮޕް ކޮލެޖް، ބުދުދީނުގެ އާނަންދަ ކޮލެޖް، މުސްލިމުންގެ ޒާހިރާ ކޮލެޖް އަދި ކެތޮލިކްގެ ސެއިންޓް ޖޯސެފް ކޮލެޖް ހިމެނެއެވެ.
ކޮޅުބުގައި މަތީ ތައުލީމު ދިނުމުގެ ދިގު ތާރިހެއް ވެއެވެ. ކޮޅުނބު މެޑިކަލް ކޮލެޖް (1870)، ކޮޅުނބު ލޯ ކޮލެޖް (1875)، ސްކޫލް އޮފް އެގްރިކަލްޗަރ (1884) އަދި ގަވަމެންޓް ޓެކްނިކަލް ކޮލެޖް (1893) އުފެދުމާ ހަމައިން މި ތާރީހު ދެމިގެން އައިސްފައި ވެއެވެ. ޔުނިވާސިޓީގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން 1913 ގައި ޔުނިވާސިޓީ ކޮލެޖް ކޮލޮމްބޯ އުފެދި އެތަނުގެ ދަރިވަރުން ލަންޑަން ޔުނިވާސިޓީގެ އިމްތިހަނުގައި ބައިވެރިވާން ފެށުނެވެ. އަދި އޭގެ ފަހުން ޔުނިވާސިޓީ އޮފް ސިލޯން އުފެދުނެވެ. މިހާރު ޔުނިވާސިޓީ އޮފް ކޮލަމްބޯ އަދި ޔުނިވާސިޓީ އޮފް ވިޒުއަލް އެންޑް ޕާފޯމިން އާޓްސް އަކީ ސަރުކާރުގެ ޔުނިވަސިޓީ ތަކެވެ. މީގެ އިތުރުން އެތައް ބައިވަރު އަމިއްލަ ތައުލީމީ އިދާރާތައް ކޮޅުނބުގައި ދަނީ ހިނގަމުންނެވެ.
އިމާރާތްކުރުމުގެ ފަންނު[އުނިއިތުރު ގެންނަވާ]
ޘަޤާފަތް[އުނިއިތުރު ގެންނަވާ]
އިތުރު ފާލަން[އުނިއިތުރު ގެންނަވާ]
- ↑ "Britannica World Data". 1 March 2014. Encyclopedia Britannica 2014, pp726. Retrieved 22 March 2015.
- ↑ "A6 : Population by ethnicity and district according to Divisional Secretary's Division, 2012". Census of Population & Housing, 2011. Department of Census & Statistics, Sri Lanka.