Jump to content

ސިންގަޅަ ދަރިކޮޅު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިންގަޅައިން ނަކީ އޮޅުދޫރައިގެ މައި ވަޒަންވެރިން ނެވެ. އެތާގެ މުޅި އާބާދީގެ 74% އަކީ ސިންގަޅައިންނެވެ. އެމީހުން ވާހަކަދައްކަނީ ސިންގަޅަބަހުން ނެވެ. 14 މިލިޔަން މީހުން ވާހަކަދައްކާ، ސިންގަޅަބަހަކީ އިންޑޯ އާރިޔަން އާއިލާގެ ބަހެކެވެ.

ނަމުގެ އަސްލު

[އުނިއިތުރު ގެންނަވާ]

ސިންގަޅަ މިއީ ސިންގާ ދަރިކޮޅު މީހުންނެވެ. ސިންގަޅަ ދަރިކޮޅު ފެށުނު ކަމަށް ބުނަނީ ވަލީއަހުދު ވިޖަޔާ އާ ހިސާބުންނެވެ. އޮޅުދޫކަރައިގެ ގަދީމީ ތާރީހު ބުނާގޮތުން އެތާގައި ވެރިކަން ކުރަނީ ސިންގާ ދަރިކޮޅުންނެވެ. ސިންގަޅަ މި ބަހުގެ ފެށުން ގުޅެނީ މި ދެންނެވި ސިންގާ ދަރިކޮޅާ އެވެ.

ޖޯގުރަފީ ގޮތުން ބެހިފައިވާ ގޮތް

[އުނިއިތުރު ގެންނަވާ]

އޮޅުދޫ ކަރައިގައި ގިނަ ސިންގަޅައިން އާއްމުކޮށް ދިރިއުޅެނީ އެތާގެ ދެކުނާއި މެދުތެރެއާއި ހުޅަނގު ސަރަހައްދުތަކުގައެވެ.

މީގެ އިތުރުން ސިންގަޅައިން އެތައް ގައުމަކަށް ހިގުރަ ކޮށް އެތަންތާގައި ދިރި އުޅެއެވެ. އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާ، އެމެރިކާ އަދި ކެނެޑާގައި މަދުމަދުން ސިންގަޅައިން އާބާދުވެ އުޅެއެވެ. އަދި އާމްދަނީ ހޯދުމުގެ ބޭނުމުގައި އެމީހުން އެކި އެކި ގައުމުތަކަށް ހިޖުރަކޮށްފައި ވެއެވެ.

އިންޑިޔާގެ ތާރީހީ އެކި އެކި ވާހަކަތައް ލިޔެވިފައިވާ ސަންސްކުރިތް ލިޔުންތަކުގައި ލަންކާގެ ރަސްކަލުންނާއި މީހުންގެ ވާހަކަތައް އަދި ހަނގުރާމައިގެ ވާހަކަ ލިޔެވިފައި ވެއެވެ. ލަންކާ އިޝާރާތްކުރަނީ މިހާރުގެ އޮޅުދޫކަރަ (ސްރޯ ލަންކާ) އަށެވެ.

ކިޔެމުން އަންނަ ވާހަކަތަކުގައި ބަޔާންވެފައި ވާ ގޮތުން އޮޅުދޫކައިގެ ވަޒަންވެރިންނަކީ މީލާދުގެ ކުރީގެ 543 އާއި 483 އާއި ދެމެދުގެ ދުވަސްވަރެއްގައި އަރުވާލެވުނު ވަލީއަހުދު ވިޖަޔާގެ ފުށުން އައި މީހުންނެވެ. ވިޖަޔާ އަރުވާލީ އިންޑިޔާގެ ހުޅަނގު އުތުރުގައި އޭރު އޮތް ސިންހަޕޫރާ ރަސްކަމުގެ ފަރާތުންނެވެ. ބުޑިސްޓް ސިންގަޅައިންގެ ރަސްމީ ތާރީހު ފަތްފުށްތައް ކަމަށްވާ، ޕާލީ ބަހުން ލިޔެވިފައިވާ މަހަވަމްސާގައި ވާގޮތުން ވިޖަޔާ އެތާގައި ވަޒަންވެރިވީ މީލާދުގެ 400 އަހަރު ކުރިންނެވެ. މި ލިޔުންތަކުގައި އެތާގެ ވަރުގަދަ އަނުރާދަޕޫރާ ގެ ވެރިކަމާއި ޕޮލޮނަރުވާގެ ވާހަކަތައް ލިޔެފައި ވެއެވެ. ހަނޑޫދަނޑުތަކާއި ހަނޑޫކޮށަރުތަކުގެ ވާހަކަ މަހަވަމްސާގައި ވުމުން އަންގައިދެނީ އޭރުގެ ސިންގަޅައިންގެ ކުރިއަރާފައިވާ ރަށްވެހި ކަމެވެ. ދޫދޫމަތިން ކިޔެމުން އަންނަ ވާހަކަތަކުގައި ސިންގާ ދަރިކޮޅަށް ވުރެ ކުރިޔަށް އެމީހުންގެ ރަސްކަން ހިނގާފައިވާ ކަމަށް ކިޔައެވެ. އޭގެތެރޭގައި މަނު، ތަރަކަ، މަހަބަލި އަދި ރާވަނަ ފަދަ ރަސްކަލުން ހިމެނެއެވެ. އަދި ސިންގަޅައިން ވަނީ ދިވެހިރާއްޖެ އާއި މޮރިޝަސް ފަދަ ގައުމުތަކަށް ފެތުރިފައެވެ.

ފަހުގެ ތާރީހު

[އުނިއިތުރު ގެންނަވާ]

ސިންގަޅައިން ފާހަގަކުރެވިފައިވަނީ ސިންގަޅަ ބަހުން ވާހަކަ ދައްކާ ބުދު ދީނުގެ އަހުލުވެރި ބައެއްގެ ގޮތުގައެވެ. މި ތަފާތުތަކާ ހުރެ އެ ގައުމުގެ "މަދު ރައްޔިރުން" ކަމަށްވާ ތަމަޅައިންނާއި ގުޅުން ކުޑަވެ، ދުރުވެފައި ވެއެވެ.

ސިއްހީ ކަންކަން ރަނގަޅުކުރެވިފައި ވާތީ މިހާރު މީހުންގެ އެވްރެޖް އުމުރަކީ 72 އެވެ. އަންހެނުންނަށް މިނިވަންކަން ދެވިފައިވާތީ އެކި ކަންކަމުގައި އެމީހުންގެ ބައިވެރިވުން ބޮޑެވެ. އަންހެނުންގެ ތެރެއިން ސިޔާސީ އިސްސަފުގައި، ކުރީގެ ބޮޑު ވަޒީރު ސްރިމާވޯ ބަންޏާރަނައިކެ އަދި ރައީސް ޗަންދުރިކާ ކުމާރަތޫންގަ ހިމެނެއެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު އާބާދީ ކުރިޔަށް ދާ ނިސްބަތް ވަނީ މަޑުޖެހިފައެވެ.

ސިންގަޅައިންގެ ސަގާފަތުގެ ތެރޭގައި ބޯދާ ގަބޫލުކުރުންތަކާއި އުޅުންތައް އެކުލެވިފައި ވެއެވެ. އެމީހުންގެ ތެރެއިން އެކިއެކި މަސައްކަތްތެރިން މަސައްކަތް ކުރާއިރު ފޯރީގެ ލަވަ ކިޔާ އުޅެއެވެ. ބުދު ދީނުގެ އެކިއެކި ހަފްލާތައް ފާހަގަކުރެވެނީ އެމީހުގެ އަމިއްލަ މިއުޒިކާ އެކުއެވެ. ކުރީ ޒަމާނުގެ މިކަހަލަ ބައެއް ހަރަކާތްތައް މިހާރު ކުޅިބަލާމީހުންގެ ހާޒިރުގައި ކޮށްވެސް އުޅެއެވެ.

އެމީހުންގެ ތެރޭގައި އެންމެ ހިނގާ މިއުޒިކު ފެށިގެން އައީ 1930 ގެ ފަހުކޮޅުގައި ނުވަތަ 1940 ގެ ކުރީކޮޅު ހިސާބުގައި އަމަންދާ ސަމަރަކޫން ގެ މަސައްކަތުންނެވެ. އޭނާގެ ފަހަތުން އަމަރަދޭވަ، ނަންދަ މާލިނީ އަދި ވިކްޓާ ރަތަނަޔަކަ ފަދަ އެތައް މިއުޒިކު އުފެއްދުންތެރިން ހިނގަމުން ގެންދިޔައެވެ.

ސިންގަޅަ ދަރިކޮޅު މީހުން ވާހަކަދައްކަނީ ސިންގަޅަ ބަހުންނެވެ. މިއީ މީލާދީން 5 ވަނަ ގަރުނުގައި އިރު އުތުރު އިންޑިޔާ އިން އައިސް ވަޒަންވެރިވި ދަރިކޮޅު ވާހަކަދައްކާ، އިނޑޯ އާރިޔަން އާއިލާއަށް ނިސްބަތްވާ ބަހެކެވެ. އޭގެ ފަހުން ސިންގަޅަ ބަސް ތަރައްގީ ވަމުން އައީ އިންޑޯ އާރިޔަން އާއިލާގެ އެހެން ބަސް ބަހާ ތަފާތުކޮށެވެ. ސަބަބަކީ އެ އާއިލާގެ އެހެން ބަސްބަހާ އޮތް ގުޅުން ކުޑަވުމެވެ. މީގެ އިތުރުން ސިންގަޅަ ބަހަށް އެހެނިހެން ބަސްބަހުގެ ނުފޫޒު ވަނީ ފޯރާފައެވެ. އޭގެތެރޭގައި ބުދުދީނުގެ މީހުންގެ މެދުގައި ހާއްސަ އިހުތިރާމެއް ދެވިފައިވާ ޕާލީބަހާއި ސަންސްކްރިތް ހިމެނެއެވެ. މީގެ އިތުރުން ދެކުނު އިންޑިޔާގެ ދުރެވިދިޔަން ބަސްތަކުގެ އަސަރާއި އިސްތިއުމާރީ ބާރުތަކުގެ ބަސްތައް ކަމުގައިވާ ޕޯޗްގީޒު، ޑަޗް އަދި އިނގިރޭސި ބަހުގެ އަސަރު މިބަހުން ފާހަގަކުރެވެއެވެ. 2009 ވަނަ އަހަރު އެންމެ އުފެއްދުންތެރި ބަހެއްގެ ގޮތުގައި ފާހަގަކުރެވުނީ ސިންގަޅަ ބަހެވެ.

އަދަބިއްޔާތު

[އުނިއިތުރު ގެންނަވާ]

ސިންގަޅައިންގެ އެންމެ މުސްކުޅި ލިޔުމަކީ މަހަވަމްސަ އާއި ޗޫލަވަމްސަ އެވެ. ސިންގަޅައިންނަކީ މައިގަނޑު ގޮތެއްގައި ބުދުދީނުގެ ބަޔަކަށް ވުމުގެ ސަބަބުން އޮޅުދޫކަރަ އަކީ ބުދު ދީނުގެ އިލްމީ ހަރަކާތުގެ މަރުކަޒަކަށް ވިއެވެ.

މިހާރުވެސް ސިންގަޅައިންގެ ފުލޯކު ވާހަކަ ކުޑަކުދިންނަށް ކިޔައިދީ އުޅެއެވެ.

ސިގަޅައިންގެ ސަގާފީ ހެދުމަކީ މުންޑެވެ. ފިރިހެނުން މުންޑާ އެކު ގަމީސް ލައި އުޅެއެވެ. އަންހެނުން ލަނީ ގަޔަށް ބާރު އަތްކުރު ހެދުމެކެވެ. ބޮޑެތި އާބާދީތައް އޮންނަ ހިސާބުތަކުގެ މީހުން މިހާރު ލައި އުޅެނީ ހުޅަނގުގެ އަންނައުނެވެ.

މައިގަނޑު ގޮތެއްގައި ސިންގަޅައިންގެ ދީނަކީ ބުދު ދީނެވެ. ގިނަ ސިންގަޅައިންނަކީ އެދީނުގެ ތެރަވަދަ މަޒުހަބުގެ މީހުންނެވެ. 1988 ވަނަ އަހަރާ ހަމަޔަށް ސިންގަޅަބަހުން ވާހަކަދައްކާ %93 މީހުންނަކީ ބުދު ދީނުގެ އަހުލުވެރިންނެވެ. ބުދު ދީނުގައި ހިންދީ ދީނުގެ ބައެއް ސިފަތަކާއި، އެއި އެކި ކަލާނގެ އާއި ދެވިތައް ގަބޫލުކުރުން އޮވެއެވެ. ސިންގަޅައިން ހިނދީންގެ ވިސްނޫ ކަލާނގެއަށް ވެސް އަޅުކަން ކުރެއެވެ. އެއީ އެ ކަލާނގެ ބުދުދީނާއި އެމީހުންގެ ރަށް ރައްކާތެރިކޮށްދިނީތީއެވެ.

މީގެ އިތުރުން އޮޅުދޫކަރައިގެ އައްސޭރިފަށުގައި ސަލީބީންގެ ޖަމާއަތްތައް ފެށިފައި ވެއެވެ. ސަލީބީ ދީން އޮޅުދޫ ކަރައަށް ގެނައީ ޕޯޗުގީޒުން، ޑަޗުން އަދި އިނގިރޭސިންނެވެ.

ސިންގަޅައިންގެ މެދުގައި ދީނަށް ހާއްސަކަމެއް ދީފައި ވެއެވެ. 2008 ވަނަ އަހަރު ނެގުނު ހިޔާލުހޯދުމުގެ ސާވޭ އަކުން ދައްކާ ގޮތުގައި %99 ސިންގަޅައިން ގަބޫލުކުރާ ގޮތުގައި ދީނަކީ އެމީހުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާ އެކުލެވިފައިވާ މުހިއްމު ކަމެކެވެ.

ލިޔަން ކިޔަން ދަތުމާއި އުނގަންނައިދިނުމުގެ ދިގު ތާރީހެއް ސިންގަޅައިންގެ މެދުގައި ވެއެވެ. އެމީހުންގެ ލިޔެ ކިޔުމުގެ އިރުޝާދުތަކުގެ ހެކި އިސާގެފާނު އުފަންވުމުގެ ކުރިއަށް ފެންނަން އެބަ ހުއްޓެވެ. އެންމެ ކުރީގައި އުނގަންނައިދީފައި ވަނީ ދީން ކުރިއެރުވުމުގެ ބޭނުމުގައެވެ. މީގެ އިތުރުން އެކިއެކި ހުނަރުތަކާއި މުދަލުގެ ހިސާބު ބެލެހެއްޓުން އުނގަންނައިދީފާ ވާކަމުގެ ރެކޯޑްތައް ފާހަގަ ކުރެވިފައި ވެއެވެ.

އަދި އިމާރާތްކުރުން ފަދަ ހުނަރުތައް ގޭތެރޭގެ ކިޔަވައިދިނުމުން، އެއް ޖީލުން އަނެއް ޖީލަށް ވާސިލްވެފައި ވެއެވެ.

1901 ވަނަ އަހަރާ ހަމައަށް އައި އިރު އުތުރާއި ދެކުނުގައި މަދަރުސާތައް އުފެދިއްޖެއެވެ. އެހެން ނަމަވެސް މެދުތެރޭގެ ހިސާބުތައް ތިބީ ތަންކޮޅެއް ފަހަތުގައެވެ. ހަމަ އެހެންމެ، ފީ ނެގުމާއި، ފަރުސަތު މަދުވުމުގެ ސަބަބުން އިނގިރޭސި ތައުލީމަށް ވަދެވޭ ކުދިންގެ އަދަދު ވަރަށް މަދެވެ.

ބަންދު ދުވަސްތައް

[އުނިއިތުރު ގެންނަވާ]

އެޕްރީމް މަހުގެ 14 ވަނަ ދުވަސް އެއީ އައު އަހަރުގެ ގޮތުގައި ޒަމާނުއްސުރެ ފާގަކުރާ ދުވަހެވެ.