Jump to content

ކުޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކުޅުބޭރުކުރާ ގޮށްތައް ދައްކައިދޭ ކުރެހުމެއް

ކުޅު ނުވަތަ (އިނގިރޭސި ބަހުން: Saliva) އަކީ އަނގައިގެ ތެރޭގައި ހުންނަ ކުޅުބޭރުކުރާ ގޮށް ތަކުން އުފައްދައި ދޫކުރާ ދިޔައެކެވެ. އެވްރެޖް ގޮތެއްގައި ޞިއްޙަތު ސަލާމަތުން ހުރި މީހެއްނަމަ ދުވާލަކު 700 މިލިލީޓަރުގެ ކުޅު އުފައްދައި ބޭރުކުރާ ކަމަށްވެއެވެ. ކުޅުގެ 98 އިންސައްތަ އަކީ ފެނެވެ. ބާކީ 2 އިންސައްތައިގެ ތެރޭގައި ތަފާތު މަޢުދަންތަކާއި، ދަވަ، އަދި ޖަރާސީމްތައް ނެތިކޮށްލާ މާއްދާތަކާއި، އެންޒައިމް ތައް ހުރެއެވެ.