ކަށި ބުރޮޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ފައިލު:Acornshell2.JPG
ކަށި ބުރޮޅި

ކަށި ބުރޮޅި (ސައިންޓިފިކް ނަން: Quercus)ނުވަތަ (އިނގިރޭސި ބަހުން: oak،acorn)އަކީ ބޭހަށް ބޭނުންކުރާ އެއްޗެކެވެ. މިއީ ހިކި އުނިއޮށެއް ހެން އޮންނަ އެއްޗެކެވެ. މީގެ ބޭރުގައި ކަށިއުންތަކެއް ފަޅައިފައި ހުރެއެވެ. ކަށި ބުރޮޅީގެ ދިގުމިނުގައި 6-1 ސެންޓި މީޓަރުވަރު ހުރެއެވެ. އަދި ފުޅާ މިނުގައި 4 ސެންޓި މީޓަރު ވަރުހުރެއެވެ. ކަށި ބުރޮޅި ގަސް ގައި މޭވާ ކަށި ބުރޮޅި ހުންނަ މޭވާ ގަހުގައި އެޅުމަށްފަހު ދޮންވެ ފައްކާވުމަށް 24-6 މަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

ކަށި ބުރޮޅީގެ ތަފާތު ވައްތަރުތައް ހުންނަކަމަށް ވެއެވެ. ކަށި ބުރޮޅީގެ ވައްތަރުތަކުގައި ކާބޯހައިޑްރޭޓް، ފެޓް އަދި ޕްރޮޓީން އެކުލެވިގެން ވެއެވެ. މީގެ އިތުރުން ކެލްސިއަމް، ޕޮޓޭސިއަމް، ފޮސްފަރަސް، އަދި ނިއެސިން އެކުލެވިގެން ވެއެވެ.