ބޮސްނިޔާ އެންޑް ހެރްޒިގޮވީނާ
ގައުމީ ސަލާމް: Državna himna Bosne i Hercegovine The National Anthem of Bosnia and Herzegovina | |
ވެރިރަށް and largest city | Sarajevo |
ރަސްމީ ބަސްތައް | Bosnian/Croatian/Serbian |
ނަސްލު ގުރޫޕުތައް | 51% Bosniak 37% Serb 12% Croat[1] |
ޑިމޮނިމް | Bosnian |
ސަރުކާރު | Federal democratic republic[2] |
Valentin Inzko1 | |
Bakir Izetbegović2 Mladen Ivanić3 Dragan Čović4 | |
Denis Zvizdić | |
• Formed | August 29, 1189 |
• Banate established | 1154 |
1527 | |
1908 | |
• National Day | November 25, 1943 (establishing of the anti-fascist governing organ ZAVNOBIH) |
• Independence Day (from the SFR Yugoslavia) | March 1, 1992 |
• Observed | April 6, 1992 |
ސަރަޙައްދު | |
• Total | 51,129 km2 (19,741 sq mi) (127th) |
އާބާދީ | |
• 2013
population_census = 3,531,159 > population_census_year = 2013--> estimate | 4,613,414[1] (120th5) |
• Density | 902/km2 (2,336.2/sq mi) (126th5) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $30.441 billion[3] (100th) |
• ބޮލަކަށް ޖެހެނީ | $7,623[3] (92nd) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $18.469 billion[3] (99th) |
• ބޮލަކަށް ޖެހެނީ | $4,625[3] (86th) |
ޖިނީ (2007) | 30.15 medium |
އެޗްޑީއައި (2008) | 0.812 Error: Invalid HDI value (76th) |
ފައިސާ | Convertible Mark (BAM) |
ޓައިމް ޒޯން | ޔޫޓީސީ+1 (CET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+2 (CEST) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 387 |
އައިއެސްއޯ 3166 ކޯޑް | BA |
އިންޓަރނެޓް ޓީއެލްޑީ | .ba |
|
ބޮސްނިޔާ އެންޑް ހެރްޒިގޮވީނާއަކީ އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. ކުރުކޮށް މި ޤައުުމަށް ކިޔާ ނަމަކީ ބޮސްނިޔާއެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ބޮސްނިޔާގެ ރަސްމީ ބަހަކީ ބޮސްނިޔަން ބަހާއި ކްރޮއޭޝިޔަން ބަހާއި ސާބިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބޮސްނިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސަރަޔޭވޯއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. ބޮސްނިޔާއަކީ ފެޑެރަލް ދިމިޤްރާޠީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 3 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 126 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 51129 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ba. އެވެ. ކޯލިން ކޯޑަކީ +387 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކޮންވަރޓިބްލް މާރކްއެވެ.
ނަން
[އުނިއިތުރު ގެންނަވާ]ބޮސްނިޔާގެ ރަސްމީ ނަމަކީ ބޮސްނިޔާ އެންޑް ހެރްޒިގޮވީނާ ކަމުގައި ވިޔަސް، މި ޤައުމަށް ބޮސްނިޔާ-ހެރްޒިގޯވީނާއޭ ވެސް އަދި ހަމަ އެކަނި ބޮސްނިޔާއޭ ވެސް ކިޔައެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ބޮސްނިޔާއަކީ އިރު ދެކުނު ޔޫރަޕުގައި ބަލްކަން ބިންދުލުގައެވެ. ބޮސްނިޔާގެ އުތުރުގައި އޮތީ ކްރޮއޭޝިޔާއެވެ. އަދި ހަމަ އެހެންމެ ހުޅަނގާއި ދެކުނުގައި ވެސް އޮތީ ކްރޮއޭޝިޔާއެވެ. އިރުމަތީގައި އޮތީ ސަރބިޔާއެވެ. އިރުދެކުނުގައި އޮތީ މޮންޓިނީގްރޯއެވެ. އެންމެ 26 ކިލޯމީޓަރު ފިޔަވައި ބޮސްނިޔާ މުޅި ބިންވަނީ ވަށާލެވިގެންނެވެ. އެހެންކަމުން މިއީ ބިންބަންދު ޤައުމެއް ކަމުގައި ނުވިޔަސް މިއީ ގާތްގަނޑަކަށް ބިންބަންދު ޤައުމެކެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]އެންމެ މަދުވެގެން ވެސް ނިއޯލިތިކް ޒަމާނުން ފެށިގެން ބޮސްނިޔާގައި މީހުން ދިރިއުޅެމުން ގެންދެއެވެ. މި ގޮތުން ބޮސްނިޔާގައި ދިރިއުޅުނު އެއް ބަޔަކީ އިލީރިޔަނުން ނަމަކަށް ކިޔާ ބައެކެވެ. މީލާދުގެ ހަތަރު ޤަރުނު ކުރީން ސެލްޓިކް ނަސްލުގެ މީހުން ހިޖުރަކުރި ކުރުން ވެސް ބޮސްނިޔާގެ ތާރީޚުން ފާހަގަކުރެވެއެވެ. އިލީރިޔަނުންނާއި ރޫމީންނާ ދެމެދު ހަމަނުޖެހުންތައް ހިނގަން ފަށާފައިވަނީ މިލާދުގެ 229 އަހަރު ކުރީންނެވެ. ރޫމީންނަށް މި ސަރަޙައްދު އެއްކޮށް އެމީހުންގެ ބާރުގެ ދަށަށް ގެނެވުނީ މީލާދީން 9 ވަނަ އަހަރުގައެވެ. ރޫމީންގެ ހަނގުރާމައިގެ ތާރީޚުގައި އެމީހުންނަށް އެންމެ އުނދަގޫ ބޮޑުވި ހަނގުރާމަތަކުގެ ތެރޭގައި ބޮސްނިޔާގައި އެމީހުން ކުރި ހަނގުރާމަ ހިމެނިފައިވެއެވެ. ދައުލަތެއްގެ ގޮތުގައި ބޮސްނިޔާ އުފަންވެފައިވަނީ 29 އޯގަސްޓް 1189 ގައެވެ. އުސްމާނީންގެ ދަށަށް ދިޔައީ 1527 ވަނަ އަހަރުގައެވެ. އޮސްޓްރޮ ހަންގޭރިޔަން އެމްޕަޔަރގެ ބަޔަކަށްވީ 1908 ވަނަ އަހަރުގައެވެ. ޔޫގޮސްލާވިޔާގެ ކިބައިން މިނިވަންކަން ލިބުނީ 1 މާރިޗު 1992 ގައެވެ. މިނިވަން ދުވަސް ފާހަގަ ކުރި ފުރަތަމަ ދުވަހަކީ 6 އެޕްރީލު 1992 އެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]ބޮސްނިޔާއަކީ ތަފާތު ތިން ނަސްލެއްގެ މީހުންނަށް ދިރިއުޅުމުގެ ގޮވަތި ފޯރުކޮށްދީފައިވާ ޤައުމެކެވެ. އެއީ ބޮސްނިޔާކް ނަސްލުގެ މީހުންނާއި ކްރޮއަތުންނާއި ސަރބުންނެވެ. އާބާދީގެ 43% އަކީ ބޮސްނިޔާކުންނެވެ. 31% އަކީ ސަރބުންނެވެ. 17% އަކީ ކުރޮއަތުންނެވެ. 6% އަކީ ޔޫގޮސްލާވް ނަސްލުގެ މީހުންނެވެ. މުސްލިމުންނަކީ ބޮސްނިޔާގެ އާބާދީގެ 45% އެވެ. ސަރބް އޮތޮޑޮކްސް މީހުންގެ އިންސައްތައަކީ 36% އެވެ. ރޯމަން ކެތަލިކް މަޒުހަބުގެ މީހުންނަކީ 15% އެވެ. ޔަހޫދީންނާއި ޕްރޮޓެސްޓުންގެ ނިސްބަތަކީ 4% އެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ބޮސްނިޔާގެ ސަގާފަތަށް ބަލާއިރުގައި ޔޫރަޕުގައި މުސްލިމް މެޖޯރިޓީއެއް އޮތް މަދު ޤައުމުތަކުގެ ތެރޭގައި ބޮސްނިޔާ ހިމެނޭ ކަމުން، ބޮސްނިޔާގެ ސަގާފަތުން މިކަންތައް ފެނެއެވެ. ކުރީން ޔޫގޮސްލޭވިޔާގެ ބައެއްގެ ގޮތުގައި އޮތުމުން، ސަރބިޔާ އަދި ރަޝިިޔާގެ އަސަރުތައް ސަގާފަތުން ފެންނަ ފަދައިން، ޔޫރަޕުގެ އެހެން ޤައުމުތަކާއި ތުރުކީގެ ސަގާފަތުގެ އަސަރު ވެސް ބޮސްނިޔާގެ ސަގާފަތުން ފެނެއެވެ. ތުރުކީގެ އަސަރު ބޮސްނިޔާގެ ސަގާފަތުން ފެނުމުގެ އެންމެ ބޮޑު ސަބަބަކީ ތުރުކީގެ އުސްމާނީ ޚިލާފަތުގެ ދަށުގައި އެތައް ޒަމާނެއް ވަންދެން ބޮސްނިޔާ އޮތުމެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ބޮސްނިޔާގެ އިޤްތިޞާދަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ޤައުމުގައި ކުރެވުނު ދިގު ހަނގުރާމައެވެ. ދެން ކުރީން މަރުކަޒީ އުޞޫލަކުން ކޮންޓްރޯލް ކުރެވިފައި އޮތް އިޤްތިޞާދު ފްރީ މާކެޓް އިކޮނޮމީއަކަށް ބަދަލުކުރުމުގެ ބުރަކަމެވެ. އެހެން ނަމަވެސް ބޮސްނިޔާއިން އަންނަނީ އިޤްތިޞާދީ ގޮތުން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 7623 ޑޮލަރެވެ.
- ↑ 1.0 1.1 Bosnia and Herzegovina – CIA World Factbook
- ↑ "Archive copy". Archived from the original on 1521142331. Retrieved 1269407133.
{{cite web}}
: Check date values in:|access-date=
and|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help)CS1 maint: archived copy as title (link) - ↑ 3.0 3.1 3.2 3.3 "Bosnia and Herzegovina". International Monetary Fund. Retrieved 2009-10-01.