ބިލެއް ކައްޓަލަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބިލެއް ކައްޓަލަ

ބިލެއް ކައްޓަލަ(ސައިންޓިފިކް ނަން: Dioscorea villosa)ނުވަތަ (އިނގިރޭސި ބަހުން: Wild yam)އަކީ ބިލެތާ ވައްތަރުގޮތަކަށް ފަތްހުންނަ ވެލެއްގައި އަޅާ ހިމަ، ދިގު، ތަރުކާރީއެކެވެ. މިއީ ފަލަމަޑީގެ ބާވަތެއް ވެސް މެއެވެ. މިވެލުގެ ގޮނޑިޔަށްވެސް ކިޔަނީ މިނަމުންނެވެ. ބިލެއް ކައްޓަލަ އަކީ އުތުރު އެމެރިކާގެ ގައުމުތަކުގައި ހެދޭކަމަށް ފާހަގަ ކުރެވިފައިވާ މޭވާ އެކެވެ. ދިވެހި ރާއްޖޭގައި ވެސް ބިލެއް ކައްޓަލަ ހައްދައި ބޭނުން ކުރެއެވެ. ފުރަމޭ އަދި އެންޑަކްރިން ނިޒާމްގެ ބަލިތައް ހުންނަ މީހުންނަށް ބިލެއް ކައްޓަލަ އަކީ ރަގަޅު އެއްޗެއް ކަމުގައިވަނި ބެލެވިފައެވެ. އަދި ދަރިންނުލިބުމާއި، އިއްދައިން ކެނޑުން، އަދި މައްސަރުގެ ކަންތަކުގައި ދިމާވާ އުދަގޫތަކަށް ފަރުވާ އެއްގެ ގޮތުގައި ބިލެއް ކައްޓަލަ ބޭނުން ކުރެވެއެވެ.