ރަނޑޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރަނޑޫ އަކީ ކަނޑޫގަސްހެން ގަސް ހުންނަ އެއަށްވުރެ ބޮޑެތި އެއްޗެހި އަޅާ ގަހެހެކެވެ. ރަނޑޫ އަކީ ވެސް ޗަސްބިމުގައި ހެދޭގަހެކެވެ. ރަނޑޫ ގަހުގެ ލަކުޑި އަށް ވެސް ރަނޑޫ ކިޔައެވެ. ހަމަ މިހެން ރަނޑޫ ގަހުގެ ވައް އަށް ވެސް ކިޔަނީ ރަނޑޫ އެވެ. މިވަކަކީ، މަލުން ނުކުންނަ ހިމަދިގުކޮށް ދެކޮޅަށްތޫރިކޮށް ހުންނަ ތޮޅިއެކެވެ. މިވައް ދޮންނުވާއިރު، ހުންނަނީ ފެހިކުލައިގައެވެ. ދޮންވުމުން ރަތްފެހިކުލައަކަށް ބަދަލުވެއެވެ. މިވަކަކީ، ފަލަމަޑީގެ ގޮތުގައި ކެއުމަށްވެސް ބޭނުންކޮށްއުޅޭ އެއްޗެކެވެ. ރަނޑޫ އާންމު ގޮތެއްގައި ކަނޑޫއަށްވުރެ ސައިޒުން ބޮޑުވާނެއެވެ. ރާއްޖޭގެ ކަނޑޫ ފާތަކުގައިވެސް ރަނޑޫ ހެދިފައި ހުންނަކަމަށް ވެއެވެ.