ކަނޑޫ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ކަނޑޫ

ކަނޑޫ(އިނގިރޭސި ބަހުން: Black mangrove)އަކީ ޗަސްބިމުގައި ތެދަށް ހެދޭގަހެކެވެ. މިއީ އެއްވަރަކަށް ގޮފިލަމުން ހެދޭގަހެކެވެ. ކަނޑޫގަހުގެ ލަކުޑި އަށް ވެސް ކަނޑޫ ކިޔައެވެ. މިއީ ވަރަށް މޮޅު ލަކުޑިއެކެވެ. އޮޑިދޯނިފަހަރުގެ ފަށަންލުމަށް ބޭނުންކުރަނީ މިލަކުޑިއެވެ.ހަމަ މިހެން ކަނޑޫގަހުގެ ވައް އަށް ވެސް ކިޔަނީ ކަނޑޫ އެވެ. މިވަކަކީ، މަލުން ނުކުންނަ ހިމަދިގުކޮށް ދެކޮޅަށްތޫރިކޮށް ހުންނަ ތޮޅިއެކެވެ. މިވައް ދޮންނުވާއިރު، ހުންނަނީ ފެހިކުލައިގައެވެ. ދޮންވުމުން ރަތްފެހިކުލައަކަށް ބަދަލުވެއެވެ. މިވަކަކީ، ފަލަމަޑީގެ ގޮތުގައި ކެއުމަށްވެސް ބޭނުންކޮށްއުޅޭ އެއްޗެކެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ކަނޑޫ ފާތަން ހުންނަކަމަށް ވެއެވެ.