ނ. އަތޮޅު މަދަރުސާ
| |||||
ނަން |
ނ. އަތޮޅު މަދަރުސާ | ||||
ޤައުމު | |||||
ހިންގަން ފެށުނީ | |||||
ފެންވަރު |
ޕްރައިމަރީ، މެދުމަދަރުސީ، ސާނަވީ، | ||||
ކުލަ |
ނޫ | ||||
މޮޓޯ |
| ||||
ނ. އަތޮޅު މަދަރުސާ ހުންނަނީ މިލަދުންމަޑުލު ދެކުނުބުރީގެ ވެރިކަންކުރާ ރަށް މަނަދޫގައެވެ. މިއީ 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސްކޫލެކެވެ. މި ސްކޫލުގެ ބާނީއަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ރައީސް މައުމޫން ޙަވާލުވެވަޑައި ގެންނެވުމަށްފަހު ރާއްޖޭގައި ފުރަތަމަ ހުޅުއްވައިދެއްވި ބިނާއެވެ.
ސްކޫލުގެ ފުރަތަމަ ނާޒިރު
[އުނިއިތުރު ގެންނަވާ]ނ. އަތޮޅު މަދަރުސާގެ ފުރަތަމަ ނާޒިރަކީ ނ. މަނަދޫ ކަރަންކާވިލާ އަލްމަރުޙޫމް ހާރޫނު މޫސާ އެވެ.
ސްކޫލުގެ ފުރަތަމަ ހެޑްމާސްޓަރ
[އުނިއިތުރު ގެންނަވާ]ނ. އަތޮޅު މަދަރުސާގެ ފުރަތަމަ ހެޑްމާސްޓަރަކީ އދ. މަހިނބަދޫ އަލްފާޟިލް ޢަބްދުﷲ ޚަލީލެވެ.
ސްކޫލުގެ ފުރަތަމަ ބޭރު ޓީޗަރ
[އުނިއިތުރު ގެންނަވާ]ނ. އަތޮޅު މަދަރުސާގެ ފުރަތަމަ ބޭރު ޓީޗަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ކުލެތުންގެ އެވެ.
ސްކޫލުގެ ފުރަތަމަ ޕްރައިމަރީ ޓީޗަރ
[އުނިއިތުރު ގެންނަވާ]ނ. އަތޮޅު މަދަރުސާގެ ފުރަތަމަ ޕްރައިމަރީ ދެ ޓީޗަރުން ކޯސް ހައްދަވައިގެން ޚިދުމަތަށް ނިކުންނެވިއެވެ. އެއީ މަނަދޫ ފިނޮޅު އަލްފާޟިލް ޢަބްދުލްވައްޙާބު ޢަބްދުލް ޤާދިރާއި މަނަދޫ ނޫވިލާގޭ ޢަބްދުލްޣަފޫރު އެވެ.
ސްކޫލުގެ ފުރަތަމަ ކެޕްޓަން
[އުނިއިތުރު ގެންނަވާ]ނ. އަތޮޅު މަދަރުސާގެ ފުރަތަމަ ސްކޫލް ކެޕްޓަނަކީ މަނަދޫ މާލްރޯޑް އަލްފާޟިލް ޢަބްދުﷲ ސަޢީދު އެވެ.