Jump to content

ހާރޫނު މޫސާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ހާރޫނު މޫސާ

ނ. މަނަދޫ ކަރަންކާވިލާ އަލްމަރުޙޫމް ހާރޫނު މޫސާ އަކީ މަނަދޫގެ މުދިންކަމާއި ކުޑަކަތީބު ކަމާއި ކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަލްމަރުޙޫމް ހާރޫނު މޫސާއަކީ ދީނަށް ލޯބިކުރެއްވި ޤައުމީ ރޫޙާއި ޖޯޝް ވަރުގަދަ ޝަހުސިއްޔަތެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ހާރޫނު މޫސާއަކީ ނ. އަތޮޅު މަދަރުސާގެ ފުރަތަމަ ނާޒިރެވެ. މަނަދޫގެ ތަޢުލީމަށް ހާރޫނު މޫސާ ކުރައްވާފައިވަނީ ވަރަށް މަތިވެރި ޚިދުމަތްތަކެކެވެ.

އާއިލީ ވަންހަ

[އުނިއިތުރު ގެންނަވާ]

މަނަދޫ ކަރަންކާވިލާ އަލްމަރުޙޫމް ހާރޫނު މޫސާއަކީ ކުޑަމަނިކުގެ ފުތް މޫސާމަނިކުގެ ފުތް ހާރޫނެވެ. ހަރޫނު މޫސަގެ މަންމާފުޅަކީ މުޙަންމަދުގެ ހައްވައެވެ. ހާރޫނު މޫސަ އުފަންވެވަޑައިގެންނެވީ ނ. މަނަދޫއަށެވެ.

ނަސަބުގެ ގަސް

[އުނިއިތުރު ގެންނަވާ]
 
 
ކުޑަ މަނިކު
 
-----
 
މުޙަންމަދު
 
----
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
މޫސާ މަނިކު
 
 
 
 
 
ޙައްވާ މުޙަންމަދު
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ހާރޫނު މޫސާ
 
 
 
 
 
 
 

ތަޢުލީމީ ހަޔާތް

[އުނިއިތުރު ގެންނަވާ]

ހާރޫނު މޫސާ ފުރަތަމަ ތަޢުލީމް ހާސިލުކުރެއްވީ މަނަދޫގައި އެދުރުގެތަކުންނެވެ. ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާން ދަސްފުޅު ކުރެއްވީ ރަށުގައި ހުންނަވައިގެންނެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރު މާލޭގައި ހެއްދެވި ދާރުލްއިޤާމާއިން ހާރޫނު މޫސައަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ. ދާރުލްއިޤާމާއިން ކިޔަވާ ވިދާޅުވެގެން ހާރޫނު މޫސަ ވަޑައިގެންނެވީ އުފަންރަށެވެ.

އަދާކުރެއްވި ވަޒީފާތައް

[އުނިއިތުރު ގެންނަވާ]

ހާރޫނު މޫސާ މާލޭ ދާރުލްއިޤާމާއިން ކިޔަވާ ވިދާޅުވެގެން މަނަދޫއަށް ވަޑައިގެން ފުރަތަމަ އަދާކުރެއްވީ މުދިންކަމެވެ. އޭރު މުދިމުންނަކީ ރަށުގެ ކަންވެރިކަމާއި ކަށުކަމާކެމީގެ ހުރިހާ ކަމެއް ކުރަންޖެހޭ މީހާއެވެ. އޭރު މުދިމުންނަށް މުސާރައެއްގެ ގޮތުގައި ލިބެނީ މަސްދޯނިފަހަރުން ލިބޭ މަސްބައެކެވެ. ހާރޫނު މޫސަ ކިޔަވާ ވިދާޅުވެގެން މަނަދޫއަށް ވަޑައިގެންނެވި ދުވަސްވަރަކީ ބޮޑު ތަދުގެ ސަބަބުން ރާއްޖޭގެ ހާލަތު އަދިވަކިން މަނަދޫގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދުވަސްވަރެކެވެ. މަނަދޫގެ ކުޑަ ކަތީބުކަމާއި ބޮޑު ކަތީބުކަމާއި ނ. އަތޮޅު އޮފީހުގެ އިންވެސްޓިގޭޓަރުކަންވެސް އަލްމަރުޙޫމް ހާރޫނު މޫސާ އަދާކުރައްވާފައިވެއެވެ. އަވަހާރަވިއިރު ހާރޫނު މޫސާ ހުންނެވީ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަޤާމުގައެވެ.

އަދަބީ ހަޔާތްފުޅު

[އުނިއިތުރު ގެންނަވާ]

ހާރޫނު މޫސާއަކީ އަދަބިއްޔާތަށް ލޯބިކުރެއްވި ބޭފުޅެކެވެ. މޮޅު ޅެންވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ހާރޫނު މޫސާއަކީ ރަސްއައިނަށާއި ފަތްތޫރަ މަޖައްލާއަށް ޅެމާއި މަޒުމޫން ހަދިޔާ ކުރައްވާފައިވާ ބޭފުޅެކެވެ. ރަށުފެންވަރުގައި ބޭއްވިފައިވާ ޖަލްސާތަކުގައި މޮޅެތި ތަޤުރީރުތަކެއް ހާރޫނު މޫސާ ކުރައްވާފައިވެއެވެ. ޖަލްސާތަކުގައި ހާރޫނު މޫސާ ވާހަކަ ދައްކަވާއިރު ޅެންބައިތުތައް އޭގެ ޖޯޝާއި ފޯރީގައި ވިދާޅުވެއެވެ.

ކައިވެނީގެ ހަޔާތްޕުޅު

[އުނިއިތުރު ގެންނަވާ]

ހާރޫނު މޫސާ 3 ބޭކަނބަލަކާ ކައިވެނިބައްލަވައިގެންނެވިއެވެ. އެއީ މަރީނާ މޫސާ އާއި ފާތުމަތު އަޙްމަދާއި ފާތުމަތު އަބޫބަކުރު( އެދުރުބޭގެ ފާތުމަ ) އެވެ.

ހާރޫނު މޫސާއަށް ލިބިވަޑައިގެން ދަރިންގެ ތެރެއިން ދުނިޔޭގައި މިހާރު ތިއްބެވީ ފާތުމަތު އަޙްމަދުގެ ބަނޑުފުޅުން ލިބިވަޑައިގެން 6 ބޭފުޅުންނެވެ. އެއީ އައިމިނަތު ހަފްސާ އާއި މަރިޔަމް ސައީދާ ( ކުޑަކަބުނލޮ) އާއި މޫސާ ހަފްސީ އާއި އިބްރާހިމް މަނިކާއި އަޙްމަދު މަނިކާއި ޢަލިމަނިކެވެ.

01- މުޙައްމަދު ސަލީމް ( އައިމިނަތު ހަފުސާ ކައިވެނި ބައްލަވައިގެންނެވި )

02- ހާރޫނު ޢީސާ ( އައިމިނަތު ހަފުސާ ކައިވެނި ބައްލަވައިގެންނެވި )

03- ސަންފާ މުޙައްމަދު ( ކަނބުރުބޭގެ ސަންފަ ) ( މޫސާ ހަފުސީ ކައިވެނި ބައްލަވައިގެންނެވި )

04- ސަންފާ އާދަމް ( އާދަންބެ ސަންފަ ) ( މޫސާ ހަފުސީ ކައިވެނި ބައްލަވައިގެންނެވި )

05- މައުސޫމާ ( ވަށަފަރު ) ( މޫސާ ހަފުސީ ކައިވެނި ބައްލަވައިގެންނެވި )

06- ހާޖަރާ ޢުމަރު ( މޫސާ ހަފުސީ ކައިވެނި ބައްލަވައިގެންނެވި )

07- ކަމަނަ ( ހިންނަވަރު )( މޫސާ ހަފުސީގެ އަނބި ކަބަލުން )

08- ޢަބްދުއްލަތީފު އިބްރާހިމް ( މަރިޔަމް ސައީދާ ކައިވެނި ބައްލަވައިގެންނެވި )

09- ޤާސިމް ދާއޫދު ( މާޅެންދޫ ) ( މަރިޔަމް ސައީދާގެ ފިރިކަލުން )

10- ޙައްވާ ޢަބްދުއްރަޙްމާން ( އިބްރާހިމް މަނިކުގެ އަނބިކަބަލުން )

11- ފާތުމަތު ޙަސަން ( އަޙުމަދު މަނިކުގެ އަނބިކަނބަލުން )

12- ޞަފޫރާ މުޙައްމަދު ( ޢަލިމަނިކުގެ އަނބިކަނބަލުން )

އައިމިނަތު ހަފުސާގެ ދަރިން،

01- އަޙުމަދު ފައިސަލް 02- މަރިޔަމް ވަޙީދާ 03- ޙަސަން ޞަބާޙް 04- ފާތުމަތު އަންވަރީ 05- ފާތުމަތު ނޫރާ 06- ޢަބްދުއްރަހީމް ހާރޫނު 07- މުޙައްމަދު މިސްބާޙް 08- މަރިޔަމް ޒިޔާދާ

މޫސާ ހަފުސީގެ ދަރިން،

01- އަޙްމަދު ޝަރީފް 02- ޙަސަން ޣާލިބު 03- ޢަބްދުﷲ ސުހޭލް 04- ޒަޢީމު

މަރިޔަމް ސަޢީދާގެ ދަރިން،

01- ޢަބްދުﷲ މަލާޒް 02- އައިމިނަތު ޝިފުޒާ 03- ޖަވާޒާ ޤާސިމް 04- ޝަރޫޒާ ޤާސިމް

އަޙުމަދު މަނިކުގެ ދަރިން،

01- އައިމިނަތު ޖުމާނާ 02- މުޙައްމަދު ޖޫދު 03- ޖުނާނު އަޙްމަދު މަނިކު

އިބްރާހިމް މަނިކުގެ ދަރިން،

01- ފަޙުދު އިބްރާހިމް މަނިކު ( ނިޔާވެފައި ) 02- ފާތުމަތު ކައުޘަރު 03- އަސީލް އިބްރާހިމް މަނިކު ( ނިޔާވެފައި ) 04- ޝަހުދު އިބްރާހިމް މަނިކު 05- ޝަރުވާނު އިބްރާހިމް މަނިކު

އަލިމަނިކުގެ ދަރިން،

01- ފާތުމަތު ޝަފާ 02- މަރިޔަމް ޝަރުވާ ( ޔަގީންކުރަންޖެހޭ ) ކޫތަ 03- މުޙަންމަދު ޝައްފާއު ( ޔަގީން ކުރަންޖެހޭ ) ވައްވާއު

ދީންވެރިކަން

[އުނިއިތުރު ގެންނަވާ]

ހާރޫނު މޫސާއަކީ ދީނަށް ލޯބިކުރެއްވި ބޭފުޅެކެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައިވެއެވެ. ހާރޫނު މޫސާއަކީ އިމާމެކެވެ. ހުކުރު ޚުތުބާ ވިދާޅުވެ އިމާމުވެ ނަމާދުކުރެއްވި، ބަސްމަދު މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކެވެ. މިސްކިތަށް ވަޑައިގެން ޖަމާޢަތުގައި ނަމާދުކުރައްވާ ބޭފުޅެކެވެ. ބަލިހާލުގައި އުޅުއްވަމުންވެސް ނަމާދުގެ ފަރުޟް އަދާކުރެއްވުމަށް ޚާއްޞަ ފަރުވާތެރިކަމެއް ދެއްވި ބޭފުޅެކެވެ.

އަމިއްލަފުޅު ޝަހުސިއްޔަތު

[އުނިއިތުރު ގެންނަވާ]

ހާރޫނު މޫސާއަކީ ސާފުތާހިރުކަމަށް ލޯބިކުރެއްވި ބޭފުޅެކެވެ. އަބަދުވެސް ހުދު ކުލަޔާއި އަލި ކުލަކުލައިގެ ހެދުން ތުރުކުރައްވަން ލޯބިކުރެއްވިއެވެ. ކަޅުފަޓްލޫނާއި އަތްދިގު ހުދުގަމީސް އާންމުކޮށް ތުރުކުރައްވައެވެ. އަބަދުވެސް ހުންނަވާނީ ތާޒާކަންމަތީގައެވެ. ރީތި އަތުކުރިގަޑި އެޅުއްވުމަށާއި ތުބުޅި މަތިމަސް ބާލާފައި ބެހެއްޓެވުމަށް ލޯބި ކުރެއްވިއެވެ. އަލްމަރުޙޫމް ހާރޫނު މޫސާއަކީ ދަރިންނާއި ކާފަދަރިންދެކެ އިންތިހާއަށް ލޯބިން އުޅުއްވި އަމިއްލަވަންތަކަމަށް ލޯބި ކުރެއްވި ހަރުދަނާ ޝަހުސިއްޔަތެކެވެ.

ވެރިކަމުގައި ކުރެއްވި ޚިދުމަތްތަކުގެ އުސްއަލިތައް

[އުނިއިތުރު ގެންނަވާ]

މަނަދޫގެ މުދިންކަމާއި ކުޑަކަތީބުކަމާއި ބޮޑުކަތީބު ކަމުގައި ހާރޫނު މޫސާ މަނަދޫއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. އެ ޚިދުމަތްތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އޭގެ ތެރެއިން އުސްއަލިތައް މިތަނުގައި ކުރުގޮތަކަށް ނަމަވެސް ފާހަގަކޮށްލަން ޖެހެއެވެ.

01- ނ. އަތޮޅު މަދަރުސާ ހުޅުވުން

ނ.އަތޮޅު މަދަރުސާގެ ފެށުން ކަމަށްވާ މަނަދޫ ޕްރައިމަރީ ސްކޫލް ބިނާކޮށް ހުޅުވުމުގެ ހުރިހާ ކަމެއްގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ހާރޫނު މޫސާއެވެ. 1979 ވަނަ އަހަރުގެ މާޗް 1 ވަނަ ދުވަހު މަނަދޫ ޕްރައިމަރީ ސްކޫލުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ހުޅުވައި ދެއްވި މި މަދަރުސާއަކީ މަނަދޫ ރައްޔިތުން ކުރި ވަރަށް ބުރަ މަސައްކަތެކެވެ. އެ ސްކޫލުގެ ފުރަތަމަ ނާޒިރެއްގެ މަޤާމާވެސް ހަވާލުވެ ވަޑައިގަތީ ހަރޫނު މޫސާއެވެ. ހާރޫނު މޫސާއަކީ މަނަދޫގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް އެކި ގޮތްގޮތުން ކުރެއްވި ބޭފުޅެކެވެ. ފަންމަދަރުސާ އާއި އާމަދަރުސާ ( ތެޅިގަލާއި އުވައިން ރޭނި މަދަރުސާ )ގެ މަސައްކަތްތައްވެސް ކުރެވުނީ ހާރޫނު މޫސާގެ ކަތީބުކަމުގައެވެ.

02- މަސްޖިދިލް ރިޟްވާން ބިނާކުރުން

ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މަނަދޫގައި އާ ހުކުރު މިސްކިތެއް ބިނާކުރިއެވެ. ސަރުކާރުން ތަކެތި ދެއްވުމުން މަނަދޫ ރައްޔިތުންގެ މަސައްކަތުން ބިނާކުރެއްވި މި މިސްކިތް ބިނާކުރީ މަނަދޫ ރައްޔިތުން އުވަ ދަވައިގެން ތެޅިގަލުންނެވެ. މި މަސައްކަތް ރައްޔިތުން ކޮށްފައިވަނީ ހާރޫނު މޫސާގެ ކަތީބުކަމުގައެވެ.

03- މަނަދޫގެ ތޮށިލުން

މަނަދޫގެ ފަޅަކީ ގުދުރަތީ ރީތި ފަޅެކެވެ. އެފަޅު ހިމާޔަތް ކުރުމަށް ކަނޑު ތޮއްޓެއް ފަރުން ގާނަގައިގެން ރައްޔިތުން ލާފައިވެއެވެ. މިތޮށި ލުމުގައި ރައްޔިތުން ފަންވަތް ތަކަކަށް ބަހާލައިގެން ކުރުވުނުއިރު ކަތީބުކަމުގައި ހުންނެވީ ހާރޫނު މޫސާއެވެ. މަނަދޫ ތޮށި ވެއްޓެމުން ދިޔަވަރަކަށް ރައްޔިތުން ނިކުމެ އެކި ދުވަސްވަރު މަރާމާތުކޮށް ހަދަމުން ދިޔައެވެ.

04- ފެންތާނގީތައް ބިނާކުރުން

މަނަދޫގައި ރައްޔިތުންގެ މަސައްކަތުން ވާރޭފެން ރައްކާކުރާ ސިމެންތި ފެންތާނގީތަކެއް ސަރުކާރުން ތަކެތި ދެއްވީމާ މަނަދޫ ރައްޔިތުން ހެދީ ހާރޫނު މޫސާގެ ކަތީބުކަމުގައެވެ.

އަވަހާރަވުން

[އުނިއިތުރު ގެންނަވާ]

އަލްމަރުޙޫމް ހާރޫނު މޫސާ އަވަހާރަވީ އާލާސްކަންފުޅެއްގައި ދުވަސްކޮޅަކު އުޅުއްވުމަށްފަހުގައި އުފަންރަށް މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައެވެ. އަވާހަރަވީއިރު އުމުރުފުޅަކީ 72 އަހަރުފުޅެކެވެ. އަވަހާރަވިއިރު އަނބިކަބަލެއްނެތެވެ. ދުނިޔޭގައި 6 ބޭފުޅުން ތިއްބެވިއެވެ. އަވަހާރަވީ 2007 މާޗް 9 ( 19 ޞަފަރު 1428 ) ވަނަ ދުވަހުއެވެ. ފަސްދާނުވެޑުވިފައިވަނީ މަނަދޫ ގަބުރުސްތާނުގައެވެ.

މުސައްނިފުގެ ގަލަމުން

[އުނިއިތުރު ގެންނަވާ]

މަނަދޫ ކަރަންކާވިލާ އަލްމަރުޙޫމް ހާރޫނު މޫސާއަކީ އާއިލީގޮތުން އަޅުގަނޑާ ވަރަށް ގާތް ބޭފުޅެކެވެ. އެއީ ބައްޕަ ފަރާތުގެ ބޮޑުބޭބޭފުޅެކެވެ. އަޅުގަނޑުގެ ބައްޕަގެ މަންމަ ( އަޅުގަނޑުގެ މާމަ ) އާއި އަލްމަރުޙޫމް ހާރޫނު މޫސާއަކީ ދެބެންނެވެ. އަޅުގަނޑުގެ އަންހެނުންނަކީ ހާރޫނު މޫސާއަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. ހާރޫނު މޫސާގެ އެންމެ ދުރުހަނދާނަކަށް އަޅުގަނޑު ހުންނަނީ ނ. އަތޮޅު މަދަރުސާ ( ކުރީގެ މަނަދޫ ޕްރައިމަރީ ސްކޫލް )ގެ ދުވަސްވަރު ނާޒިރަކަށް އުޅުއްވި ދުވަސްވަރުއެވެ. އެއީ މަނަދޫގެ ކަތީބެއްގެ ގޮތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާތަކާއި ވާޖިބުތަކުގެ އިތުރުން ހާރޫނު މޫސާ އަދާކުރެއްވި އަގުހުރި ވަޒީފާއެކެވެ.

ހާރޫނު މޫސާ އަވާޙާރަވި އާލާސްކަންފުޅުގައި އުޅުއްވި ދުވަސްވަރު ހާރޫނު މޫސާގެ ހަޔާތުނާމާ ލިޔުމަށް އިންޓަރވިޔުކޮށް އަޅުގަނޑު ހެދީމެވެ. ހާރޫނު މޫސާގެ ހަޔާތުނާމާ އެކުލަވާލުމުގައި އަޅުގަނޑަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އޭރު އުމުރުން ދުވަސްވުމާއި ބަލިހާލާތުގެ ސަބަބުން ހަނދާން ބަލިވުމާއި ދިރިއުޅުމުގެ ހަޔާތުގައި އުޅުއްވަން ޖެހިވަޑައިގެންނެވި ގޮތުން އުފެދި އުތުރި އަރަމުން ދިޔަ ޖަޒުބާތީ ޝުޢޫރެވެ. ހާރޫނު މޫސާގެ ހަޔާތުގެ ކޮންމެ ޞަފުޙާއަކީވެސް އިބްރަތްތެރި ޞަފުޙާއެކެވެ. ދާރުލްއިޤާމާގައި ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރުގެ ހަނދާންތައް ވިދާޅުވަމުން ހާރޫނު މޫސާ ވިދާޅުވިއެވެ. " އޭރުގެ މީހުންނަށް އުނުއޮރިޔާން ނިވާކުރާނެ ގޮތެއްވެސް ނުލިބޭ. ރަށުން މަންމަމެން ފޮނުވާ މަސްކޮޅު ހިފައިގެން އޭރު އަންނާނީ ބޮޑުގެ އައްޔަބޭގެ ދޮންބެ. އެފަކީރު ހުންނަނީ ގޯނިގަނޑެއް އަދެފަ. އެއަކުން އޮރިޔާމެއް ނިވައެއްނުވާނެ. ދެން އަހަރެން އަންނަން ގެންގުޅޭތަނުން މުންޑެއް ދޮންބެއަށް ދެނީ. އޭރު ހުރިހާ އެންމެންވެސް އުޅެނީ އެކަހަލަ ދަތިހާލެއްގަ " އަސަރާއެކު ހާރޫނު މޫސާ ވިދާޅުވިއެވެ. އެރޭވެސް ލޮލުން ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަން ފެށުމުން ޖެހުނީ ހުއްޓާލާށެވެ. އެހެން އެރެއެކެވެ. " އަހަރެން ރަށަށް ދިޔައިރު ބޮޑު ހަނގުރާމައިގެ ތަދުގަނޑުގައި މީހުން ހަނާވަމުން ދަނީ. ކާނެ އެއްޗެއްނެތް. މަރުވާ މީހުން ވަޅުލެވޭނެ ގޮތެއްވެސްނެތް. މަރުވެފައި ބިންމަތީގައި ތިބޭ މީހުން ވަޅުލުމުގައި އަހަރެން އުޅުނީ ﷲ އަށްޓަކައި. މުދިންކަން ހަމަޖެހުނީ ތަންކޮޅެއް ފަހުން " ހާރޫނު މޫސާ ވިދާޅުވިއެވެ.

ހާރޫނު މޫސާއަކީ މަނަދޫގެ ވެރިކަމުގައި ހުންނަވައިގެން މަނަދޫއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މަރުގެ އާލާސްކަންފުޅުގައި އުޅުއްވި އިރުވެސް އޭނާއަކީ ދައުލަތަށް ވަފާތެރި ޤައުމަށް އިޚްލާޞްތެރި މީހެކެވެ. ރާއްޖެއަށް އަންނަމުންދިޔަ ސިޔާސީ ބަދަލުތަކާމެދު އަޅުގަނޑާ ބައްދަލުވާ ކޮންމެ ދުވަހަކު ވާހަކަ ދައްކަވައެވެ. އިރާގުގެ މައްސަލައާއި ފަލަސްތީނުގެ މައްސަލައިގައި އަސަރާއެކު ވާހަކަފުޅު ދައްކަވައެވެ. ހާރޫނު މޫސާއަކީ އަބަދުވެސް ރޭޑިޔޯ އާއި ޓީވީން ފޮނުވާ ޚަބަރުތައް އަޑުއައްސަވާ ރާއްޖެއާއި ދުނިޔޭގައި ކަންތައްތައް ހިނގަމުންދާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވަމުން ގެންދެވި ބޭފުޅެކެވެ.