ނޮން ކޮމިޝަންޑް އޮފިސަރ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނޮން ކޮމިޝަންޑް އޮފިސަރ ( އެންސީއޯ) އިންނަކީ އަސްކަރިއްޔާގައި ކޮމިޝަން ނުކޮށް ތިބޭ ސިފައިންނެވެ. ނޮން ކޮމިޝަންޑް އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެމުންދަނީ އެންލިސްޓެޑް ރޭންކްތަކުން، އެރޭންކްތަކުގެ އިޚްތިޔާރުތަކާ އެކުގައެވެ.


ބައެއް ޤައުމުތަކުގެ އަސްކަރިއްޔާތަކުގައި އެންސީއޯ ކޯރ ގެތެރޭގައި ހުރިހާ ގްރޭޑެއްގެ ކޯޕްރަލުންނާއި ސާރޖެންޓުން ހިމެނެއެވެ. ވޮރަންޓް އޮފިސަރުންވެސް އެންސީއޯއިންގެ ޑިއުޓީތައް އަދާކުރެއެވެ. ކަނޑުގެ ސިފައިން (ނޭވީ) އިންނަށް ބަލާއިރު ހުރިހާ ގްރޭޑެއްގެ ޕެޓީ އޮފިސަރުންވެސް ހިމެނެނީ ނޮން ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައެވެ. ނަން ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ތަފާތު ދެ ގިންތިއެއް ހިމެނެއެވެ. އެއީ ޖޫނިއަރ ނަން ކޮމިޝަންޑް އޮފިސަރ (ޖޭއެންސީއޯ) އަދި ސީނިއަރ (ނުވަތަ ސްޓާފް) ނޮން ކޮމިޝަންޑް އޮފިސަރުން (އެސްއެންސީއޯ) އިންނެވެ.

ހަރަކާތްތެރިވާގޮތް[އުނިއިތުރު ގެންނަވާ]

ނޮން ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ހިމެނޭ ސިފައިންނަކީ އަސްކަރިއްޔާގެ "މައިބަދަ" އެވެ. އެއީ ސިފައިންގެ ތެރޭގައި އަސާސީ އަދި ފެންނަފަށުގައި ތިބޭ ގިނަ އަދަދެއްގެ ސިފައިންގެ ލީޑަރުންނެވެ. މީގެ އިތުރުން މިއީ އަސްކަރިއްޔާގެ މިޝަން ހާސިލުކޮށް، ތަމްރީނުތައް ހިންގާ، މިޝަން ފުރިހަމަކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް އެންމެ އަސާސީ ލީޑަރުން ހިމެނެއެވެ. އެންސީއޯއިންނަށް ބޭނުންވާ ތަމްރީނާއި ތަޢުލީމް އަދި ބޭނުންވާ ލީޑަރޝިޕް އާއި މެނޭޖްމަންޓް އަދި ޚިދުމަތަށް ޚާއްޞަ، އަސްކަރީ ތަމްރީނުތައް ލިބިފައިވާ ބައެކެވެ.

އެކިއެކި ޤައުމުތަކުގައި ނޮން ކޮމިޝަންޑް އޮފިސަރުން[އުނިއިތުރު ގެންނަވާ]

ހުޅަގުގެ ޤައުމުތަކަށް ބަލާއިރު އެންސީއޯ އިންނަކީ އަސްކަރިއްޔާގައި އެންމެ މުހިންމު ކޮމްޕޯނަންޓެވެ.


ދިވެހިރާއްޖެ[އުނިއިތުރު ގެންނަވާ]

ދިވެހިރާއްޖޭގެ އަސްކަރިއްޔާ "މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް" ގައި ނޮން ކޮމިޝަންޑް އޮފިސަރުންގެ ވަކި ކޯރ އެއް އުފެދުނީ 2010 ވަނަ އަހަރުއެވެ. އޭގެ ކުރިންވެސް އެންސީއޯ އިން ސިފައިންގޭގައި ތިބެއެވެ. އެންސީއޯ ކޯރ ވަކިވެގެން ދިޔައީ އޮފިސަރ ކޯރ އާއި ވޮރަންޓް އޮފިސަރ ކޯރ އަދި އެންލިސްޓެޑް ކޯރ އުފެދުމާހަމައިންނެވެ.

އެންސީއޯ ކޯރގެ ރޭންކް ތަކަކީ ޕްރައިވެޓް، ލާންސް ކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖެންޓް، ސާރޖަންޓް ފަސްޓް ކްލާސް، ފަސްޓް ސާރޖަންޓް، ސާރޖެންޓް މޭޖަރ، ކޮމާންޑް ސާރޖަންޓް މޭޖަރ އެވެ. ސިފައިންގޭގައި އެންމެ ސީނިއަރ އެންލިސްޓެޑް ރޭންކަކީ ކޮމާންޑް ސާރޖަންޓް މޭޖަރ އެވެ. އެރޭންކްގެ ތެރެއިން އެންމެ ސީނިއަރ އެޕޮއިންޓްމަންޓް ކަމުގައިވާ ކޮމާންޑް ސާރޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަށް މީހަކު އެޕޮއިންޓް ކުރެވޭނެއެވެ. އެންސީއޯ އިން ބެހެނީ ތިން ބަޔަކަށެވެ. އެއީ ޖޫނިއަރ އެންސީއޯ އިންނާއި ސީނިއަރ އެންސީއޯ އިންނާއި އެންލިސްޓެޑް ލީޑަރުންނެވެ. ޖޫނިއަރ އެންސީއޯ އިންނަކީ ލާންސް ކޯޕްރަލް އަދި ކޯޕްރަލް ރޭންކެވެ. ސީނިއަރ އެންސީއޯ އިންނަކީ ސާރޖަންޓް ، ސްޓާފް ސާރޖެންޓް އަދި ސާރޖެންޓް ފަސްޓް ކްލާހުގެ ސިފައިންނެވެ. ސީނިއަރ އެންލިސްޓެޑް ލީޑަރުންނަކީ ފަސްޓް ސާރޖެންޓުންނާއި ސާރޖެންޓް މޭޖަރުންނާއި ކޮމާންޑް ސާރޖެންޓް މޭޖަރުންނެވެ.

އޭރިއާ ކޮމާންޑް ތަކަށާއި ސިފައިންގެ ބޮޑެތި ކޮމްޕޯނަންޓްތަކަށް 2010 ގައި ކޮމާންޑް ސާރޖެންޓް މޭޖަރުން އެޕޮއިންޓް ކުރިއެވެ. ފަހުން އެ މަޤާމު އުވާލާ ސީނިއަރ އެންލިސްޓެޑް ލީޑަރުންގެ ގޮތުގައި އެޕޮއިންޓްމަންޓެއް އުފައްދާ 2011 ގައި މަޤާމު ހަވާލުކުރިއެވެ. ސިފައިންގެ ތަމްރީނު މަރުކަޒެއް ކަމަށްވާ ގިރިފުށީގައި އެންސީއޯ އެކެޑެމީއެއް 2009 ފެބްރުއަރީ 1 ވަނަ ދުވަހުވަނީ ހުޅުވާފައެވެ.


އޮސްޓްރޭލިއާ[އުނިއިތުރު ގެންނަވާ]

އޮސްޓްރޭލިއާގެ އަސްކަރިއްޔާގައި އެންސީއޯ އިން މަސައްކަތްކުރަނީ ފިޒިކަލް ޑިއުޓީތައް އަދާކުރުމުގަޔާއި މެނޭޖްމަންޓްގައެވެ. ލާންސް ކޯޕްރަލުންނާއި ކޯޕްރަލުންނަށް ކިޔަނީ ޖޫނިއަރ އެންސީއޯއިންނެވެ. ސާރޖަންޓުން، ސްޓާފް ސާރޖަންޓުން، ވޮރަންޓް އޮފިސަރ ކްލާސް 2، ވޮރަންޓް އޮފިސަރ ކްލާސް 1 ހިމެނެނީ ސީނިއަރ އެންސީއޯ އިންގެ ތެރޭގައެވެ. އޮސްޓްރޭރިއާ ސިފައިންގެ ތެރޭގައި އޮފިސަރުން މަސައްކަތްކުރަނީ އިދާރީ މަސައްކަތް ހިމެނޭ ޑިއުޓީތަކުގައި އެންސީއޯއިންގެ އަޚްލާޤް ދެމެހެއްޓުމަށް ޔަޤީން ކުރުމަށެވެ. ސީނިއަރ އެންސީއޯއިން އެމީހުންގެ ދަށުގައި މަސައްކަތްކުރާ ސިފައިންގެ މަސައްކަތް ބަލާ ޔަޤީންކުރަމުންދާނެއެވެ. އޮފިސަރުން ބަލަމުންދާނީ އޭގެ ފުޅާ ތަސްވީރެވެ.

ނިއު ސައުތު ވޭލް ޕޮލިސް ފޯސްގައި އެންސީއޯއިން މަސައްކަތްކުރަނީ ސުޕަވައިޒްކުރުމާއި ވިލަރެސް ކުރުމުގެ ދައުރެކެވެ. އެންއެސްޑައިބްލިއު ޕޮލިސް އޮފިސަރުންނަކީ ކޮމިޝަނަރގެ އަތުން ސިއްކަ ޖަހާ ހަވާލުކުރެވޭ ވޮރަންޓް އެޕޮއިންޓްމަންޓެކެވެ.


ކެނެޑާ[އުނިއިތުރު ގެންނަވާ]

ރާނީގެ އަމުރުތަކާއި ޤާނޫނުތަކުގައިވާ ކެނެޑާގެ ލަޝްކަރުގައި ނޮން ކޮމިޝަންޑް އޮފިސަރުން ކަމަށްބުނަނީ "ކޯޕްރަލް ނުވަތަ ސާރޖަންޓް ރޭންކްއަކީ ކެނެޑާގެ ލަޝްކަރުގެ މެންބަރުންގެ ރޭންކްތަކުގެ ތެރެއިން ހިމެނޭ ބައެއް" ކަމަށެވެ. 1990 ވަނަ އަހަރުގެ ތެރޭގައި ނޮން ކޮމިޝަންޑް މެންބަރު (އެންސީއެމް) ވަނީ ތަޢާރަފުކޮށްފައެވެ. އެއީ ރެކްރޫޓު ކުރެވޭ ސިފައިންގެ މީހާއިން ފެށިގެން ޗީފް ވޮރަންޓް އޮފިސަރ ގެ މަޤާމާހަމައަށް ތިބޭ މީހުންނެވެ.


ފިންލެންޑް[އުނިއިތުރު ގެންނަވާ]

ލިނިޝް ޑިފެންސް ފޯސް ގައި އެންސީއޯ ހިމެނެނީ ސާރޖަންޓް މޭޖަރ އިން ފެށިގެން ކޯޕްރަލް ރޭންކާ ހަމައަށެވެ. ލާންސް ކޯޕްރަލުންނާއި ލީޑިންގ ސީމަނުން ހިމެނެނީ އެންސީއޯ ރޭންކްތަކުގެ ތެރެއަކު ނޫނެވެ.

ސްވިޑުން[އުނިއިތުރު ގެންނަވާ]

1983 ވަނަ އަހަރު އެންސީއޯ ކޯރ ގެ ނަންދެވުނު ސިފައިނަށް 1972 ވަނަ އަހަރު ކިޔަމުންދިޔައީ ޕްލެޓޫނު އޮފިސަރ ކޯރ އެވެ.

ޖާރމަނީ[އުނިއިތުރު ގެންނަވާ]

ޖާރމަނީގައި އެންސީއޯ އިންނަށް ކިޔަނީ "އަންޓެރޮފިޒިއަރ" އެވެ. މާނައަކީ "ދަށް އޮފިސަރ" ނުވަތަ "ސަބް އޮފިސަރ" އެވެ.


ނިއުޒިލޭންޑް[އުނިއިތުރު ގެންނަވާ]

ނިއުޒިލޭންޑް ޑިފެންސް ފޯސްގައި ނޮން ކޮމިޝަންޑް އޮފިސަރުން ކަމަށްބުނަނީ: (ހ) ކަނޑުގެ ސިފައިންގެ ވޮރަންޓް އޮފިސަރ، ޗީފް ޕެޓީ އޮފިސަރ، ޕެޓީ އޮފިސަރ، ނުވަތަ ލީޑިންގ ރޭންކްތައް ތަކެވެ. 1- ކަނޑުގެ ސިފައިންނާ އެޓޭޗްކުރެވޭ އެއްގަމު ސިފައިންނާއި ވައިގެ ސިފައިންގެ ތެރެއިން އެންލިސްޓެޑް ސިފައިން (ށ) އެއްގަމުގެ ސިފައިންގެ ޕްރައިވެޓުން ފެށިގެން މަތީގެ ސިފައިން. އެކަމަކު އެއީ އޮފިސަރ ކެޑޭޓް ރޭންކްގެ ދަށުގެ ސިފައިން (ނ) ވައިގެ ސިފައިންގެ އެއަރމެން އިން ފެށިގެން މަތީގެ ސިފައިން. އެކަމަކު އެއީ އޮފިސަރ ކެޑޭޓް އަދި ވޮރަންޓް އޮފިސަރުން ހިމެނޭގޮތަށް

ސިންގަޕޫރު[އުނިއިތުރު ގެންނަވާ]

ސިންގަޕޫރު އާރމަޑް ފޯސް ގައި ނޮން ކޮމިޝަންޑް އޮފިސަރުން އުފެއްދިތާ މާގިނަ ދުވަހެއްނުވެއެވެ.


އިނގިރޭސިވިލާތް[އުނިއިތުރު ގެންނަވާ]

ބްރިޓިސް އާރމަޑް ފޯސަސް ގައި އެންސީއޯ އިން ދެބަޔަކަށް ބެހިގެންވެއެވެ. އެއ ލާންސް ކޯޕްރަލުން (ލާންސް ބޮމްބާޑިއަރ، ބަރޯސާވަނީ ޔުނިޓަށް)، ކޯޕްރަލުން (ލާންސް ސާރޖެންޓް، ބޮމްބާޑިއަރ، ހޯސް އޮފް ލާންސް ކޯޕްރަލް) އަކީ ޖޫނިއަރ އެންސީއޯ (ޖޭއެންސީއޯ) އިންނެވެ. ސާރޖެންޓުން (ހޯސް އޮފް ކޯޕްރަލް، ސާރޖެންޓް) އަދި ސްޓާފް ސާރޖެންޓުން (ކަލަ ސާރޖެންޓް އަދި ސްޓާފް ކޯޕްރަލް) ( އަދި އާރުއޭއެފްގެ ޗީފް ޓެކްނީޝަނުންނާއި ފްލައިޓް ސާރޖެންޓުން) އެއީ ސީނިއަރ އެންސީއޯ (އެސްއެންސީއޯ) އިންނެވެ.

ވޮރަންޓް އޮފިސަރުން ހިމެނެނީ ސީނިއަރ އެންސީއޯ ބައިގެ ތެރޭގައެވެ. ނަމަވެސް މިއީ ވަކި ބައެކެވެ. އެންސީއޯއިންނާ ގިނަ ކަންތައްތަކެއްގައި އެއްގޮތް ކަމެއްހުރި ނަމަވެސް ވޮރަންޓް އޮފިސަރުންނަށް ރޯޔަލް ވޮރަންޓް ލިބިފައިވެއެވެ. ސީނިއަރ އެންސީއޯ އިންނާއި ވޮރަންޓް އޮފިސަރުން ބޭނުންކުރަނީ އޮފިސަރުންނެކޭ އެއްގޮތަށް އެމީހުންގެ އަމިއްލަ މެސްއެވެ. އެއީ ސާރޖެންޓް މެސް އެވެ.


ޔުނައިޓެޑް ސްޓޭޓްސް[އުނިއިތުރު ގެންނަވާ]

ޔުނައިޓެޑް ސްޓޭޓްސް އާމީ، ޔުނައިޓެޑް ސްޓޭޓްސް އެއަރ ފޯސް، އަދި ޔުނައިޓެޑް ސްޓޭޓްސް މެރިން ކޯރ ގެ ހުރިހާ ސާރޖަންޓް ރޭންކްތަކެއް އަދި އާމީ އާއި މެރިން ކޯރ ގެ ކޯޕްރަލުން ނަކީ އެންސީއޯ އިންނެވެ.



--Allosaeed 05:23, 25 ޑިސެމްބަރު 2011 (UTC)