Jump to content

ހައިޕަރތައިރޮއިޑިޒަމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހައިޕަރތައިރޮއިޑިޒަމް(އިނގިރޭސި ބަހުން: Hyperthyroidism) އަކީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހަލުވިވެ، އާދަޔާ ޚިލާފަށް ތައިރޮކްސިން، އަދި ޓްރައި އަޔޯޑޯ ތައިރޮނީން، އުފައްދައި، ލޭގެ ތެރެއަށް ދޫކުރަން ފެށުމުން ކުރިމަތިވާ ހާލަތެކެވެ.

ސަބަބުތައް[އުނިއިތުރު ގެންނަވާ]

ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން (ތައިރޮކްސިން، އަދި ޓްރައި އަޔޯޑޯ ތައިރޮނީން،) އުފެއްދުން އިތުރުކުރުވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެތެރެއިން ބައެއް ސަބަބުތައް ތިރިގައި މިވަނީ އެވެ.

  • ގްރޭވްސް ބަލި
  • ޓޮކްސިކް ތައިރޮއިޑް އެޑިނޯމާ
  • ޓޮކްސިކް މަލްޓިނޮޑިޔުލަރ ގޮއިޓަރ


ލޭގައި ތައިރޮއިޑް ހޯރމޯން (ތައިރޮކްސިން، އަދި ޓްރައި އަޔޯޑޯ ތައިރޮނީން،)ތައް އިތުރުކުރުވާ އެހެން ސަބަބުތައްވެސް ވެއެވެ.

  • ތައިރޮއިޑް ގްލޭންޑް ގައި އިންފްލެމޭޝަން އުފެދުން
  • ބިސްރަވައިގައި ޓެރާޓޯމާ ނުވަތަ ޓިއުމަރ ގެ ވައްތަރެއް އަށަގަތުން
  • ބައެއް ކަހަލަ ބޭސް: މިސާލަކަށް ހިތުގެ މައްސަލަ ހުންނަ މީހުންނަށް ދޭ ބޭހެއްކަމަށްވާ އެމިއޮޑަރޯން.
  • ވިހެއުމަށްފަހު ތައިރޮއިޑް ގްލޭންޑްގައި އިންފްލެމޭޝަން އުފެދުން

ފެނިދާނެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ހައިޕަރތައިރޮއިޑިޒަމް ހުންނަމީހަކު އަވަހަށް ނާވަރސްވުން، ކަންތައް ކުރުމުގައި ދެކޮޅަށް ކިރިކިރިހުރުން، ދާހިއްލުން، ހޫނަށް ކެއްކުރަން އުދަގޫވުން، އަވަހަށް ވަރުބަލިވުން، ނިދަން އުދަގޫވުން، ހިތުގެ ވިންދު އަވަސްވުން، އަންހެންކުދިންނަށް ޕީރިއަޑް އިންތިޒާމު ނުވުމާއި މާއަވަސް އަވަހަށް ޕީރިއަޑްވުން، މަސަލްތަކުގައި ވާގިނެތުން ހިމެނެއެވެ. މިމައްސަލަ ހުންނަމީހުން އެކަށީގެންވާ މިންވަރަށް ކާނާބޭނުންކުރިއަސް ބަރުދަން ލުއިވެގެން ދާތަން ފެންނާނެއެވެ. ހަމައެއާއެކު ލޯހިރުވުމާއެކު ލޮލަށްބަލާލީމާ ހީވާނީ ކަޅިއަޅައިގެން ހުންނަހެންނެވެ. ބައެއްފަހަރު ލޮލުގެ ކައިރިފަށުގައި ހުންނަ ޓިޝޫތައް ހުންނާނީ ހަލާކުވެ ދުޅަވާގޮތް ވެފައެވެ.

ބަލި ދެނެގަތުން[އުނިއިތުރު ގެންނަވާ]

ބަލި ދެނެގަންނަނީ ހަށިގަނޑު ބަލައި ޗެކް ކޮށްގެންނާއި ލޭގެ ޓެސްޓްތައް ހަދައިގެންނެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]