ތައިރޮއިޑް ހޯރމޯން
Appearance
ތައިރޮއިޑް ހޯރމޯން(އިނގިރޭސި ބަހުން: Thyroid hormone) އަކީ ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ހޯރމޯން ތަކެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ މައިގަނޑު ދެހޯރމޯން އަކީ ޓްރައި އަޔޯޑޯ ތައިރޮނީން(T3) އަދި ތައިރޮކްސިން(T4) އެވެ. އަޔޮޑިން(އިނގިރޭސި ބަހުން: Iodine) އަކީ މިދެހޯރމޯންގައިވެސް އެކުލެވޭ މާއްދާއެކެވެ. ހަމަމިހެން ތައިރޮޑް ގްލޭންޑް އިން ކެލްސިޓޯނިން(އިނގިރޭސި ބަހުން: Calcitonin) ކިޔާ ހޯރމޯން އެއްވެސް ދޫކުރެއެވެ. މިއީ ކެލްސިއަމް ހަމަހަމަކަންމަތީ ހަށިގަނޑުގައި ބެހެއްޓުމުގައި ޝާމިލްވާ ހޯރމޯން އެކެވެ.