ހަން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހަމަކީ އިންސާނާގެ ހަށިގަނޑުގެ ވަށައިގެން ލެވިފައިވާ ފަށަލައެވެ. ހަމަކީ އިންސާނާގެ ފަސް ހިއްސުގެ ތެރެއިން ބީހުމުގެ ހިއްސު ގެނެސްދިނުމުގައި މަސްއޫލުވާ މައިގަނޑު އެއް ޓިޝޫ އެވެ.


އެނަޓަމީ[އުނިއިތުރު ގެންނަވާ]

ހަންގަނޑު ބެހިގެންވަނީ 3 ފަށަލަ އަކަށެވެ.

  • އެޕިޑާމިސް
  • ޑާމިސް
  • ސަބްކިއުޓެނަސް ޓިޝޫ

ހަންގަނޑުގެ ތެރޭގައި ތަފާތު ވައްތަރުގެ ގްލޭންޑް ނުވަތަ ގޮށްތައް ވެއެވެ.

  • ދާބޭރުކުރާ ގްލޭންޑްތައް
  • ތެޔޮބޭރުކުރާ ގްލޭންޑްތައް
  • މަޑުބޭރުކުރާ ގްލޭންޑްތައް
  • ކިރުބޭރުކުރާ ގްލޭންޑްތައް


ފަށަލަތައް[އުނިއިތުރު ގެންނަވާ]

އެޕިޑާމިސް[އުނިއިތުރު ގެންނަވާ]

އެޕިޑާމިސް އަކީ ހަންގަނޑުގެ ބޭރަށް އިންނަ ތުނި ފަށަލަ އެވެ. މިލަނިން ހުންނަނީ މިފަށަލައިގެ ތެރޭގައެވެ. ހަންގަނޑަށް އޭގެ ކުލަ ގެނެސްދެނީ މިލަނިންގެ ސަބަބުންނެވެ. އެޕިޑާމިސް ގެ ތެރޭގައި ކެރަޓިން ވެސް ހުރެއެވެ. ނިޔަފަތި އުފެދެނީ މިބުނި މާއްދާއިންނެވެ.

އެޕިޑާމިސް ވަނީ މައިގަނޑު 5 ފަށަލައަކަށް ބެހިފައެވެ.

  • ސްޓްރޭޓަމް ކޯނީއަމް
  • ސްޓްރޭޓަމް ލޫސިޑަމް
  • ސްޓްރޭޓަމް ގްރެނިޔޫލޯސަމް
  • ސްޓްރޭޓަމް ސްޕައިނޯސަމް
  • ސްޓްރޭޓަމް ގާމިނޭޓިވަމް


ޑާމިސް[އުނިއިތުރު ގެންނަވާ]

ޑާމިސް އަކީ ހަންގަނޑުގެ އެތެރެއިން އިންނަ ބޯ ފަށަލަ އެވެ. މިފަށަލައިގެ ތެރޭގައި ލޭހޮޅިތައް، ނާރުތައް، ލިމްފް ހޮޅިތައް، ދާބޭރުކުރާ ގްލޭންޑްތައް، އިސްތަށީގެ ބުޑުތައް، ކަނެކްޓިވް ޓިޝޫ އަދި ތަފާތު ރިސެޕްޓަރ ތައް ހުރެއެވެ.


ހަންގަނޑުގެ ވަޒީފާ[އުނިއިތުރު ގެންނަވާ]

  • އެތެރެހަށީގެ ގުނަވަންތައް ރައްކާކޮށްދިނުން
  • އިންފެކްޝަން ޖައްސާ ޖަރާސީމްތަކުން ހަށިގަނޑު ހިމާޔަތްކުރުމަށް އެހީތެރިވެދިނުން
  • ފެންމަދުވުމުން ހަށިގަނޑު މިންޖުކޮށްދިނުން


  • މޫސުމަށް އަންނަ ކުއްލި ބަދަލާއި ވިދިގެން ހަށިގަނޑު ހާނުވާލުން
  • ހަށިގަނޑަށް ބޭނުންނުވާ ބައިތައް ދާހިއްލުމުގެ ތެރޭގައި ހަށިގަނޑުން ބޭރުކުރުން
  • ފިނި، ހޫނު، ތަދު، ބީހުން، އަދި ޕްރެޝަރު ރިސެޕްޓަރ އެއްގެ ގޮތުގައި މަސައްކަތްކުރުން


  • އަވިން ހަށިގަނޑު އެދުމުން ހިމާޔަތްކުރުން
  • އަލްޓްރާ ވައިލެޓް ދޯދީގެ އެހީގައި ވިޓަމިން ޑީ އުފެއްދުން
  • ފެން، ސަރުބީ، އަދި ވިޓަމިން ޑީ ޖަމާކުރުން

ބަލިތައް[އުނިއިތުރު ގެންނަވާ]

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]