Jump to content

ކަސްއެޅުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަސްއެޅުން(އިނގިރޭސި ބަހުން: scabies) އަކީ ސާރކޮޕިޓީސް ސްކެބައި ކިޔާ މައިޓެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލިޖެހެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި ބީހުން، ނުވަތަ ބަލި ޖައްސާ ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ހެދުން، ބެޑްޝީޓް ފަދަ ތަކެތީގައި ޖެހިގެން ގަޔަށް ބަލި ވާޞިލްވުމުންނެވެ. ކަސްއެޅުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކިހިލިފަތްދޮށް، އަދި ވަށްގަނޑު ހިމެނޭ ހިސާބު ރޭގަނޑުގެ ވަގުތު ތަކުގައި ކަހައި ހިރުވުން ހިމެނެއެވެ. ކަސް އަކީ ހަމުގެ ބައްޔެކެވެ. މިބަލީގައި ގައިކެހުން، ހިރުވުން، އަދި ބިހިނެގުން ހުރެއެވެ.