ޗިސްމޭގެ ކެންސަރު
ވިކިޕީޑިއާ އިން
ޗިސްމޭގެ ކެންސަރު (އިނގިރޭސި ބަހުން: Pancreatic cancer)އަކީ ޗިސްމޭ ގައި ކެންސަރު ގެ ޓިއުމަރު އުފެދުމެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ކޮންމެ އަހަރަކު އެތަކެއް ބަޔަކު ޗިސްމޭގެ ކެންސަރު ޖެހިގެން ދުނިޔެއިން ނެތިދެއެވެ.
[އުނިއިތުރު ގެންނަވާ] އަލާމާތްތައް
ޗިސްމޭގެ ކެންސަރު ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:
- ބަނޑުގައި ރިހުން : މިގޮތުން ރިހުން ހުންނާނީ ބަނޑުގެ މެދުން މަތީގައެވެ. މިރިހުން ކުރިޔަށް ލެނބިލުމުން ފިލައިދާނެއެވެ. އަދި މިރިހުމުގެ އަސަރު ބުރަކަށީގައި ވެސް ހުންނާނެ އެވެ.
- ކާހިތްނުވުން، މޭނުބައިކުރުން އަދި ހޮނޑުލުން
- އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން
- ރީނދޫވުން
[އުނިއިތުރު ގެންނަވާ] ފުރުޞަތު ބޮޑު މީހުން
ޗިސްމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑީ:-
- އުމުރުން 60 އަހަރުން މަތީގެ މީހުން
- ފިރިހެނުންނަށް
- ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް
- ރަތް މަސް ކެއުމުގައި ގިނައިން ހިމެނުން
- ތަރުކާރީ މޭވާ ފަދަ ބާވަތްތައް ކެއުމުގައި ނުހިމެނުން
- ފަލަ ބަލި
- ހަކުރު ބަލި
- ދާއިމީ ސިފައެއްގައި ޗިސްމޭ ދުޅަވުން
- ހިރުގަނޑު ދުޅަވުން