ހިރުގަނޑު ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހިރުގަނޑު ދުޅަވުމަކީ ހިރުގަނޑު ރަތްވެ، ލޭއައުމާއެކު، ދުޅަވެފައި ހުރުމެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ހިރުގަނޑުން ބައެއް ފާރުވެ، ހަލާކުވާގޮތް މެދުވެރި ވެއެވެ. ނުރައްކާތެރި ޙާލަތްތަކުގައި ހުންއައުން އަދި އަނގައިން ނުބައި ވަސްދުވުން ފަދަ ކަންތައްތައް މެދުވެރިވެއެވެ.

ހިރުގަނޑު ދުޅަވުން ކުރިމަތިކުރުވާ އެންމެ އާންމު އެއް ސަބަބަކީ ދަތްތަކުގައި ކޮބަޑި ޖެހުމެވެ. ހިރުގަނޑު ދުޅަވުމުގެ ވައްތަރެއް ކަމުގައިވާ ވިންސެންޓްސް އެންޖައިނާ ކުރިމަތިވަނީ ކުރިން ހަލާކުވެފައިވާ ހިރުގަނޑެއްގައި ސްޕައިރޮކީޓްގެ ވައްތަރެއް ކަމުގައިވާ ބޮރީލިއާ އަދި ބެކްޓީރިޔާ އެއް ކަމުގައިވާ ފިއުސޯބެކްޓީރިއަމް ހިރުގަނޑުގައި ލާމެހި އެކުވެ އާލާވުމުންނެވެ.

ހިރުގަނޑު ދުޅަވުން ކުރިމަތިކުރުވާ ސަބަބު ތަކުގެ ތެރޭގައި ، އަނގައިގެ ތެރޭގައި އިންފެކްޝަން އަށަގަތުން، ރަގަޅަށް ދަތްތައް ސާފު ނުކުރުން، އުފެދުމުގައި ދަތްތައް ދުރުދުރުން އެތުރިފައި ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.