މަނަދޫ
| ޚުލާސާ މައުލޫމާތު | |
| އަތޮޅު | މިލަދުންމަޑުލު ދެކުނުބުރި |
| އޮންނަތަން | |
| އަކަމިން | |
| އާބާދީ | 1580 |
| ދިގުމިން | 1650 m |
| ފުޅާމިން | 950 m |
| މާލެ އާއި ހުރި ދުރުމިން | 176 km |
| އިދާރީ މައުލޫމާތު | |
| ރަށު ކަތީބު | ސަޢީދު ޤާސިމް |
| ރަށު އޮފީސް ފޯން ނަމްބަރު | 6560029 960+ |
| ރަށު ފެކްސް ނަމްބަރު | 6560029 960+ |
މަނަދޫ އަކީ މިލަދުންމަޑުލު ދެކުނުބުރީ (ނ.އަތޮޅު) ވެރިކަންކުރާރަށެވެ. މަނަދޫ އޮންނަނީ އަތޮޅުގެ މެދުތެރޭގައެވެ. މަނަދޫގައިހުންނަ ސަރުކާރުގެ މުހިންމު އޮފީސްތަކަށް ބަލާލާއިރު ނ. އަތޮޅު އަތޮޅުއޮފީސް، ނ. އަތޮޅު އަތޮޅުހޮސްޕިޓަލް، ނ. އަތޮޅު އަތޮޅުމަދަރުސާ، ނ. އަތޮޅު ޕޮލިސް ސްޓޭޝަން ހިމެނެއެވެ. މަނަދޫގެ އާބާދީގައި 1575 މީހުން ދިރިއުޅެމުންދާއިރު ތަރައްޤީގެގޮތުން މަސްވެރިކަންކުރުމާއި، ދަނޑުވެރިކަމާއި، ފަންގިވިނުން، ރޯނުވެށުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަދި ފަތުރުވެރިކަމުގެދާއިރާގައި މަސައްކަތްކުރާ ޢުމުރުގެމީހުން ހަރަކާތްތެރިވަމުންދެއެވެ. މަނަދޫގައިހުރި އަތޮޅުހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެތެރޭގައި ލޭއަޅައިދިނުމުގެ ޚިދުމަތް، އީ.ސީ.ޖީ. ހަދައިދިނުމުގެ ޚިދުމަތް، ލެބޯޓްރީގެ އެކިއެކި ޓެސްޓްތައް ހަދައިދިނުން، އެކިކަހަލަ ކުދިއޮޕަރޭޝަންތައް ކޮށްދިނުމުގެ ޚިދުމަތް، އަދި ތަފާތު ބަލިބައްޔަށް ފަރުވާދިނުން ހިމެނެއެވެ. މަނަދޫގައިހުންނަ ނ. އަތޮޅުމަދަރުސާއަކީ ގްރޭޑް 1 އިންފެށިގެން ގްރޭޑް 10 އަށް ތަޢްލީމްދެވެމުންދާ މަދަރުސާއެކެވެ. މިމަދަރުސާގައި ބޭރުރަށްރަށުގެ ކުދިންވެސް ތަޢްލީމް ޙާޞިލްކުރަމުންދެއެވެ. މަނަދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. މަނަދޫއާ އެންމެކައިރިއަށް އޮންނަނީ މިލަދޫއެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ތަފާސް ހިސާބުތައް
[އުނިއިތުރު ގެންނަވާ] ރަށް
- ރަށުގެ ބޮޑުމިން: 92.20 ހެކްޓަރ
- ދިގުމިން:1650މީޓަރ
- ފުޅާމިން: 950މިޓަރ
- މާލެއާ ދެމެދުގައި ހުރި ދުރުމިން: 175.72ކިލޯމީޓަރ
- ލޮންޖިޓިއުޑް:73?24'38"E
- ލެޓިޓިއުޑް: 05?45' 46"N
- ރަށުގެ ފޯނު، ފެކްސް ނަމްބަރ: 6560029
- ކަތީބު: ސަޢީދު ޤާސިމް މާލްރޯޑް ނ. މަނަދޫ
[އުނިއިތުރު ގެންނަވާ] އާބާދީ
730 އަންހެނުންގެ ޖުމްލަ 842 ފިރިހެނުންގެ ޖުމްލަ 1572 ރަށުގެ އާބާދީގެ މުޅިޖުމްލަ 618 ކުޑަކުދިން ( 18 އަހަރުންދަށް ) 365 ފުރާވަރު (10-19 އަހަރު) 464 ޒުވާނުން(13-34 އަހަރު) 900 މަސައްކަތްކުރާއުމުރު (15-64 އަހަރު) 728 ދަރިމައިވާޢުމުރު (15-49 އަހަރު) 74 މުސްކުޅި އުމުރު (65 އަހަރުންމަތި)
[އުނިއިތުރު ގެންނަވާ] މަނަދޫގައި އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތްތައް
- މަސްވެރިކަން
- އިމާރާތް ކުރުމުގެ މަސައްކަތް
- ވަޑާން ކުރުން
- ދަނޑުވެރިކަން
- ފަންގިވިނުން
- ރޯނުވެށުން
[އުނިއިތުރު ގެންނަވާ] މަނަދޫގައި އާމްދަނީ ލިބެންހުންނަތަންތަން
- ފިހާރަ (އަމިއްލަ) 16
- ސައި ހޮޓާ 2
- ވަޑާންގެ 3
- ފާރމަސީ (އަމިއްލަ) 1
- ފާރމަސީ(ރައްޔިތުންގެ) 1
[އުނިއިތުރު ގެންނަވާ] ތަޢުލީމީ ޚިދުމަތް
- ނ. އަތޮޅު މަދަރުސާ 1
- ނާސަރީ ސްކޫލް (އަމިއްލަ) 1
- އެންމެ މައްޗަށް ކިޔަވައިދެނީ ގްރޭޑް 10
[އުނިއިތުރު ގެންނަވާ] މަނަދޫގެ ސިއްޙީ ޙިދުމަތްދޭ ތަންތަން
ނ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މަނދޫ ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވީ ( ތާރީޚް ) ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު ހުޅުވައި ދެއްވީ 18 ޑިސެމްބަރ 1990 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބުލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. ޞިއްޙީ މަރުކަޒުގެ ކުރިން ހުރީ ހެލްތު ސެންޓަރެކެވެ. އެތަން ހުރީ ނ. އަތޮޅުގޭގެ ކުރިންމަތީގައެވެ. އޭރު އެތަނުގައި ހުންނަވަނީ ޖަމާޢަތުގެ ޞިއްޙީ އެހީތެރިއެކެވެ. ނ. އަތޮޅު ހޮސްޕިޓަލްގައި މިހާރު އެކްސްރޭގެ ޚިދުމަތާއި ލެބޯޓްރީ ޓެސްޓްތައް ކުރެވެއެވެ.
މަނަދޫގައި މަސައްކަތް ކުރައްވާ ޞިއްޙީ މުވައްޒަފުން:
- ފޫޅުމައިން 2
- ޑޮކްޓަރުން 3
- ފާމަރސިސްޓުން 1
- ނަރުހުން 6
- ކޮމިއުނިޓީ ހެލްތް ވޯކާރސް 2
- ފެމިލީ ހެލްތް ވޯކާރސް 2
- ފާމަސިސްޓްސް ރައްޔިތުންގެ1
- ދިވެހި ބޭސްވެރިން 4
[އުނިއިތުރު ގެންނަވާ] = މަނަދޫގެ ބިމާބެހޭ މަޢުލޫމާތު
- ގެވަޅުގެ ގޮތުގައި ދެވިފައިވާ ބިންބިމުގެ އަދަދު 319
- ގެދޮރު އިމާރާތްކޮށްފައިވާ ތަންތަން 237
- ގެދޮރު އިމާރާތް ނުކުރެވިހުރި ތަންތަން 1
- މަނަދޫގައި ގެވަޅު ލިބެންހުރި އަދަދު 784
- މިސްކިތް (އަންހެނުންގެ) 2
- މިސްކިތް (ފިރިހެނުންގެ) 2
[އުނިއިތުރު ގެންނަވާ] މަނަދޫގައި ދުއްވާ ވެހިކަލްތައް
- ބައިސްކަލް 88 އަމިއްލަ
- އެމްބިއުލާންސް 1 ސަރުކާރު
- ޕިކަޕް 2 އަމިއްލަ
- ބައިސްކަލް 5 (ސަރުކާރު)
- ސައިކަލް 7 (އަމިއްލަ)
[އުނިއިތުރު ގެންނަވާ] މަނަދޫގައި ދުއްވާ ކަނޑު އުޅަނދުފަހަރު
- ލޯންޗް 2 ރިސޯރޓްގައި ބޭނުންކުރާ
- ބޮއްކުރާ 5 ރިސޯރޓްގައި ބޭނުންކުރާ
- އިންޖީން ދޯނި 6 މަސްވެރިކަން
- ވަދު ދޯނި 11 މަސްވެރިކަން
- ރިޔާ ދޯނި 1 މަސްވެރިކަން
- ޔޮޓް ދޯނި 1 ރިސޯރޓްގައި ބޭނުންކުރާ
- ސަތަރި ދޯނި 6 މާލެއާއި އަތޮޅުތަކުގެއި ދުއްވުމަށް
[އުނިއިތުރު ގެންނަވާ] ބޮޑެތި ހާދިސާތައް
[އުނިއިތުރު ގެންނަވާ] ސުނާމީ ކާރިސާ
2004 ޑިސެމްބަރ 18 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މަނަދޫއަށްވެސް ރާޅު އަރާފައިވެއެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ. އަދި ސުނާމީއާ ގުޅިގެން މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނުކަމަކަށްވެސް ރެކޯޑް ކުރެވިފައެއްނުވެއެވެ. ގެލެރީގައި ސުނާމީ ކާރިސާގައި މަނަދޫއަށް ލިބުނު ގެއްލުންތައް ފެނިގެންދާނެއެވެ.
[އުނިއިތުރު ގެންނަވާ] މަނަދުއާ ގުޅޭ ލިންކްތައް
މަނަދޫލައިވްގެ ހޯމްޕޭޖް
ނ.އަތޮޅު އޮފީހުގެ ވެބްސައިޓް
--Allosaeed 05:27, 25 ޑިސެމްބަރު 2011 (UTC)