މަގޫދޫ (ފ. އަތޮޅު)

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

މަގޫދޫ މަގޫދޫ

ޚުލާސާ މައުލޫމާތު
އަތޮޅު ނިލަންދެއަތޮޅު އުތުރުބުރި
އޮންނަތަން
އަކަމިން
އާބާދީ 1633
ދިގުމިން 1175މ
ފުޅާމިން 725މ
މާލެ އާއި ހުރި ދުރުމިން 140ކމ
އިދާރީ މައުލޫމާތު
ރަށު ކަތީބު މޫސާ އަޙުމަދު
ރަށު އޮފީސް ފޯން ނަމްބަރު 6740521 (960+)
ރަށު ފެކްސް ނަމްބަރު 6740521 (960+)

މަގޫދޫއަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދޫގެ އިރުން އޮންނަ، މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން ދެވަނަ ރަށެވެ. 18 ޖެނުއަރީ 1999 ގައިއަތޮޅުވެރިކަން ސަރުކާރުން ނިލަންދުއަށް ބަދަލުކުރުމާއި ހަމައަށް އަތޮޅުވެރިކަން ކުރަމުން ދިޔައީ މިރަށުގައެވެ. މިރަށުގައި ވަރަށް ގިނަ ޒަމާންތަކެއް ވަންދެން އަތޮޅުވެރިކަން ކޮށްފައިވެފައެވެ.


އިގްތިޞާދު[އުނިއިތުރު ގެންނަވާ]

މަގޫދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި، ފަންގިވިނުމާއި، ވަޑާންކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި އަދި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.

މަގޫދޫގައި އެރަށުގެ ރައްޔިތުންގެ ނަމުގައި ރަނގަޅު ފެންވަރަކަށް ވިޔަފާރި ކުރަމުން ދެއެވެ. މި ވިޔަފާރިއަކީ މިރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގެ ގޮތުންނާއި، ރައްޔިތުންނަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން ކުރަމުންދާ ވިޔަފާރިއެކެވެ. މަގޫދޫ ރައްޔިތުންގެ ނަމުގައި ކުރަމުންދާ ވިޔަފާރިން ކާބޯތަކެއްޗާއި، ގޭސް އަދި ޢާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ލިބެން ހުރެއެވެ. މީގެ އިތުރުން ޑީސަލާއި، ޕެޓްރޯލާއި، ޑޮކްޓަރީ ބޭހަކީވެސް މިރަށުގެ ރައްޔިތުންގެ ނަމުގައި ކުރަމުންދާ ވިޔަފާރިއެކެވެ.

މަގޫދޫ އޮފީސް[އުނިއިތުރު ގެންނަވާ]

މިހާރު މަގޫދޫ އޮފީސް ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. މަގޫދޫ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީހުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެންނެވެ. އޭރުގެ ކުރިން މަގޫދޫ އޮފީސް ހިންގަމުން ގޮސްފައިވަނީ މަގޫދޫ ރައްޔިތުންގެ ޢިމާރާތެއްގައެވެ.

ތަޢުލީމު[އުނިއިތުރު ގެންނަވާ]

މަގޫދޫގައި 10 އޮކްޓޯބަރ 1971 ން ފެށިގެން މަގޫދޫ ސްކޫލުގެ ނަމުގައި ސްކޫލެއް ހިންގަން ފެށިފައި ވެއެވެ. މިސްކޫލު ބަދަލުވެފައިވަނީ ފަހުން މިއަތޮޅުގެ އަތޮޅުމަދަރުސާ އަށެވެ. އަތޮޅުމަދަރުސާ މަގޫދޫގައި ހުރި އިރު އަތޮޅުގެ އެކި ރަށްރަށުގެ ކުދިން އެމަދަރުސާގައި ތަޢުލީމު ޙާޞިލް ކުރަމުން ގޮސްފައި ވެއެވެ. ޖަޕާނު ސަރުކާރުން ފީއަލީގައި ޢިމާރާތްކޮށްދެއްވި މަދަރުސާއާއި ގުޅިގެން މަގޫދޫގައި ހުރި އަތޮޅުމަދަރުސާ ފީއައްޔަށް ސަރުކާރުން ބަދަލުކުރެއްވިއެވެ.

09 އޮކްޓޯބަރ 2003 ގައި މަގޫދޫ ސްކޫލު ސަރުކާރު ސްކޫލަކަށް ބަދަލުކުރެއްވުމާއި ހަމައަށް އެސްކޫލު ހިންގަމުން ގޮސްފައިވަނީ މަގޫދޫ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. މިރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން 2003 ވަނަ އަހަރު ސެކަންޑްރީއަށް ކިޔަވައިދޭންފެށި މިސްކޫލުގައި މިހާރު ގްރޭޑް 10 އަށް ކިޔަވައިދެމުން ދެއެވެ. އޭގެ ކުރިން މިސްކޫލުގައި ގްރޭޑް 5 ގެ ފެންވަރަށް އަދި ގްރޭޑް 7 ގެ ފެންވަރަށް އެކި ދުވަސްވަރު ކިޔަވައިދެމުން ގޮސްފައި ވެއެވެ. މިސްކޫލުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 2005 ގައެވެ. މަގޫދޫގައި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ޕްރީސްކޫލެއް ހިންގަމުން ދެއެވެ. މީގެ އިތުރުން އެރަށުގެ ބައެއް މީސްމީހުން ކުޑަކުދިންނަށް ކިޔަވައިދޭ ޤުރުއާން ކުލާސްވެސް ހިންގަމުން ދެއެވެ.


ޞިއްޙަތު[އުނިއިތުރު ގެންނަވާ]

މަގޫދުއަކީ މިއަތޮޅުގައި ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ލިބެންފެށި ފުރަތަމަ ރަށެވެ. މަގޫދުއަކީ ކުރިން އަތޮޅުވެރިކަން ކުރާ ރަށްކަމަށްވުމުންނާއި ޞިއްޙީމަރުކަޒު ހުރި ރަށްކަމަށްވުމުން އަތޮޅުގެ ހުރިހާ ރަށެއްގެ މީހުން ރަށުން ލިބެންނެތް ޞިއްޙީ ފަރުވާ ހޯދުމަށް ގޮސްއުޅެނީ މަގޫދުއަށެވެ. ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން ޞިއްޙީ ޚިދުމަތް ލިބެމުން ގޮސްފައިވަނީ އެކި ދުވަސްވަރު އެކި ވަރަށެވެ. އަތޮޅުގައި އެންމެ ފުރަތަމަ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށީވެސް މިމަރުކަޒުގައެވެ. އެއީ 1994 ވަނަ އަހަރުގައެވެ. މަގޫދޫ ޞިއްޙީ މަރުކަޒަކީ މިހާރު އަތޮޅު ހޮސްޕިޓަލް ފިޔަވައި ޞިއްޙީ ޚިދުމަތް އަތޮޅުގައި އެންމެ ރަނގަޅަށް ލިބެން ހުރި މަރުކަޒެވެ.

އެންމެ ކުރީގައި ޞިއްޙީ ޚިދުމަތް ދެމުން ދިޔައީ އަތޮޅު ރައްޔިތުންގެ ސިލްވަރސްޓަރ ޢިމާރާތުގައެވެ. މިހާރު ޞިއްޙީ މަރުކަޒު ހިންގަމުންދަނީ ރަނގަޅު ފެންވަރަކަށް ސަރުކާރުން އިމާރާތް ކޮށްދެއްވާފައިވާ އިމާރާތާއްގައެވެ. މިހާރު މަގޫދޫ ޞިއްޙީމަރުކަޒުގައި އީ.ސީ.ޖީ. ގެ ޚިދުމަތާއި ލެބޯރޓްރީގެ ޚިދުމަތް ލިބެން ހުރެއެވެ. ލެބޯރޓްރީގެ ޚިދުމަތްވެސް އަތޮޅުގައި އެންމެފުރަތަމަ ލިބެންފެށީ މިރަށު ޞިއްޙީމަރުކަޒުގައެވެ. އަދި މިމަރުކަޒުގައި 2004 ވަނަ އަހަރުން ފެށިގެން ތެލަސީމިއާ ކުދިންގެ ގަޔަށް ލޭ އެޅުމުގެ ޚިދުމަތް ލިބެން ހުރެއެވެ. މަގޫދުއަކީ އަތޮޅުގައި ދެވަނައަށް ތެލަސީމިއާ ކުދިން ގިނަ ރަށެވެ. މަގޫދޫގައި އެރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ބޭސްހޯދައި ދިނުމުގެ ގޮތުން މިރަށުގެ ރައްޔިތުން ހިންގާ ބޭސްފިހާރައެއް ހުރެއެވެ. ޑޮކްޓަރީ ބޭހުގެ ޚިދުމަތް އަތޮޅުގައި ލިބެންފެށި ފުރަތަމަ ރަށަކީވެސް މަގޫދޫއެވެ.


ކަރަންޓް[އުނިއިތުރު ގެންނަވާ]

ފ.މަގޫދޫގެ މަތިން ނަގާފައިވާ މަންޒަރެއް

މިރަށުގައި އެންމެފުރަތަމަ ކަރަންޓުގެ ޚިދުމަތް ދޭންފެށީ 1985 ވަނަ އަހަރު ރައްޔިތުންގެ ގޮތުންނެވެ. އެއީ 5 ކިލޯގެ ޖަނަރޭޓަރަކުންނެވެ. އޭރު ކަރަންޓުގެ ޚިދުމަތް ދެމުން ދިޔައީ ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ރައްޔިތުންނަށް ދެމުންދިޔަ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް 30 އޯގަސްޓް 1992 ގައި 24 ގަޑި އިރަށް ކަރަންޓުގެ ޚިދުމަތްދޭން ފެށިފައި ވެއެވެ. މިރަށަކީ ރައްޔިތުންގެ ގޮތުން މިއަތޮޅުގައި އެންމެ ފުރަތަމަ 24 ގަޑިއިރަށް ކަރަންޓެދޭންފެށި ފުރަތަމަ ރަށެވެ. މިރަށުގެ ކަރަންޓްގެ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަތި އެހީތަކެއް ވެދެއްވާފައި ވުމުގެއިތުރުން އަމިއްލަ ބައެއް ފަރާތްތަކުންވެސް އެހީވެ ދެއްވާފައި ވެއެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް