ފޭދޫ (ށ. އަތޮޅު)

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

މި ރަށަކީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.

ރަށާބެހޭ މަޢުލޫމާތު:[އުނިއިތުރު ގެންނަވާ]

މިރަށަކީ 81.73 ހެކްޓަރގެ ބޮޑުރަށެކެވެ. މިރަށާއި ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާއި ދެމެދުގައި ހުންނަނީ 245.90 km އެވެ. މިރަށުގެ އާބާދީ 2008 އޮކްޓޯބަރގެ ނިޔަލަށް 535 އަންހެނުންނާއި، 591 ފިރިހެނުންނާއި، އެކު ޖުމްލަ 1126 އެވެ.

ދިރިއުޅުމުގެ އިޖުތިމާއީ ހާލަތު:[އުނިއިތުރު ގެންނަވާ]

މިރަށު މީހުން ދިރިއުޅުމަށްޓަކައި މައިގަނޑުގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމާއި، އިމާރާތްކުރުމާއި، ތެދުވި ވަޑާންކުރުމާއި، ފަންގިވިނުމާއި، ފަތުރުވެރިކަމުގެ ދާއިރާ މަސައްކަތްކުރުމެވެ. އަދި މީގެ އިތުރުން ކޮންމެވެސް ވަރަކަށް ދަނޑުވެރިކަންވެސްކުރެއެވެ.މިރަށުގައި ވިޔަފާރިކުރާ 14 ތަނާއި، 2 ސައިހޮޓަލާއި، 1 ފާމަސީ ހުރެއެވެ.

ދިރިއުޅުމުގެ އަސާސީ ހާލަތު:[އުނިއިތުރު ގެންނަވާ]

1997 ވަނަ އަހަރުން ފެށިގެން މިރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދެނީ ރައްޔިތުންގެ އިންޖީނުގެ އަކުންނެވެ. މިއިންޖީނުގޭގައި 24 ގަޑިއިރަށް ކަރަންޓްގެ ހިދުމަތް ދިނުމަށްޓަކައި 128 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި، 80 ކިލޯ ވޯޓުގެ ޖަނަރޭޓަކާއި، 60 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ދަނީ ބޭނުންކުރަމުންނެވެ. އަދި މިއިންޖީނުގެ ބެލެހެއްޓުމަށްޓަކައި 3 މުވައްޒަފުން ތިބެއެވެ. މިރަށުގެ ރައްޔިތުން ބޯފެން ރައްކާކުރުމަށްޓަކައި 2008 ވަނަ އަހަރު ސަރުކާރުން މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 2500 ލީޓަރގެ ކަޅު ހަމެއް ފޯރުކޮށްދީފައިވެއެވެ. އަދި މީގެ އިތުރުން ށ.އަތޮޅުގެ ތަރައްގީ ޕްރޮގުރާމް ދަށުން ޔޫ.އެން.ޑީ.ޕީ.ގެ އެހީގެ ދަށުން 2001 ވަނަ އަހަރު 2500 ލީޓަރގެ 14 ކަޅުހަން ބެހެއްޓިފައިވެއެވެ. މިރަށުގައި ކުނި ނައްތާލުމަށްޓަކައި ވަކި ނިޒާމެއް (ކުނި ކޮއްޓެއް) ގާއިމު ކުރެވިފައެއް އަދި ނެތެވެ.


ސިއްހީ ދާއިރާ:[އުނިއިތުރު ގެންނަވާ]

1993ވަނަ އަހަރުން ފެށިގެން މިރަށުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ދެމުންއައީ 1 އާއިލާގެ އެހީތެރިއެއް ހުރެގެންނެވެ. އެހެންނަމަވެސް 20 އޭޕްރީލް 2007 ގައި މިރަށުގައި ވަނީ ސިއްހީ މަރުކަޒެއް ހުޅުވާފައެވެ. މިސިއްހީ މަރުކަޒުގައި މިހާރު 1 ޑޮކްޓަރާއި، 2 ނަރުހުންނާއިއެކު ޖުމްލަ 17 މުވައްޒަފުން، 8 ގަޑިއިރުގެ ހިދުމަތް ދަނީ ރަށުގެ ރައްޔިތުންނަށް ދެމުންނެވެ.


ތަޢުލީމީ ދާއިރާ:[އުނިއިތުރު ގެންނަވާ]

މިރަށަކީ ތަޢުލީމީގޮތުން ބަލާއިރު ވަރަށް ދަށުގައި އުޅޭ ރަށެކެވެ. އެހެންނަމަވެސް 2007 ވަނަ އަހަރުން ފެށިގެން މިރަށު ސްކޫލަކީވެސް ކޭމްބުރިޖް އިމްތިހާން ހަދަމުން އަންނަ ސްކޫލެކެވެ. މިސްކޫލްގައި 37 މުވައްޒަފުން އުޅެއެވެ. މިސްކޫލްގައި 125 ފިރިހެން ކުދިންނާއި، 101 އަންހެން ކުދިންނާއިއެކު ޖުމްލަ 226 ކިޔަވާ ދަރިވަރުން އުޅެއެވެ.


މީހުން[އުނިއިތުރު ގެންނަވާ]

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.

އިތުރުފާލަންތައް[އުނިއިތުރު ގެންނަވާ]

ށ.އަތޮޅު އޮފީހުގެ ވެބްސައިޓް



ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް