ނޭފަތުގެ މަގު
Appearance
ނޭފަތުގެ މަގު | |
---|---|
Head and neck. | |
Conducting passages | |
Latin | cavum nasi |
Gray's | subject #223 994 |
MeSH | Nasal+Cavity |
ނޭފަތުގެ މަގު ނުވަތަ (އިނގިރޭސި ބަހުން: nasal cavity) އަކީ ނޭފަތުގެ ހިނދުރީގެ އެތެރެއެވެ. މިއީ މޫނުގެ މެދުގައި ނޭފަތުގެ ތެރޭގައި ވައި ޖަމާވެފައި ހުންނަ ތަނެކެވެ. ނޭވާލުމުގެ ތެރޭގައި ނޭފަތުގެ މަގު ހުރަސްކޮށް ވައި ދައުރުވާ ދައުރުވުމުގައި އެވައި ފިނި ނުވަތަ މަޑު ތެތްކަމެއް ހުންނަ އެއްޗަކަށް ހަދައެވެ. އަދި މިހިސާބުގައި ހިމެނޭ ކުދިކުދި ލޯލި އިސްތަށި ތަކުގެ އެހީގައި ވައިގެ ތެރޭގައި ހިމެނޭ ހިރަފުހާއި، އެހެނިހެން ހަށިގަނޑާ ބީރައްޓަހި މާއްދާތައް ވަކިކޮށް ހަށިގަނޑުން ބޭރުކުރުވައެވެ. ހަމަ މިގޮތަށް ނޭފަތުގެ މަގުގައި އުފެދޭ ދަވަ މިބުނި ލޯލި އިސްތަށި ތަކުގެ އެހީގައި ފަހަތަށް ގެންގޮސް އަރުތެރެއަށް ފޯރުކުރުވައި، ދިރުވާލައެވެ.