Jump to content

ހުރަސް ފަލަ ގޮހޮރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ހުރަސް ފަލަ ގޮހޮރު
1: Ascending colon
2: Transverse colon
3: Descending colon
4: Sigmoid colon
5: Rectum
Front of abdomen, showing surface markings for liver, stomach, and great intestine.
Latin colon transversum
Gray's subject #249 1180
Artery Middle colic artery
Vein Middle colic vein
Precursor Midgut (first 2/3) Hindgut (last 1/3)
Dorlands/Elsevier c_47/14169300

ހުރަސް ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Transverse colon) އަކީ ފަލަ ގޮހޮރުގައި މައްޗަށްއަރާ ފަލަ ގޮހޮރު ނިމޭ ހިސާބުން ފެށިގެން ހުރަހަށް ހަށިގަނޑުގެ ކަނާތުން ވާތަށްވާ ގޮތަށް ތިރިއަށްފައިބާ ފަލަ ގޮހޮރުގެ ފެށުމާއި ހަމައަށް އޮންނަ ބައެވެ. ހުރަސް ފަލަ ގޮހޮރުގެ ކުރިމަތިން މައިދާއާއި ހުރަސް ފަލަ ގޮހޮރު ވަނީ ގްރޭޓަރ އޯމެންޓަމް(އިނގިރޭސި ބަހުން: Greater omentum) އޭ ކިޔާ ޕެރިޓޯނިއަމް ފޯލްޑް އަކުން ގުޅިފައެވެ. ހުރަސް ފަލަ ގޮހޮރު އަކީ ފަލަ ގޮހޮރު ގައި ހިމެނޭ އެންމެ ދިގު، އަދި އެންމެ ހަރަކާތްކުރާ ބައެވެ. މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށްކިޔަނީ ހިޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure) އެވެ. ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަން އަށް ކިޔަނީ ސްޕްލީނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އެވެ. އެހެންކަމުން ހުރަސް ފަލަ ގޮހޮރު އޮންނާނީ ހަށިގަނޑުގެ ހުރަހަށްވާގޮތަށް ހިޕަޓިކް ފްލެކްޝަރ އާއި ސްޕްލީނިކް ފްލެކްޝަރ އާއި ދެމެދުގައެވެ.

ހުރަސް ފަލަ ގޮހޮރު ފެށޭ ހިސާބުން އޭގެ ފަހަތް އޮންނަނީ ޑުއަޑީނަމްގެ ދެވަނަ ބައި، އަދި ޗިސްމޭގެ ބޯގައި ޖެހިފައެވެ. މާނައަކީ ހުރަސް ފަލަ ގޮހޮރު އޮންނާނީ މިބުނި ދެބައިގެ ކުރިމަތިންނެވެ. ހުރަސް ފަލަ ގޮހޮރުގެ މިބުނި ހިސާބު ނޫން އެހެން ހުރިހާ ހިސާބެއް ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ.