Zakat

ވިކިޕީޑިއާ އިންވިކިޕީޑިއާ

== صدقات ދަރުމަޔާއި ޘަވާބަށް އެދިﷲގެ ވަޖްހުފުޅަށްޓަކައި ތިމާގެ މުދަލުން ހޭދަކުރުމަކީ ޞަދަޤާތް ކުރުމެވެ. ޞަދަޤާތް ދިނުމަކީ އިސްލާމްދީނުގައި އެކަމަށް ބާރުއަޅުއްވާފައިވާ އަޅުކަމެކެވެ. އެއީ މިހާގެ ކިބައިގައި އީމާންކަން ވާކަމުގެ ޢަލާމަތަކެވެ.ނުވަތަ ޤިޔާމަތްދުވަހު އެނާއަށްޓަކައިވާ ދަލީލެކެވެ. އަބޫ މުސަލް ޢަޝްއަރީ އަރިހުން ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަަ ހަދީޡްފުޅު ކުރެއްވިކަމަށް ދިގު ރިވާޔަތެއް އައިސްފައިވެއެވެ. އޭގައި ޞަދަޤާތާއި ބެހޭގޮތުން އައިސްފައިވަނީ "...والصد قة برهان ..." (رواه مسلم) މާނައީ : "ޞަދަޤާތަކީ ދަލީލަކެވެ." ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ކީރިތި މޫރިތި ފޮތުގައި ވަޙީ ކުރައްވަނީ: آَمِنُوا بِاللَّهِ وَرَسُولِهِ وَأَنْفِقُوا مِمَّا جَعَلَكُمْ مُسْتَخْلَفِينَ فِيهِ فَالَّذِينَ آَمَنُوا مِنْكُمْ وَأَنْفَقُوا لَهُمْ أَجْرٌ كَبِيرٌ (7) (سورةالحديد 7)މާނައީ :ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ. އަދި، އެތަކެއްޗާމެދު، ޚަލީފާކުރެވިގެންވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ލައްވާފައިވާ ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، އަދި ހޭދަކުރާމީހުން އެބައިމީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުއްޓެވެ. ޝައްކެތްނެތް ގޮތުގައި މިއާޔަތުގައި ﷲއަށާއި އެއިލާހުގެ ރަސޫލާއަށް އީމާންވުމަށް އަންގަވައި އެއާއި ވިދިގެން މުދަލުންހޭދަކުރުމަށް އަންގަވާފައިވާވުމުން ހާމަކޮށްދެނީ އިސްލާމްދީން ހޭދަކުރުމަށް ބާރުއަޅާމިންވަރެވެ. އަދި ހޭދަކުރުމުގެ މަތިވެރިކަމެވެ. ހަދާންކުރަންޖެހޭ ކަމަކީ އަޅުގަނޑުމެންނާ ޙަވާލު ކުރައްވާ މުދަލަކީ އަޅުގަނޑުމެންގެ އަތުގައި ދާއިމަށް ހުންނާނެ ތަކެއްޗެއް ނޫންކަމެވެ. އެމުދަލަކީ ކުރީގައި އެހެން ބައެއްގެ އަތްމަތީގައިވީ މުދަލެކެވެ. އަދި މާދަމާ އަޅުގަނޑުމެންގެ އަތުން އެހެންބަޔަކަށް ވާރުތަވާނެ މުދަލެކެވެ. އަޅުގަނޑުމެންނަށް އޮތީ މިއަދު ﷲއަށް ކިޔަމަންތެރިކަން އަދާކޮށް އެމުދަލުން ހޭދަކުރުމެވެ. އެހެން ނޫންނަމަ މާދަމާ އެމުދާ ވާރުތަވާ މީހުން އެމުދާ ﷲއަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ބަދަލުގައި އުފާވެރިކަން ލިބި ދުނިޔެއާއި އާޚިރަތުގެ ނަސީބުވެރިންނަށް ވެގެން ހިނގައިދާނެއެވެ. އަދި އަޅުގަނޑުމެންގެ ޖާހިލުކަމުގެ ނަތީޖާއަކަށް ވާނީ ﷲގެ ޢަޒާބަށް ހުށަހެޅިގެން ދިއުމެވެ. އަދިވެސް އެއިލާހް ވަޙީކުރެއްވިއެވެ. وَمَا لَكُمْ أَلَّا تُنْفِقُوا فِي سَبِيلِ اللَّهِ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ لَا يَسْتَوِي مِنْكُمْ مَنْ أَنْفَقَ مِنْ قَبْلِ الْفَتْحِ وَقَاتَلَ أُولَئِكَ أَعْظَمُ دَرَجَةً مِنَ الَّذِينَ أَنْفَقُوا مِنْ بَعْدُ وَقَاتَلُوا وَكُلًّا وَعَدَ اللَّهُ الْحُسْنَى وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (سورةالحديد 10) މާނައީ : އަދި ތިޔަބައިމީހުން މާތްﷲގެ މަގުގައި ހޭދަ ނުކުރަންވީ ކީއްވެގެންހޭ؟ އުޑުތަކާއި ބިމުގެ ވާރުތަވުން މާތްﷲއަށް މިލްކުވެވޮޑިގެންވެއެވެ. (މައްކާ) ފަތަހަވުމުގެ ކުރީން ހޭދަކޮށް އަދި ހަނގުރާމަކޮށް އުޅުނުމީހުން ( އެނޫންމީހުންނާއި) ހަމަހަމަވެގެންނުވެއެވެ. ފަހުން ހޭދަކޮށް ، އަދި ހަނގުރާމަ ކުޅަމީހުންނަށްވުރެން ދަރަޖައިގެ ގޮތުން އެބައިމީހުން މާތްކަން ބޮޑެވެ. ކޮންމެ ބަޔަކަށްމެ ހެޔޮގޮތް މާތްﷲ ދަރުމަކުރައްވައިފައިވެއެވެ. މާތﷲއީ ތިޔަބައި މީހުން ޢަމަލުކުރާގޮތުގެ ޚަބަރު ދެނެވޮޑިގެންވާ އިލާހެއެވެ. ޞަދަޤާތް ދިނުމަށް ފަސް ޖެހި ދަހިވެތިވާ މީހުންނަށް އިންޒާރު ކުރައްވަމުން ﷲ ވަޙީކުރައްވަނީ: وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آَتَاهُمُ اللَّهُ مِنْ فَضْلِهِ هُوَ خَيْرًا لَهُمْ بَلْ هُوَ شَرٌّ لَهُمْ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (سورةالعمران 180) މާނައި : މާތްﷲ އެކަލާނގެ ދަރުމަވަންތަވެރިކަމުގެ ތެރެއިން، އެބައިމީހުންނަށް ދެއްވި ތަކެތީން ދަހިވެތިވާ މީހުން، އެއީ އެބައިމީހުންނަށްހުރި ހެޔޮކަމެއްކަމުގައި ހީނުކުރާހުށިކަމެވެ. އަދި ކިއެއްތަ، އެއީ އެބައިމީހުންނަށްހުރި ނުބައިކަމަކެކެވެ. އެބައިމީހުން ދަހިވެތިވާ ތަކެތި ޤިޔާމަތް ދުވަހުން އެބައިމީހުން ކަރުގައި އެޅުވޭ ހުއްޓެއެވެ. އުޑުތަކާއި ބިމުގެ ވާރުތަވުން ވަނީ މާތްﷲއަށެވެ. ތިޔަބައިމީހުން ޢަމަލުކުރާގޮތުގެ ޚަބަރު މާތްﷲ ދެނެވޮޑިގެންވެއެވެ. އިސްވެދިޔަ އާޔަތްތަކުން ހާމަވެގެން ދިޔައީ ޞަދަޤާތް ދިނުމަށް އިސްލާމް ދީން ބާރު އަޅާމިންވަރެވެ. އަދި މި މަތިވެރި އަޅުކަމުން ލިބެން ހުރި ދަރުމައިގެ ބޮޑުކަމެވެ. އަދި މިއަޅުކަން އަދާކުރަން ފަސްޖެހޭމީހުންނަށް ހުރި އިންޒާރުގެ ބަސްފުޅުތަކެވެ. މިފަދަ މާތް މަތިވެރި އަދި މުހިންމު އަޅުކަމެއް ކުރުމުގެ މަގު ތަނަވަސް ވެގެން ވަނީ ހަމަ އެކަނި ތަނަވަސް ކަމުގެ އަހުލުވެރިންނަށް އެކަންޏެއް ނޫނެވެ. އިސްލާމްދީނަކީ ހަމަހަމަ ކަމުގެ ދީނެވެ. އެހެންކަމުން މިދީނުގައި ހެޔޮޢަމަލު ކުރުމުގެ ފުރުޞަތު ވަނީ މުއްސަދިންނާއި ފަޤީރުން ތަފާތު ނުވާގޮތުގެ މަތިން ފުޅާކޮށް ހުޅުވިގެންނެވެ. އެމީހަކަށް ލިބިގެންވާ ފައިސާގެ މަދުކަމުގެ ސަބަބުން ޞަދަޤާތް ދިނުމުގެ މަގު ބަންދެއް ނުވެއެވެ. އިންސާނާގެ ކޮންމެ ގުނަވަނަކަށް ޞަދަޤާތެއްވެއެވެ.ކިރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ. " يصبح على كلّ سلامى من أحدكمْ صَدَقَة، فَكُلُّ تَسْبِيْحَةٍ صَدَقَةُ وَكُلُّ تحْمِيْدَةٍ صَدَقَةٌ ، وَكُلُّ تَهْلِيلَةٍ صَدَقَةٌ ، وَكُلُّ تَكْبِيْرَةٍ صَدَقَةٌ، وَأمْرٌ بالمَعْرُوفِ صَدَقَةٌ، وَنَهْىُ عن المُنكرِ صَدَقَةٌ ، وَيجْزِئُ من ذللكَ ركْعَتانِ يرْ كعُهُمَا الضُّحى (مسلم)1 މަނާއި: (ﷲ ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުކުރުމުގެ ގޮތުން) ތިޔަބައިމީހުންކުރެ ކޮންމެ މީހަކުވެސް ގަދަވެ ސަލާމަތުންހުރެ ، އާ ހެނދުނަކާ ކުރިމަތިލާހިނދު ، ތިޔަބައިމީހުންކުރެ ކޮންމެ މީހެއްގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ކުރަންޖެހޭ ޞަދަޤާތެއްވެއެވެ.ފަހެ سبحانالله ކިޔުމީ ޞަދަޤާތެެކެވެ. އަދި الحمدلله ކިޔުމީ ޞަދަޤާތެކެވެ.އަދި لاإله إلاّالله ކިޔުމީ ޞަދަޤާތެކެވެ. الله أكبر ކިޔުމީ ޞަދަޤާތެކެވެ. އަދި ހެޔޮކަންތައް އަމުރުކުރުމީ ޞަދަޤާތެކެވެ. އަދި މުންކަރާތްތައް ނަހީކުރުމަކީ ޞަދަޤާތެކެވެ. އެކަންކަމުގެ ބަދަލުގައި ދެ ރަކުޢަތްއެއް ކުރުމުން ފުދޭ، ދެ ރަކުޢަތްއް ވެއެވެ. އެއީ ޟުހާވަގުތުގައި ކުރާ ދެ ރަކްޢަތެވެ.(ދީނުގެމަގު،19ސެޕްޓމްބަރ 2003) އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ.

تَبَسُّمُكَ فى وجُهِ أَخِيْكَ صَدَقةٌ وَأَمْرُكَ باِلْمَعْرُوفِ صَدَقةٌ وَإِمَا طَتُكَ لأَذَى وَالشَّوكَ وَالعَظْمَ عِنِ الطَّريقِ للكَ صَدَقةٌ وَإِفْراغُكَ مِنْ دَلْوِكَ فى دَلْوِ أَخِيْكَ لَك صَدَقةٌ وَبَصَرُكَ لِلرَّجُلِ الرَّدِى ءِالبَصَرِلَكَ صَدَقةٌ (البخارى) މާނައީ : ތިބާގެ އަޚާގެ ކުރިމަތީ ހިނިތުންވެލާ ހިނތުންވުމަކީ ޞަދަޤާތެކެވެ. ތިބާ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާ ކުރާކުރުމަކީ ޞަދަޤާތެކެވެ. މަގުމަތިން އުދަގުލާއި ކަށި އެއްފަރާތަކަށްލާ ލުމަކީ އިބައަށް ލިބިގެންވާ ޞަދަޤާތެކެވެ.އިބަގެ އަޚާގެ ދާންޏަށް ފެންފުރާދޭ ދިނުމަކީ ޞަދަޤާތެކެވެ. ލޯކޮށިމީހަކަށް އިބަގެ ލޮލުން އެހީވެދޭ އެހީދިނުމަކީ ޞަދަޤާތެކެވެ. ( އިސްލާމީ އަހްލާޤް 1،)

ވީމާ ކޮންމެ ހެޔޮކަމަކީ ޞަދަޤާތެކެވެ. މުއްސަންޖަކު އޭނާގެ މުދަލުން ދީލަތިކަމާއެކު ކުރާ ހޭދައަށް ޘަވާބާއި ދަރުމަ ލިބޭފަދައިން ފަޤީރު ނިކަމެއްޗަކު އެނިޔަތުގައި ކުރާ ހެޔޮޢަމަލަށް ދަރުމަ ދެއްވައެވެ. އޭނާ ދުލުން ކިޔާ ޒިކުރު ތަކާއި އަދި ހެޔޮކަންތަކަށް އަމުރު ކުރާ ކުރުމާއި އަދި މުންކަރާތްތައް މަނާކުރާކުރުމާއި އެހެންމީހުންނަށް އެހީތެރިވެދޭ އެހީތެރިވެދިނުން ވެސް ހިމެނެނީ ޞަދަޤާތުގެ ތެރޭގައެވެ. އަދި ﷲއަށާއި އެއިލާހުގެ ރަސޫލާއަށް ފުރިހަމައަށް އީމާންވާ ކޮންމެ މުސްލިމަކު މިމަތިވެރި އަޅުކަމަށް ރައްކާތެރިވުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. ޞަދަޤާތުން ލިބޭ ފައިދާ ޞަދަޤާތަކީ ޞަދަޤާތްކުރާމީހާއަށް ދުނިޔެއާއި އާޚިރަތުގައި ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭކަމެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ ޞަދަޤާތްދޭ މީހާގެ މުދަލުގައި ބަރަކާތްލައްވައި އަދިއެމީހާއަށް އިތުރު ތަނަވަސްކަން ދެއްވައި ޤިޔާމަތްދުވަހު ބޮޑުވެގެންވާ ޘަވާބާއި ދަރުމަ ދެއްވުމަށް ވަޢުދުވޮޑިގެންފައެވެ. އެހެންކަމުން މިތަނުގައި އެފަދަ ބައެއް ފައިދާތައް ހުށަހަޅާލާނަމެވެ. ޞަދަޤާތަށް ދެވޭއެއްޗެއްގެ ޘަވާބު އެތަށް ގުނައަކަށް އިތުރުކޮށްދެއްވާ އުމަރު ބުން ޚައްޠާބުގެ ހަލީފާކަމުގެ ދުވަސްވަރެވެ. މީސްތަކުންނަށް ނުލާހިކުބޮޑު ތަދުމަޑުދުވަސްވަރެއްއައެވެ. އެދުވަސްވަރުގައި ޝާމްކަރައިން ޢުޘްމާން ބިން ޢައްފާންގެ ޤާފިލާއެއް 1000 ޖަމަލުގެ ސާމާނު ހިފައިގެން އައެވެ. ކެއުމާއި އަންނައުނާއި އެނޫންވެސް ސާމާނެވެ. ވިޔަފާރިވެރިން ޢުޘްމާނުގެފާނު އަރިހުން ބޮޑުއަގުގައި އެމުދާގަންނަން ދިޔައެވެ. އަދި ފައިދާގެ %5 އެކަލޭގެފާނަށް ދޭންވެސްބުންޏެވެ. ޖަވާބުގައި އެކަލެގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް 700 ދީނާރަށްވުރެ ގިނައިންދީފާނެކަމުގައި މީހަކު ބުނާނަމަ ކަލޭމެން ބުނާނީ ކީކޭހެއްޔެވެ؟އެމީހުންދެންނެވިއެވެ. ތިމަންމެން ބޭކަލުންނަކީ މަދީނާގެ ވިޔަފާރިވެރިންނެވެ. ކަލޭގެފާނު އަތުން ތިހާ އަނގުބޮޑުކޮށް ގަންނަން އުޅެނީ ކާކުހެއްޔެވެ.؟ އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ މަގުގައި މުދާ ހޭދަކުރާމީހާ ހިތްވަރުދެއްވުމަށްޓަކައި ކީރިތި ޤުރުއާނުގައި މިސާލު ޖައްސަވާފައި ﷲ ވަޙީކުރައްވަނީ

مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِئَةُ حَبَّةٍ وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ  (البقرة : 261) މާނައީ: "އެބައިމީހުންގެ މުދަލުން ﷲގެ މަގުގައި ހޭދަކުރާ މީހުންގެ މިސާލަކީ ، ކޮންމެ ކުރާގަޑެއްގައި ސަތޭކަ އޮށްޓަރު ޝާމިލުވެގެންވާ ހަތްކުރާގަނޑު އުފައްދާ އޮއްޓަރެއްގެ މިސާލެވެ.އަދި މާތްﷲ އެކަލާނގެ އިރާދަކުރައްވައިފި އަޅަކަށް އިތުރު ކޮށްދެއްވައެވެ. އަދިﷲ އީ ތަނަވަސްވެވޮޑިގެންވާ މޮޅަށްދެނެވޮޑިގެންވާ އިލާހެއެވެ."  
 ދެން އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ވިޔަފާރިވެރިންނޭވެ! ކަލޭމެންގެ ތެރޭގައި މިއަށްވުރެ އިތުރަށް ދޭނެމީހަކު އެބައުޅޭހެއްޔެވެ؟ ތިމަންކަލޭގެފާނު ކަލޭމެން ހެކިކޮށް ވިދާޅުވަމެވެ. މިހުރިހާ މުދަލެއް މަދީނާގެ ފަޤީރުންނަށް ޞަދަޤާތެއްގެ ގޮތުގައި ދޫކުރައްވައިފީމެވެ. އެކަލޭގެފާނު ބޭނުންވެވަޑައިގަތީ އެމުދަލުގެ ފައިދާ އެތަށްގުނައަކަށް އިތުރުވެވުމަށެވެ. އަދި ﷲއާއި ބައްދަލުވަންދެން އެއިލާހުގެ ޙަޟްރަތުގައި ސަލާމަތްތެރިކަމާއެކު ރައްކާކުރުމަށެވެ. އާދެ އުޘްމާނުގެފާނު އެދެއްކެވި ނަމޫނާއަކީ ޤިޔާމަތާ ހަމަޔަށް މީހުން އެކަލޭގެފާނުގެ ދީލަތިކަމުގެ ވާހަކަ ދައްކާނެ ނަމޫނާއެކެވެ. އެކަލޭގެފާނު އެމުދާ ޞަދަޤާތްކުރުމުން ލިބުނު ބޮޑުފައިދާއަކީ އާޚިރަތްދުވަހު އެކަނި ލިބޭނެ ފައިދާއެއް ނޫނެވެ. ދުނިޔެމަތީންވެސް އެކަލޭގެފާނުގެ މުދަލުގައި ބަރަކާތްލައްވައި ތަނަވަސްކަން ވަނީ އިތުރުވެފައެވެ. (ދީނީތަޤުރީރް 5، 19 ޖޫން 1991)

މީގެ އިތުރުން ހެޔޮޢަމަލު ކުރާމީހުންގެ ހެޔޮޢަމަލުތައް ހަތްސަތޭކަގުނައަށް އިތުރު ކުރައްވާކަން ކީރިތި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ސުންނަތުން ވެސް ސާބިތުވެއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. އެއްދުވަހަކު މީހަކު ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމަގެ އަރިހަށް ޖަމަލެއް އޭގެ ލަގަނާއެކު ގެނައެވެ. އަދި ދެންނެވިއެވެ.

"އޭ ﷲގެ ރަސޫލާއެވެ1 މިއީ ﷲއަށްޓަކައެވެ." ﷲގެ ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ."ތިބާއަށް ޤިޔާމަތްދުވަހު 700 ޖަމަލު ޘަވާބުގެ ގޮތުގައި ލިބޭނެއެވެ." (މުސްލިމް)

ޞަދަޤާތް ދިނުމަކީ ފާފަތައް ފޮހެވި ޢަޒާބުން ސަލާމަތްވާކަމެއް ﷲ ވަޙީ ކުރައްވަނީ:

خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ إِنَّ صَلَاتَكَ سَكَنٌ لَهُمْ وَاللَّهُ سَمِيعٌ عَلِيمٌ (التوبة : 103)   މާނައީ : އޭގެ ސަބަބުން އެބައިމީހުންގެ ފާފަތަކުން އެބައިމީހުން ސާފްވެ ޠާހިރުވާނޭ، އަދި އެބައިމީހުންނަށް ހެއުކަންތައް އިތުރުވާނޭ ޞަދަޤާތެއް އެބައިމީހުންގެ މުދަލުގެ ތެރެއިން ކަލޭގެފާނު ހިއްޕަވާށެވެ.އަދި އެބައިމީހުންނަށްޓަކައި، ކަލޭގޭފާނު ހެޔޮ ދުޢާފުޅުކުރައްވާށެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ހެޔޮދުޢާފުޅަކީ އެބައިމީހުންނަށް ރަޙްމަތަކެވެ.މާތްﷲއީ އައްސަވާވޮޑިގެންވާ، ދެނެވޮޑިގެންވާރަސްކަލާނގެއެވެ.

މިއާޔަތުގައި ﷲސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ނަބިއްޔާއަށް އަމުރު ކުރައްވަނީ މުސްލިމުންގެ ފައިސާއިން އެބައިމީހުން ފާފަތަކުން ޠާހިރު ކުރުމަށްޓަކައި ޞަދަޤާތް ނެންގެވުމަށެވެ. "وَصَلِّ عَلَيْهِمْ" އަދި އެބައިމީހުންގެ ފާފަ ފުއްސަވައި ދެއްވާތޯ ދުޢާކޮށް ދެއްވުމަށެވެ. އަދިވެސް ވަޙީ ކުރައްވަނީ: إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (سورةالبقرة 271 ) މަނައީ: ކަލޭމެން ޞަދަޤާތްދީ އުޅެނީ ފައުޅުގައި ކަމުގައިވިއަސްއެންމެ ރަންގަޅެވެ. އަދ، އެކަން ސިއްރުކޮށް އެކަމަށް އެކަށީގެންވާ ފަޤީރުންނަށް ދެނީނަމަ އެގޮތް ކަލޭމެންނަށްޓަކައި މާ މޮޅެވެ. އަދި ދަންނައެ! ޞަދަޤާތްދީ އުޅުމަކީ ކަލޭމެންކޮށްފައިވާ އެތައް އެތައް ފާފައެއް ފޮހެވިގެންދާކަމަކެވެ. އަދި ދަނެއު! ކަލޭމެންކޮށް އުޅޭހައިކަމެއް މާތްﷲ އެގިވޮޑިގަންނަވަތެއެވެ. ﷲ ސުބުޙާނަހޫވަތަޢާލާވަނީ ފަޤީރުންނަށާއި ނިކަމެތިންނަށް ޞަދަޤާތްކުރާމީހާގެ ފާފަތައް ފުއްސަވާދެއްވާނެކަމަށް ވަޢުދުވެ ވޮޑިގެންފައެވެ. ޞަދަޤާތަކީ އެ އިލާހް ލޯބޮވޮޑިގެންވާ ޝަރަފްވެރި ޢަމަލެއްކަމަށް އިޝާރަތް ކުރައްވައި ސިފަކުރައްވާފައިވަނީ "ރިވެތިވެގެންވާ ދަރަނި" ގޮތުގައެވެ. "ރިވެތިވެގެންވާ ދަރަންޏޭ ކިޔަނީ އެދަރަންޏަކުން ތިމާއަށް ފައިދާއެއްވުމުގެ އެދުމެއްނެތި، އަދި ގެއްލުންވިޔަސް ވަރިހަމަގޮތުގައި، ހަމައެކަނި ﷲއަށްޓަކައި ދޭ ދަރަންޏެވެ"( ޤުރުއާނުގެ ދިވެހި ތަރުޖަމާ ) މިަކަމަށް އިޝާރާތް ކުރައްވާ ﷲ ވަޙީކުރައްވަނީ:

   •           (التغابن: 18)  މަނައީ: މާތްﷲ ހަޟުރަތަށް (ދޭ ދަރަންޏަށް ފަދައިން) ހެޔޮކަންމަތީ ތިޔަބައި މީހުން ޞަދަޤާތްކޮށްފިނަމަ އެދަރަނި ނުވަތަ އޭގެ ޘަވާބު ތިޔަބައިމީހުންނަށް އެކަލާނގެ އެތައްބައެއް ގިނަ ކުރައްވާނެތެއެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. އަދި މާތްﷲއީ ކިޔަމަންތެރި އަޅުންނަށް ސަވާބުދެއްވާ ޙިލްމުވަންތަ ކަލާނގެއެވެ.

އަދިއްޔު ބިން ހާތިމް ރަޟިޔަﷲ ޢަންހު ގެ ކިބއިން ރިވާވެގެންވެެއެވެ. ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ.

إتقوا النَارَ وَلَو بِشِق تَمرَةٍ  )متفق عليه(  މާނައީ: ކަދުރު ފަޅިއެއް ދީގެންނަމަވެސް ނަރަކައިން ތިޔަބައިމީހުން ސަލާމަތްވާށެއެވެ.

އަދިވެސް އެކަލޭގެފާނު ހަދީޘްފުޅުކުރައްވަނީ: الصَّدقةُ تُطْفِئُ الخطيئةَ كما يطفئ الماءلنّار2 މާނައީ : ޞަދަޤާތަކީ ކުށްފާފަތައް ނިއްވާ އެއްޗަކެވެ. ފެން އަލިފާން ނިއްވާގޮތަށެވެ. (أبويعلى) (މިހަދީޘް ނަގާފައިވަނީ "މާތްﷲގެ ދަރުބާރު" މިފޮތުން) ސަދަޤާތަކީ ކައްވަޅުގެ ޢަޒާބުން ސަލާމަތްކަން ލިބޭ މަގެކެވެ. އައްޠަބަރާނީ ރިވާކުރެއްވި ހަދީޘްފުޅެއްގައިވެއެވެ. إنَّ الصَّدقَةَ لَتُطْفِئُ عَنْ أَهُلِهَا حَرَّ الْقُبُورِ މާނައީ ޞަދަޤާތަކީ އޭގެ އަހްލުވެރިންގެ ކިބައިން ކަށްވަޅުގެ ހޫނުކަން ނައްތައިލާއެއްޗެކެވެ. (މާތްﷲ ގެ ދަރުބާރުން)

ޞަދަޤާތްކުރުމަކީ ހުރިހާބައްޔަކަށް ހުރި ފަރުވާއެއް رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. [ داووا مرضاكم باالصدقة ] މާނައީ: " ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާކުރާށެވެ" މިކަމަށް ބާރުދޭނެ ޙަޤީޤީ ޙާދިޘާތައް އެބަހުއްޓެވެ. އެއްދުވަހަކު ޢަބްދު ﷲ ބުނު އަލްމުބާރަކު ގެ އަރިހަށް މީހަކު އައިސް ޝަކުވާ ދަންނަވަނީ، ތަފާތު ޑޮކްޓަރުން ލައްވައި ތަފާތު ފަރުވާކުރުމުން ވެސް އެމީހާގެ ދެކަކުލަށް ދިމާވެފައިވާ ބަލި ފަސޭހައެއް ނުވި ވާހަކައެވެ. އެހިނދު ޢަބްދު ﷲ ބުނު އަލްމުބާރަކު އެމީހާއަށް ބުންޏެވެ! ފެނަށް ބޭނުން ޖެހިފައިވާމީހުން ފެންބޯނެ ވަޅެއް ހަދައިދޭށެވެ. ދެން ފަހެ އޭނާ އެކަން ކޮށްފިއެވެ. އަދިއޭނާގެ ބަލި ހުރިހާ ކަމަކަށްމެ ކުޅަދުންވަންތަ މާތް ﷲ ގެ ރަޙްމަތްފުޅުން ރަނގަޅުވެއްޖެއެވެ.(ނޫރުލް އިސްލާމް.ނެޓް) ] ޞަދަޤާތުގެ ޘަވާބު މަރުވުމަށްފަހު ވެސް މެދުނުކެނޑި ލިބުން "މެދުކެޑުމެއްނެތި ހިނގަހިނގާ ހުންނަ ޞަދަޤާތަކީ ވަޤްފެކެވެ."( އިސްލާމީ ތަރުބިއްޔަތު ގުރޭޑް11). ބައެއްކަހަލަ ޞަދަޤާތުގެ ސަބަބުން މީހާ މަރުވުމަށްފަހު ވެސް އެއިގެ ޘަވާބާއި ދަރުމަ އެ މީހަކަށް ލިބިލިބި ހުރެއެވެ. މިސާލަކަށް މިސްކިތް، ވަޅު، މަދުރަސާ، ޢިލްމީ ފޮތްތަކަކީ މީހާ މަރުވުމަށްފަހުވެސް އެއިގެ ފައިދާ އެހެންމީހުންނަށް ލިބި ލިބި ހުންނަތަކެއްޗެވެ. މިފަދަ ތަކެތީގެ ފައިދާ އެހެންމީހުންނަށް ކުރާހައި ދުވަހަކު އޭނާ ދުނިޔޭގައި ނެތް ކަމުގައި ވިޔަސް ޘަވާބާއި ދަރުމަ ލިބި ލިބި ހުންނާނެއެވެ. ދެމިހުންނަނިވި ޞަދަޤާތްކުރުމަށްޓަކާ ޞަހާބީންވަނީ އެބޭކަލުންނަށް ކުޅަދާނަކަން ލިބިގެންވާ އެންމެމަތީ ދަރަޖައަކަށް މަސައްކަތް ކުރައްވާފައެވެ. މަރުވުމަށްފަހު ހުރިހާ ޢަމަލެއް ބަންދުވެފައިވާ ވަގުތު ޘަވާބުލިބިގަތުމުގެ އުއްމީދުގައެވެ. މިކަމަށް އިޝާރާތް ކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲޢަލައިހިވަސައްލަމަ ހަދީޘް ކުރައްވާފައިވަނީ:

إذَمات الإنسانُ انقطعَ عنه عمله إلّا من ثلاثة : إلامن صدقةٍ جاريهٍ اوعلم ينتفع به أوولد صلحٍ يدعولهُ (مسلم) މާނައީ: "އިންސާނާ މަރުވެއްޖެއްޔާ ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް އޭނާގެ ކިބައިން ކެޑިގެން ހިނގައިދެއެވެ. އެއީ ހިނގަހިނގާ ހުންނަ ޞަދަޤާތަކާއި، އެއިން މަންފާކުރާނެ ޢިލްމަކާއި އަދި އޭނާއަށްޓަކައި ހެޔޮދުޢާކުރާނެ ރަންގަޅު ޞާލިޙް ދަރިއަކެވެ."

ޞަދަޤާތް ކުރާމީހުންނަކަށް ޤިޔާމަތް ދުވަހު ބިރެއް ހިތާމައެއް ނުވޭ ﷲ ވަހީކުރައްވަނީ:

الَّذِينَ يُنْفِقُونَ أَمْوَالَهُمْ بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (البقرة : 274) މާނައީ: އެމީހުންގެ މުދައު ،ރެއާއި ދުވާލު، ސިއްރާފާޅުގައި ހޭދަކޮށްއުޅޭމީހުން-(ދަންނައެ) ފަހެ އެމީހުންނަށް އެމީހުންގެ ވެރި އިލާހުގެ ހަޟުރަތުން ފުރިހަމަ އުޖޫރަލިބޭ ހުއްޓެވެ. އަދި އެމީހުންގެ މައްޗަށް އެއްވެސް ބިރެއް ނެތެވެ. އެމީހުން ހިތާމަވެސް ނުމެނުކުރާނުމެވެ.

ﷲގެ ވަޖްހުފުޅު އެދިގެން ޞަދަޤާތް ކުރާމީހުން އެ ދުވަހުން ހިތާމަ ކުރާކަށް ނުޖެހޭނެއެވެ. އަދި ކިއެއްތަ؟ އެމީހުންގެ ފާފަތަށް ފޮހެވި އެމީހުންގެ ދަރަޖަ އުފުލިގެންދާނެއެވެ. ރަސޫލުﷲޞައްލަﷲޢަލައިހި ވަސައްލަމަ ސަޢްދު ބިން ވައްޤާސަށް ވިދާޅުވިއެވެ. "ތިބާ ﷲގެ ވަޖްހުފުޅު އެދިގެން ޞަދަޤާތެއްކޮށްފިނަމަ ތިބާގެ ދަރަޖަ އުފުލިގެންނުދާނެ ޞަދަޤާތެއް ނުވެއެވެ. އެއިގެ ތެރޭގައި ތިބާގެ އަނބިމީހާގެ އަނގައިގެ ތެރެއަށްލާ ކާއެތިކޮޅުވެސް ހިމެނެއެވެ." (މުސްލިމް) ޞަދަޤާތުގެފައިދާ އެންމެފުރިހަމައަށް ލިބޭނެ މަގުތައް ސިއްރުން ޞަދަޤާތްކުރުން ތިމާއަށް ވީވަރަކުން ތިމާ ކުރާޞަދަޤާތް ސިއްރުކުރަންވާނެއެވެ. އެހެނީ އިހްލާސްތެރިކަމާ ކައިރިކޮށްދޭ ކަމަކަށް މިކަންވާނެތީއެވެ. ސިއްރުން ދެވޭ ޞަދަޤާތް މިހުން ބަލައިގަންނާނީ އިހްތިރާމައެކުގައެވެ. ﷲ ސުބުހާނަޙޫ ވަތަޢާލާ ވަޙީކުރައްވަނީ :     •       .....  (البقرة : 274) މާނައީ: އެމީހުންގެ މުދައު ،ރެއާއި ދުވާލު، ސިއްރާފާޅުގައި ހޭދަކޮށްއުޅޭމީހުން-(ދަންނައެ) ފަހެ އެމީހުންނަށް އެމީހުންގެ ވެރި އިލާހުގެ ހަޟުރަތުން ފުރިހަމަ އުޖޫރަލިބޭ ހުއްޓެވެ. ޤިޔާމަތްދުވަހުގައި ޢަރްޝީގެ ހިޔާވަހިކަން ނޫންއެހެންއެއްވެސް ހިޔާވަހިކަމެއްނުވާ ދުވަހު އެހިޔާވަހިކަން ލިބެނިވި ހަތް މީހުންގެތެރޭގައި ސިއްރުން ޞަދަޤާތް ކުރާމީހާ ހިމެނެވެ. ރަސޫލާ ހަދީޘްފުޅުކުރައްވަނީ وَرَجْلٌ تَصَدَّقَ بِصَدَقَةٍ فَاَخْفَاهَا لاَتَعْلم شِمَالهُ مَاتُنْفِقُ يَمِيْنُهُ މާނައީ :އަދި ޞަދަޤާތެއްކޮށް އޭނާގެ ކަނާއަތުން ޞަދަޤާތްކުރިއެއްޗެއް ވައަތަށްވެސް ނޭގޭހާވަރަށް އެކަން ސިއްރުކޮށްފިމީހާއެވެ. ވީމާ ޞަދަޤާތް ސިއްރުން ކުރުމަކީ ޚާއްޞަ ދަރުމަތަކެއް ލިބިގެންދާ ކަމެކެވެ.

ޞަދަޤާތް ބާތިލްވާފަދަ ޢަމަލެއް ނުކުރުން މީހަކަށް ޞަދަޤާތް ދިނުމަށްފަހު އެވާހަކަ އޭނާ އާދިމާލަށް ދެއްކުމަކީ ކަލަގޮވުމެވެ. މިއީ ސަދަޤާތް ބާޠިލް ކޮށްލާނެ ކަމެކެވެ. ﷲ ވަޙީކުރައްވާފައިވަނީ: يَا أَيُّهَا الَّذِينَ آَمَنُوا لَا تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالْأَذَى كَالَّذِي يُنْفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآَخِرِ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا لَا يَقْدِرُونَ عَلَى شَيْءٍ مِمَّا كَسَبُوا وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ (سورةالبقرة :264 ) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭ! އެއްޗެތި ކިޔުމާއި، އިހާނެތިކޮން ހިތުމުގެ ސަބަބުން ތިޔަބއިމީހުން ދޭ ޞަދަޤާތް ބާޠިލް ނުކުރާހުށިކަމެވެ.އެފަދަ މީހާއީ މީސްތަކުންނަށް ދައްކަން އޭނާގެ މުދާ ހޭދަކުރާ މީހާފަދަ މީހެކެވެ. އެނާ އެކަން ކުރަނީ ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވެސް ނުވެ ހުރެއެވެ. އެފަދަ މީހާގެ މިސާލަކީ އެމައްޗަށް ހިމުން ވެލި އެޅިފައިވާ އޮމާން ހިލަގަނޑެއްގެ މިސާލެވެ. ދެން ފަހެ އެ ހިލަގަނޑުގެ މައްޗަށް ބޯވާރޭ ގަޑެއް ވެހުމުން އެ މަތީގައި ހުރިވެލިތައް ދޮވޮވިގެން ގޮސް ހުސް ހިލަގަނޑަކަށް ވެދެއެވެ.އެފަދަ މީހުންމަސައްކަތްކޮށްގެން ހޯދާފައިވާ އެއްޗެތީގެ މައްޗަށް އެމީހުންގެ އެއްވެސް ބާރެއް ނުފޯރާ ހުއްޓެއެވެ. ކާފިރުވެއްޖެ ޤައުމެއްގެ ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ." މީސްތަކުންނަށް ދެއްކުމަށްޓަކާ ޞަދަގާތް ކުރާ މީހާއާ ބެހޭ ގޮތުން ކީރިތި ގުރުއާނުގައި ﷲ ވަޙީކުރައްވަނީ: وَالَّذِينَ يُنْفِقُونَ أَمْوَالَهُمْ رِئَاءَ النَّاسِ وَلَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآَخِرِ وَمَنْ يَكُنِ الشَّيْطَانُ لَهُ قَرِينًا فَسَاءَ قَرِينًا النساء : 38) މާނައީ : "އަދި އެބައިމީހުންނީ މީސްތަކުންނަށް ދެއްކުމަށްޓަކައި އެބައި މީހުންގެ މުދާތައް ހޭދަކޮށް އުޅޭމީހުންނެވެ. އަދި މާތްﷲ އަށާއި އާޚިރަތްދުވަހަށް އީމާންނުވާ މީހުންނެވެ. އަދި ޝައިތާނާ އެމީހަކަށް އެކުވެރިއަކުކަމުގައި ވެއްޖެމީހާ ދަންނައެވެ. ފަހެ އެއީ ނުބައިވެގެން ވާ އެކުވެރިއކެވެ." އެމީހަކު އެންމެ ލޯބިވާ ތަކެތީން ޞަދަޤާތް ކުރުން ޞަދަޤާތް ކުރަންވާނީ އަތުގައިވާ އެންމެ ރަނގަޅުތަކެތީންނެވެ. އަދި އެމީހަކު އެންމެ ލޯބިވާ އެއްޗަކުންނެވެ. އެއީ ކޮންމެ އެއްޗެއް ކަމުގައި ވިޔަސްމެއެވެ. މުދަލުންކަމުގައި ވިޔަސް ފައިސާކަމުގައިވިޔަސް ކާބޯތަކެތީންކަމުގައިވިޔަސް އަދި ފޭރާންކަމުގައިވިޔަސްމެއެވެ. ކޮންމެ އެއްޗަކުން ހޭދަކުރިކަމުގައި ވިޔަސް އެއްޗެއް ހެޔޮގޮތުއި ހޭދަކޮށްފުމަށް ދާދެން އޭގެ ފުރިހަމަ ޖަޒާ ނުލިބޭނެއެވެ. ﷲ ވަޙީކުރައްވާފައިވަނީ:

لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ (سورةالعمران :92)  މާނައީ ؛ "ތިޔަބައި މީހުންގެ މުދަލުގެ ތެރެއިން އެ އެއްޗަކަށް ތިޔބައި މީހުން ލޯބިކުރާ އެއްޗެއް ހެޔޮގޮތުގައި ހޭދަކޮށްފުމަށްދާންދެން ، ތިޔަބައި މީހުންނަށް ހެޔޮކަމުގެ ފުރިހަމަ ޖަޒާ ނުލިބޭނެއެވެ. އަދި ތިޔަބައި މީހުން ހެޔޮގޮތުގައި ހޭދަކުރާ އެއްޗެއް މާތްﷲ ދެނެވޮޑިގެންވެއެވެ."

ޙަލާލު ރަނގަޅު އަދި ތިމާއަށްވެސް އެކަމުދާ މޮޅުތަކެތިން ޞަދަޤާތް ކުރުމަށް ބާރުއަޅުއްވައި އެހެންއާޔަތެއްގައި ﷲވަޙީ ކުރައްވަނީ:

يَا أَيُّهَا الَّذِينَ آَمَنُوا أَنْفِقُوا مِنْ طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُمْ مِنَ الْأَرْضِ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ وَلَسْتُمْ بِآَخِذِيهِ إِلَّا أَنْ تُغْمِضُوا فِيهِ وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ (سورةالبقرة 267 ) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން މަސައްކަތްކޮށްގެން ހޯދާ ހަލާލް ތަކެތީންނާއި، އަހަރުމެން ކަލޭމެންނަށްޓަކައި ބިންގަޑުން އުފައްދާފައިވާ ކާބޯތަކެތީގެ ތެރެއިންވެސް ކަމުދަނިވި ރަނގަޅުތަކެތި ހޭދަކަޮށް އުޅޭށެވެ. އަދި ކަމުނުދަނިވި ދެރެތަކެތި ހޭދަކުރުމަށް ނުއެދޭށެވެ! އެފަދަ ތަކެެތި ޚުދު ކަލޭމެންވެސް ނުރުހުން ފައުޅުކުޅައުމުގެ ގޮތުގައި ލޯމަރައި ތަގުޑިކޮށްގެން ތިބެ މެނުވީ ޤަބޫލެއް ނުކުރާނޫއެވެ. އަދިދަނެއު ﷲއަކީ އެކަލާނގެ އަމިއްލަ ޒާތުފުޅާއިގެން ،ފުދިވޮޑިގެންވާ، އެންމެހައި ހަމްދު ތަޢުރީފް ލިބިވޮޑިގެންވާ އިލާހެއެވެ."

މުދާހޭދަކުރުމުގައި އިސްކަންދޭންޖެހޭ ފަރާތްތަކަށް އިސްކަންދިނުން ހޭދަކުރާއެއްޗެއްގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި ދީނުގައި އިސްކަންދިނުމަށް އަމުރު ކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން އިސްކަން ދިނުމަށް އަންގަވާފައިވާ އެއްފަރާތަކީ ގާތްތިމާގެ މީހުންނެވެ. ﷲގެ ނަބިއްޔާގެ ހަރިހުން ޘަވްބާން ރަޟިޔަﷲޢަންހު ރިވާކުރައްވާފައިވާ ހަދީޘެއްގައިވަނީ " أ فضل دينار ينفقه الرجل دينار ينفقه على عياله و دينار ينفقه الرجل على دابته في سبيل الله و دينار ينفقه على أصحابه في سبيل الله 3 މާނައީ: އިންސާނާ ހޭދަކުރާ އެންމެ ހެޔޮ ދީނާރަކީ (މުދަލަކީ) އޭނާ އޭނާގެ ބެލުމުގެދަށުގައިވާ އާއިލާގެ މީހުންގެ މައްޗަށް ހޭދަކުރާ ދީނާރެކެވެ. އަދި ﷲ މަގުގައި ޖިހާދުކުރުމަށް ދަތުރުކުރާ ސަވާރީއަށް އޭނާ ކުރާ ހޭދައެވެ.އަދި ﷲ މަގުގައި (ޖިހާދުކުރާ) އޭނާގެ ރަޙްމަތްތެރިންގެ މައްޗަށް އޭނާ ކުރާ ހޭދައެވެ." އަދިވެސް ކައުއިތުރު ނަބިއްޔާ ހަދީޘްފުޅުކުރައްވަނީ:

إنّ المسلم إذا أنفق على أهله نفقه كانت صد قة 4 މާނައީ : ހަމަކަށަވަރުން މުސްލިމަކު އޭނަގެ އަނބިދަރިންނަށް ހޭދަކުރާ ހޭދަކުރުމަކީ އޭނާއަށް ލިބިގެންވާ ޞަދަޤާތެކެވެ.

އެހެންކަމުން ހޭދަކުރާއިރު އަބަދުވެސް އިސްކަންދޭންވާނީ ގާތްތިމާގެ މީހުންނަށެވެ. އެހެނީ ، އެފަދަ ހޭދައަކީ ޞަދަޤާތައަކަށް ވުމުގެ އިތުރުން ތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމަށް އެޅޭ ބާރަކަށްވެސް ވާތީއެވެ. ކީރިތި ރަސޫލާ ހަދީޘްފުުޅުކުރައްވަނީ الصَّدقةعلى المسكين صدقة وعلى القريب صدقتا صدقة وصىلة (البخارى) މާނައި: މިސްކީނަކަށްދެވޭ ޞަދަޤާތަކީ ޞަދަޤާތެކެވެ. އެކަމަކު ތިމާގެ މީހާއަށް ދެވޭ ޞަދަޤާތަކީ ދެޞަދަޤާތެކެވެ. އެއީ ޞަދަޤާތަކާއި ތިމާގެ ކަން ވާޞިލްކުރުމެވެ. ހޭދަކުރުމުގައި ﷲގެ ދީންމަތިވެރި ކުރުމަށް އިސްކަންދޭން ޖެހެއެވެ. މިގޮތުން ﷲގެ މަގުގައި ޖިހާދު ކުރާ މުޖާހިދުންނަށާއި ދީނަށް ދަޢުވަތުދީ ދީން ފެތުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި ބައިވެރިވެ ހޭދަކުރަންޖެހެއެވެ. ﷲ ސުބުހާނަހޫވަތަޢާލާ ވަޙީކުރައްވާފައިވަނީ             •    .(البقرة: 196) މާނައީ : މާތްﷲ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ. މާތްﷲ މަގުގައި ޖިހާދުކުރުމަށް ލަޝްކަރު ތައްޔާރުކުރުމަށާއި، އެހެނިހެންގޮތްގޮތުންވެސް މާތްﷲގެ ދީން މަތިވެރިކުރުމުގެ މަގުގައި ތިޔަބައި މީހުންގެ މުދަލުން ހޭދަކޮށް އުޅޭށެވެ.

==