ޔޫކްރެއިން
Ukraine Україна | |
|---|---|
ގައުމީ ސަލާމް: Ще не вмерла України і слава, і воля (Ukrainian) Shche ne vmerla Ukrayiny i slava i volya (transliteration) Ukraine's glory has not perished, nor her freedom | |
| ވެރިރަށް and largest city | Kyiv (Kiev) |
| ރަސްމީ ބަސްތައް | Ukrainian |
| ޑިމޮނިމް | Ukrainian |
| ސަރުކާރު | Unitary semi-presidential republic |
| Volodymyr Zelenskyy | |
| Yulia Svyrydenko | |
| Ruslan Stefanchuk | |
| ޤާނޫނު ހަދާ މަޖިލިސް | Verkhovna Rada |
| 8821 | |
| 11991 | |
| 1649 | |
| March 17, 1917 | |
| November 1, 1918 | |
| December 30, 1922 | |
| August 24, 19912 | |
ސަރަޙައްދު | |
• Total | 603,628 km2 (233,062 sq mi) (44th) |
• Water (%) | 7% |
އާބާދީ | |
• 2009 estimate | 46,011,300[1] (27th) |
• 2001 census | 48,457,102 |
• Density | 77/km2 (199.4/sq mi) (115th) |
| ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $337.268 billion[2] |
• ބޮލަކަށް ޖެހެނީ | $7,342[2] |
| ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $179.604 billion[2] |
• ބޮލަކަށް ޖެހެނީ | $3,910[2] |
| ޖިނީ (2006) | 31[3] Error: Invalid Gini value |
| އެޗްޑީއައި (2005) | Error: Invalid HDI value (76th) |
| ފައިސާ | Hryvnia (UAH) |
| ޓައިމް ޒޯން | ޔޫޓީސީ+2 (EET) |
| ޔޫޓީސީ+3 (EEST) | |
| ޑްރައިވިންގ ސައިޑް | right |
| ކޯލް ކޯޑް | 380 |
| އައިއެސްއޯ 3166 ކޯޑް | UA |
| އިންޓަރނެޓް ޓީއެލްޑީ | .ua |
1 The ancient state of Kievan Rus' was formed in 882 on the territory of modern Ukraine. From the historiographical point of view, Rus' polity is considered by some historians and the Ukrainian parliament as an early predecessor of the Ukrainian nation.[4] 2 An independence referendum was held on December 1 after which Ukrainian independence was finalized on December 26. The current constitution was adopted on June 28, 1996. | |
ޔުކްރެއިނަކީ އިރުމަތީ ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ޔުކްރެއިންގެ ރަސްމީ ބަހަކީ ޔުކްރޭނިއަންއެވެ. އިނގިރޭސި ބަހުން ޔުކްރެއިން މީހުންނަށް ކިޔަނީ ޔުކްރޭނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކިއެވްއެވެ. ޔުކްރެއިންގެ ވެރިރަށަކީ ވެސް ކިއެވްއެވެ. ޔުކްރެއިންއަކީ ސެމި ޕްރެޒިޑެންޝަލް ވެރިކަމެއް އޮންނަ ޔުނިޓަރީ ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 46 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 27 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.6 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ua. އެވެ. ކޯލިން ކޯޑަކީ +380 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔުކްރޭނިއަން ހްރިވްނިޔާއެވެ.
ނަން
[އުނިއިތުރު ގެންނަވާ]ތާރީޚުގެ ތެރެއިން ޔުކްރެއިން، މި ނަން ފާހަގަވާން ފަށާފައިވަނީ 1187 ހާ ތާނގައެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ޔުކްރެއިނުގެ އިރުމަތީގައި އޮތީ ރަޝިޔާއެވެ. އުތުރުގައި އޮތީ ބެލާރުސްއެވެ. ހުޅަނގުގައި އޮތީ ޕޮލޭންޑާއި ހަންގޭރީއާއި ސްލޮވާކިޔާއެވެ. ހުޅަނގު ދެކުނުގައި އޮތީ ރުމޭނިޔާއާއި މޮލްޑޯވާއެވެ. ދެކުނުގައި އޮތީ ކަޅު ކަނޑާއި ސީ އޮފް އަޒޯފެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ޔުކްރެއިނުގެ މިޒަމާނުގެ ތާރީޚު ފެށިފައިވަނީ އިރުމަތީ ސްލެވުންނާ ހިސާބުންނެވެ. އެހެން ނަމަވެސް ޢީސާއީ މީލާދުގެ 4500 އަހަރު ކުރީން ވެސް ޔުކްރެއިނުގައި މީހުން ދިރިއުޅެފައިވާކަން އެނގެއެވެ. ޔުކްރެއިނުގެ ތާރީޚުގައި އެ ޤައުމަށް އެންމެ ބޮޑު ގެއްލުންތަކެއް ލިބިގެން ދިޔައީ 1657 އާއި 1686 ދެމެދުގައެވެ. މި ދުވަސްވަރަކީ ޔުކްރެއިނުގެ ސަރަޙައްދުގައި ރަޝިޔާ އާއި ޕޮލޭންޑާއި ތުރުކީން ހަނގުރާމަކުރަމުން ދިޔަ ދުވަސްވަރެކެވެ. އެހެންކަމުން މި ދުވަސްވަރު ޔުކްރެއިނުގެ ތާރީޚުގައި ފާހަގަކުރެވިފައިވަނީ ޔުކްރެއިނުގެ ތަރައްޤީ އާއި ކުރިއެރުން އެތައް ހިސާބަކަށް ފަހަތަށް ޖައްސައި ޔުކްރެއިނުގެ ޢުމްރާނީ ތަރައްޤީ މުޅިން ވިއްސިވިހާލި ވެގެންދިޔަ ދުވަސްވަރުގެ ގޮތުގައެވެ. އެހެންކަމުން މި 30 ވަރަކަށް އަހަރު ޔުކްރެއިނުގެ ތާރީޚުގައި ފާހަގަކުރެވިފައިވަނީ “ދަ ރުއިން”ގެ ނަމުންނެވެ. 19 ވަނަ ޤަރުނުގެ ތެރޭގައި ޔުކްރެއިނުގެ ސަރަޙައްދު ބެލެވިފައި އޮތީ ރޫރަލް ސަރަޙައްދެއްގެ ގޮތުގައެވެ. ރަޝިޔާ އާއި އޮސްޓްރިޔާއާ ދެ ޤައުމުން ވެސް އަޅާނުލާ އޮތް ސަރަޙައްދެއްގެ ގޮތުގައެވެ. ދެން ފެށިގެން އައީ ޔުކްރެއިނުގެ ޤައުމިއްޔަތުގެ ރޫޙު ދިރިގެން އައި ދުވަސްކޮޅެވެ. 1814 ވަނަ އަހަރުން 1861 ވަނަ އަހަރާ ހަމަޔަށް އުޅުނު މަޝްހޫރު ވަޠަނީ ޅެންވެރިޔާ ތަރަސް ޝެވްޗެންކޯމެންގެ މަސައްކަތުން ޔުކްރެއިނުގެ ޤައުމިއްޔަތު ހޭލައްވާލިއެވެ. ރަޝިޔާގެ ސަރުކާރުންވަނީ ޔުކްރެއިނުގެ ޤައުމިއްޔަތު ދިރިގެން ދިޔަ ނުދިނުމަށްޓަކައި އެތައް ފިޔަވަޅެއް އަޅާފައެވެ. މި ގޮތުން އެމީހުން އެންމެ ބޮޑު މަސައްކަތެއްކޮށްފައިވަނީ ޔުކްރެއިނުގެ ބަސް ނައްތާލުމަށެވެ. ކޮންމެ ބައެއްގެ ވެސް މާދަރީ ބަހަކީ އެބައެއްގެ ޤައުމިއްޔަތުގެ އެންމެ މުހިއްމު ބަހާ ކަމުގައިވާތީއެވެ. 16 ޖުލައި 1990 ގައި ޔުކްރެއިނުގެ އައު ބަރުލަމާނުން ޔުކްރެއިނުގެ މުސްތަޤިއްލު މިނިވަންކަމުގެ ޤަރާރެއް އެކަށައެޅިއެވެ. އޯގަސްޓް 24، 1991 ގައި ރަޝިޔާގެ ކިބައިން ޔުކްރެއިނަށް ފުރިހަމަ މިނިވަންކަން ލިބިގެންދިޔައެވެ. މިއަދު ޔުކްރެއިނަކީ މުޅި ޔޫރަޕުގައި ވެސް ރަޝިޔާ ފިޔަވައި އެންމެ ބޮޑު ލަޝްކަރެއް އޮތް ޤައުމެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]އާބާދީގައި 46 މިލިޔަން މީހުން ތިބި ޔުކްރެއިނަކީ އާބާދީގެ ގޮތުން ދުނިޔޭގެ 27 ވަނަ ޤައުމެވެ. ޔުކްރެއިނުގެ އާބާދީގެ 77.8% އަކީ ޔުކްރެއިން ނަސްލުގެ މީހުންނެވެ. އާބާދީގެ 17.3% އަކީ ރަޝިޔާ ނަސްލުގެ މީހުންނެވެ. މީގެ އިތުރުން މޮލްޑޯވަނުންނާއި، ބަލްގޭރިއަނުންނާއި ރޫމޭނިއަނުންނާއި، އަރްމީނިއަނުންނާއި، ބެލާރޫސިއަނުންނާއި، ކްރީމިއަން ތަތާރުންނާއި، ހަންގޭރިއަނުންނާއި، ޕޯލުންނާއި، ޔަހޫދީންނާއި، ޔޫނާނީންނާއި، ތަތާރުން ޔުކްރެއިނުގެ އާބާދީގެ ތެރޭގައި ހިމެނެއެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ޔުކްރެއިނުގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުވަނީ ޔުކްރެއިނުގެ ގިނަ މީހުން އެ ދީނަކަށް ތަބަޢަވާ ނަޞާރާދީނާ ގުޅިފައި ހުރި ކަންތައްތަކުންނެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ޔޫރަޕުގެ އެހެން ޤައުމުތަކާ ޚިލާފަށް ޔުކްރެއިނުގައި މާމަ، (މަންމަގެ މަންމަ)، މާފަ (މަންމަގެ ބައްޕަ)، ކާފަ (ބައްޕަގެ ބައްޕަ) އަދި މުންނަ (ބައްޕަގެ މަންމަ)ގެ ރޯލު ބޮޑުކަމަށް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން ބާވަ (ބައްޕަ ފަރާތު ބޮޑުބޭބެ)، އައްޕައްޗި (ބައްޕަފަރާތު ބޮޑުދައިތަ)، މާބެ ނުވަތަ މާމަން (މަންމަފަރާތު ބޮޑުބޭބެ)، އަދި އެޅަންމަ (މަންމަ ފަރާތު ބޮޑުދައިތަ) ގެ ރޯލަކީ ވެސް ވަރަށް މުހިއްމުކަން ބޮޑު ރޯލެކެވެ. އެހެންކަމުން ޔޫރަޕުގެ އެހެން ޤައުމުތަކާ ޚިލާފަށް ޔުކްރެއިނުގައި ޢާއިލީ ގުޅުންތައް ވަރަށް ވަރުގަދައެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]މިއަދު ޔުކްރެއިނުގެ އިޤްތިޞާދަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 7342 ޑޮލަރެވެ.