ޓޯއި ސްޓޯރީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ Toy Story އިން)
ޓޯއި ސްޓޯރީ
ޓޯއި ސްޓޯރީ ގެ އިޝްތިހާރު ކުރެވުނު ޕޯސްޓަރެއް.
ޑައިރެކްޓަރޖޯން ލެސެޓާރ
ޕްރޮޑިއުސަރބޮނީ އާރނޯލްޑް
ރަލްފް ގަގެންހެއިމް; executive producers: އެޑްވިން ކެޓްމަލް
ސްޓީވް ޖޮބްސް
ލިޔުންތެރިޔާstory by Jޖޯން ލެސެޓާރ
ޕީޓް ޑޮކްޓަރ
އެންޑްރިއު ސްޓެންޓަން
ޖޯ ރޭންފްޓް;
screenplay by ޖޮސް ވެޑަން
އެންޑްރިއު ސްޓެންޓަން
Joel Cohen and Alec Sokolow
Starringޓޮމް ހެންކްސް
ޓިމް އެލެން
ޑޮން ރިކްލްސް
ޖިމް ވާރނީ
ވެލެސް ޝޯން
Music byރޭންޑީ ނިއުމަން
Edited byރޮބަރޓް ގޯޑަން
ލީ އަންކްރިޗް
Distributed byވޯލްޓް ޑިޒްނީ ޕިކްޗަރސް
ރިލީޒްކުރި ތާރީޚް
22 ނޮވެމްބަރ 1995 (ޔޫ.އެސް ގައި)
ދިގުމިން
81 މިނެޓް
Countryއެމެރިކާ
ބަހުރުވައިނގިރޭސި
Budget$30 މިލިއަން އެމެރިކާ ޑޮލަރު
Box officeDomestic: $191,773,049
Worldwide: $358,100,000

ޓޯއި ސްޓޯރީ އަކީ ކޮމްޕިޔުޓަރުގެ ޒަރިއްޔާ އިން ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް އިން އުފައްދައި ވޯލްޓް ޑިޒްނީ ޕިކްޗާރސް އާއި ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަންސް އިން ރިލީޒް ކޮށް ފައިވާ އެނިމޭޓެޑް ކާރޓޫނު ފިލްމެކެވެ. މިކާރޓޫނު އެމެރިކާގައި ރިލީޒް ކުރެވިފައިވަނީ 22 ނޮވެމްބަރ 1995 ގައެވެ. އަދި ޔޫކޭ ގައި މިފިލްމު ރިލީޒް ކުރެވިފައިވަނީ އޭގަ 3 މަސް ފަހުން 22 މާރޗް 1996 ގައެވެ. ޓޯއި ސްޓޯރީގެ ކުރިން ޕިކްސަރ އިން ނެރުމަށް ބުނެފައިވާ އެނިމޭޓެޑް ފިލްމަކީ ދަ ވޯރކްސް އެވެ. އެހެންނަމަވެސް މިފިލްމުގެ ނިމުމަކާ ހަމަޔަށް ވަނި ނައިސް ފައެވެެ. އެހެންކަމުން ޓޯއި ސްޓޯރީ ވެގެންދިޔައީ ޕިކްސަރގެ ފުރަތަމަ ފީޗާރޑް ފިލްމެވެ. ހަމައެކަނި އެމެރިކާގައި ވެސް މިފިލްމު ވަނީ $191,773,049 އެމެރިކާ ޑޮލަރު ހޯދާފައެވެ. އެދި ދުނިޔޭގައި ޖުމްލަގޮތެއްގައި $358,100,000 އެމެރިކާ ޑޮލަރު މިފިލްމު ހޯދިއެވެ. މިފިލްމުގައި ފެނިގެންދާ މުހިންމު ޝަހްސިއްޔަތު ތަކަކީ އޭންޑީ ނަމަކަށް ކިޔާ 6 އަހަރުގެ ކުޑަ ކުއްޖެއްގެ ކޮޓަރީގައި އޭނާ ކުޅެންގެންގުޅޭ ކުޅޭ ތަކެއްޗެވެ. އޭންޑީގެ އަންހެން ކޮއްކޮ މޮލީ އާއި އޭންޑީގެ މަންމަ ކާރޓޫނުގެ ތެރެއިން ފެނިގެންދާނީ ވަރަށް މަދުންނެވެ. ހަމައެހެންމެ އޭންޑީގެ އަވަށްޓެރި ސިޑް އާއި ސިޑްގެ ކުއްތާ ސްކަޑް އަދި ސިޑްގެ ކޮއްކޮ ހަނާ ގެ ރޯލަކީ ވެސް ކުޑަ ރޯލެކެވެ. ޓޯއި ސްޓޯރީ އާއި އެކު ފީޗާރ ފިލްމުގެ ވިޔަފާރީގެ ދާއިިރާ އަށް ޕިކްސަރ ވަނުމުގެ ކުރިން އެމީހުން މަޝަހޫރު ވެފައިވަނީ ޕިކްސަރ އިމޭޖް ކޮމްޕިޔުޓަރ ކުރިއެރުވުމުގައެވެ. މި ފިލްމުގެ 2 ވަނަ ބައި ކަމަށްވާ ޓޯއި ސްޓޯރީ 2 އެމެރިކާގައި ރިލީޒް ކުރެވުނީ 24 ނޮވެމްބަރ 1999 ގައެވެ.

އިންސާނީ ޝަހްސިއއްޔަތުތައް[އުނިއިތުރު ގެންނަވާ]

  • އޭންޑީ : އޭންޑީ އަކީ 6 އަހަރުގެ ކުޑަ ކުއްޖެކެވެ. ވުޑީ އަދި އެހެނިހެން ކުޅޭތަކެތީގެ ވެރިއަކީ އޭންޑީ އެވެ.
  • ސިޑް : ސިޑް އަކީ އޭންޑީގެ އަވަށްޓެރި 10 އަހަރުގެ ކުއްޖެކެވެ. ކުޅޭތަކެއްޗަށް އަނިޔާކޮށް ގެއްލުން ދިނުމަކީ ސިޑް އެންމެ ކުރާ ހިތްވާ ކަމެވެ.
  • މިސިޒް ޑޭވިސް : މިސިޒް ޑޭވިސް އޭންޑީގެ 28 އަހަރުގެ މަންމައެވެ.
  • ހަންނާ ފިލިޕްސް : ހަންނާ އަކީ ސިޑްގެ އަންހެން ކޮއްކޮ އެވެ. އާއްމުގޮތެއގައި ހަންނާގެ ކުޅޭތަކެތި ޖަހައިގަނެގެން ގޮސް އެތަކެއްޗަށް އަނިޔާ ކުރެއެވެ. މިގޮތުން ހުރިހާ ކުޅޭތަކެތީގެ ބޯ ނައްޓުވާލައެވެ.
  • މޮލީ ޑޭވިސް : މޮލީ އަކީ އޭންޑީގެ އެންމެ 1 އަހަރުގެ ކޮއްކޮ އެވެ.

އެހެނިހެން ޝަހްސިއްޔަތުތައް[އުނިއިތުރު ގެންނަވާ]

  • ސްކަޑް : ސިޑްގެ ކުއްތާ އެވެ. ކުޅޭތަކެއްޗަށް އަނިޔާ ކުރުމަށް ފަހު ސިޑް ސްކަޑް އަށް މިތަކެތި ކާންދެއެވެ.


ވާހަކަ[އުނިއިތުރު ގެންނަވާ]

މިކާރޓޫނު ފެށިގެންދާނީ އޭންޑި ނަމަކަށް ކިޔާ 6 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ކުޅޭތަކެއްޗާއި ކުޅެން ހުންނަ މަންޒަރަކުންނެވެ. އޭންޑީ އޭނާ އެންމެ ލޯބިވާ ކުޅޭ އެތި ވުޑީ ހިފައިގެން ސިޓިންގ ރޫމަށް ފައިބަމުން އޭނާގެ މަންމަ ކުރެން އެދުވަހު ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ އޭންޑީގެ އުފަންދުވަހުގެ ޕާރޓީ އާއި ބެހޭގޮތުން އޭންޑީ އޭނާގެ މަންމަ އާއި ސުވާލު ކުރެއެވެ. ވުޑީީ އާއި އެއްކޮށް ކުޅެ ނިންމުމަށްފަހު އޭންޑީ އޭނާގެ އަންހެން ކޮއްކޮ ނަގައިގެން ދެއެވެ. އޭންޑީ ދިޔުމުން ހުރިހާ ކުޅޭ އެއްޗެހި ދިރުމަށް އާދެއެވެ. އަދި ވުޑީ އެހެން ކުޅޭ އެއްޗެހި ގާތު އޭންޑީގެ އުފަންދުވަހުގެ ޕާރޓީ އޮތީ އެދުވަހުގެ ހަވީރު ކަމަށް ބުނެއެވެ. ޕާރޓީގައި ހަދިޔާ އެއްގެ ގޮތުން އޭންޑީ އަށް ލިބެނީ ކޮން ކުޅޭ ތަކެއްޗެއްތޯ ބެލުމަށް ވުޑީ ކުދި ފެހި ކުލައިގެ ސިފައިންގެ ބުދުތަކެއް ޖާސޫސް ކުރުމަށް ފޮނުވައެވެ. މިގޮތުން އެދުވަހު އޭންޑީ އަށް ލިބޭ އެންމެ ހާއްސަ ހަދިޔާ އޭންޑީގެ މަންމަ އޭންޑީ އަށް ޕާރޓީ ނިމުމުން ދެއެވެ.


ކާމިޔާބީތައް[އުނިއިތުރު ގެންނަވާ]

އެކެޑަމީ އެވޯރޑްސް[އުނިއިތުރު ގެންނަވާ]

ކާމިޔާބު ކޮށްފައިވަނީ:

  • 1996 ވަނަ އަހަރު މިފިލްމުގެ ޑައިރެކްޓަރ ޖޯން ލެސެޓަރ އަށް ހާއްސަ އެޗީވްމެންޓް އެވޯރޑެއް ލިބުނެވެ.

ހޮވިފައިވަނީ:

އެހެނިހެން[އުނިއިތުރު ގެންނަވާ]

2003ވަނަ އަހަރު އޮންލައިން ފިލްމް ކްރިޓިކްސް ސޮސައިޓީ އިން ވަނީ އޭރުގެ އެންމެ މޮޅު އެނިމޭޓެޑް ފިލްމު ކަމަށް މިފިލްމު ހޮވާފައެވެ.

އަދި 2005ވަނަ އަހަރު މިފިލްމް ވަނީ އެމެރިކާގެ ނެޝަނަލް ފިލްމު ރަޖިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައެވެ.

މިފިލްމުގެ އެހެންބައިތައް[އުނިއިތުރު ގެންނަވާ]

  • ޓޯއި ސްޓޯރީ 2 ރިލީޒް ކުރެވުނީ 1999 ގައެވެ.
  • ބަޒް ލައިޓްޔަރ އޮފް ސްޓާރ ކޮމާންޑް : ދި އެޑްވެންޗާރ ބިގިންސް (2ޑީ އެނިމޭޓެޑް ޓީވީ ޝޯވ)
  • ޓޯއި ސްޓޯރީ 3 ރިލީޒް ކުރެވުނީ 2010 ގައެވެ.
  • ޓޯއި ސްޓޯރީ 4 ރިލީޒް ކުރެވުނީ 2019 ގައެވެ.

Toy Story in pop culture[އުނިއިތުރު ގެންނަވާ]

  • Debian, (a Linux distribution ) releases are named after characters from this movie (Sid, Buzz, Rex, Bo, Hamm, Slink, Potato, Woody, Sarge, Etch, Lenny)
  • ޕިކްސަރގެ އެހެން ފިލްމެއް ކަމުގައިވާ ފައިންޑިންގ ނީމޯގެ މަންޒަރެއްގައި ދަތުގެ ޑޮކްޓަރ އޮފީސް ތެރޭ ބިންމަތިން ބަޒް ލައިޓްޔަރ ގެ ކުޅޭ އެއްޗެއް ފެނެއެވެ.