Jump to content

ޓޯއި ސްޓޯރީ 2

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value).

ޓޯއި ސްޓޯރީ 2 އަކީ ޓޯއި ސްޓޯރީގެ ދެވަނަބައެވެ. އަދި ޑިޒްނީ / ޕިކްސަރ ގެ 3 ވަނަ ފީޗަރ ފިލްމެވެ. މި ކާޓޫނު ފިލްމަކީ ކުޑަކުދިންނަށް ޙާއްސަކޮށް ހެދިފައިވާ ފިލްމެކެވެ. މި ފިލްމްގައި ދައްކުވައިދެނީ އިންސާނުން ނޫޅޭ ގަޑީގައި ދިރުމަށް އަންނަ، ކުޅޭ ތަކެއްޗަށް ދިމާވާ ހާދިސާއެކެވެ. ޓޯއި ސްޓޯރީގެ ފުރަތަމަ ބައި ފަަދައިން މިކާރޓޫނުގެ 2ވަނަ ބައި ވެސް އުފައްދާފައިވަނީ ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް އިންނެވެ. އަދި ޑައިރެކްޓް ކޮށްފައިވަނީ ޖޯން ލެސެޓާރ، ލީ އަންކްރިޗް އަދި އޭޝް ބްރެނަން އެވެ. އަދި މި ފިލްމު ރިލީޒް ކުރެވިފައިވަނީ ވޯލްޓް ޑިޒްނީ ޕިކްޗާރސް އާއި ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަންސް އާއި ގުޅިގެން 19 ނޮވެމްބަރ 1999ގައި އެމެރިކާގައެވެ. އަދި 11 ފެބްރުއަރީ 2000ގައި ޔޫ.ކޭ ގައެވެ.

މިކާރޓޫނުގެ ފުރަތަމަ ބަޔަށް އަޑު އެޅި ޓޮމް ހޭންކްސް، ޓިމް އެލަން، ޑޮން ރިކްލްސް، ޖިމް ވާރނީ، ވެލެސް ޝޯން، ޖޯން ރެޓްޒެންބާރގަރ ވަނީ ޓޯއި ސްޓޯރީގެ 2ވަނަ ބަޔަށް ވެސް އަޑު އަޅައިދީ ފައެވެ. މިމީހުންގެ އިތުރަށް މިފިލްމަށް އަލަށް އަޑު އަޅައިދީ ފައިވަނީ ޖޯން ކަސަކް، ކެލްސީ ގްރެމަރ އަދި އެސްޓެލް ހެރިސް އެވެ.

ޓޯއި ސްޓޯރީ ގައި ހިނގާ ހާދިސާ ދިމާވާތަާދުވަސްކޮޅަކުން ޖެހިގެން އައި ހޫނު މޫސުމުގައި އާންޑީ، ވުޑީ އާއި ބަޒް ނަގައިގެން ކުޅެނިކޮށް އޭންޑީގެ އަތުން ވުޑީ ހަލާކުވެއެވެ. އަދި ހަލާކުވެފައިވާ ވީޒީ ނަމަކަށް ކިޔާ Penguin ބުދެއްކައިރީ ކަބަޑެއްގެ މަތީގައި ވުޑީ ބައިންދައެވެ. އަދި ވަރަށް އަވަހަށް ވުޑީ އެއްލައިލާނެ ކަމަށް ހީކޮށް އެކަމާ ވުޑީ ވަރަށް ކަންބޮޑުވެއެވެ.Yard Sale ގައި ވިޒީ ވިއްކާލުމަށް އޭންޑީ ނިންމުމުން ވުޑީ ވިޒީ ސަލާމަތްކުރަން އުޅެއެވެ. އަދި އެންމެ ފަހުން ވުޑީ ވެސް ނިމެނީ Yard Sale ގެ ތެރޭގައެވެ. މިތާތެރެއިން އޭލް މެކް ވިގިން، "އޭލްސް ޓޯއި ބާރން' ގެ ވެރިމީހާ ވުޑީ ވަގަށް ނަގައެވެ. މެކް ވިގިން ވުޑީ ވަގަށް ނެގުމުން ބަޒް އާއި އެހެނިހެން ބުދުތައް ވުޑީ ސަލާމަތްކުރުމަށް ނިކުމެއެވެ. މެކް ވިގިން އެންމެ ފުރަތަމަ ވުޑީ ގެންދަނީ އޭނާ ދިރިއުޅޭ ތަނަށެވެ. މިތަނުން ވުޑީ އާއި އެއްފަދަ ޖެސީ ނަމަކަށް ކިޔާ އަންހެން ބުދަކާއި، ޖެސީގެ އަހާއި (ބުލްސް އައި) އަދި ދަ ޕްރޮސްޕެކްޓަރ (އޭގެ ފޮށިގަނޑު ތެރޭގައިވާ ނުވިއްކާ ބައިންދާފައިވާ ކުޅޭއެއްޗެއް) އާއި ދިމާވެއެވެ. އެމީހުން ވުޑި ގާތު އެމީހުންނަކީ އޭރުގެު ހަނދާންނެތިފައިވާ ކުޑަކުދިންގެ ޓީވީ ޝޯވ، "ވުޑީސް ރައުންޑް އަޕް" ގެ ތަރިން ކަމުގައި ބުނެއެވެ. އަދި މިހާރު އޭލް އަތުގައި ވުޑީ ބުދެއް އޮތުމުން އޭނާގެ އަތުގައި "ވުޑީސް ރައުންޑް އަޕް" ގެ ހުރިހާ ބުދެއް ހަމަވީއެވެ. އެހެންކަމުން އޭލް ގަސްދުކުރަނީ ޖަޕާނުގެ ދާރުލް އާޘާރަކަށް ހުރިހާ ބުދެއް ވިއްކާލަންކަން ވުޑީއަށް އެނގެއެވެ. އަދި އޭންޑީގެ ގާތަށް ވުޑީ ދާން ބޭނުންކަމަށް ވުޑީ އެހެން ބުދުތައް ކައިރީ ބުނެއެވެ. އަދި ޖެސީ، އޭނާގެ ވެރިމީހާ ބޮޑުވުމުން ޖެސީގެ މަތިން ހަނދާންނެތި ޖެސީ އެއްލާލިގޮތުގެ ވާހަކަ ކިޔައިދެއެވެ. އަދި އޭންޑީ ބޮޑު ވުމުން އޭންޑީވެސް ކަންތައް ކުރާނީ މިގޮތައްކަމަށް ޖެސީ ބުނެއެވެ. މާޔޫސްވެފައި ހުރެ ވުޑީ އެމީހުންނާއި އެކު ޖަޕާނުގެ ދާރުލް އާޘާރަށް ދާން ގަސްދުކުރެއެވެ.

ބަޒް އާއި އޭނާގެ އެކުވެރިން "އޭލްސް ޓޯއި ބާރން" އަށް ވުޑީ ހޯދުމަށް ދެއެވެ. މިތާ ތެރެއިން ބަޒް އާއި އެހެން ބަޒް ލައޓް ޔާރ އަކާއި ދިމާވެއެވެ. މިބަޒް އަކީ ވެސް، ޓޯއި ސްޓޯރީގެ ފުރަތަމަ ބައިގައި ބަޒް ފަދައިން އޭނާ އަކީ ކުޅޭ އެއްޗެއްކަމަށް ގަބޫލު ނުކުރާ ބަޒްއެކެވެ. އަދި މިދެމީހެން ތަޅައިގަނެ އޭންޑީގެ އަސްލު ބަޒް ހިފެހެއްޓުމަށްފަހު "އޭލްސް ޓޯއި ބާރން" ގެ ތެރެއިން ދިމާވާ ބަޒް އެނިހެން ކުޅޭތަކެއްޗާއި އެކު އޭލް ދިރިއުޅެމުންދާ ތަނަށް ދާން ހިނގައިގަނެއެވެ. (މ އާ ބަޒް ހީކުރާ ގޮތުގައި އެމީހުން މިދަނީ ވުޑީ އޭނާގެ އެންމެ ވަރުގަދަ ދުޝްމަން ކަމަށްވާ އެމްޕަރަރ ޒާރގް ގެ ކިބައިން ސަލާމަތް ކުރުމަށެވެ.) އަސްލު ބަޒް (އޭންޑީ ގެ) ސަލާމަތްވެގެން އެމީހުންގެ ފަހަތުން ދެއެވެ. އަދި އެންމެންނަށް ވުޑީ އާއި ދިމާވެއެވެ. އަދި އެމީހުން އައީ ވުޑީ ސަލާމަތް ކުރުމަށް ކަމަށް ބުނެއެވެ. އެހެންނަމަވެސް ވުޑީ އެމީހުންނާއި އެކު ދާން ބޭނުން ނުވާ ކަމުގައި ބުނެއެވެ. އަދި ވުޑީ ބަޒް އާއި ބަޒްގެ އެކުވެރިން ބަހައްޓާފައި ޖެސީ މެންނާއި އެކު ދެއެވެ. އެހެންނަމަވެސް ވުޑީ އިރުކޮޅަކުން ބަޒްމެންގެ ގާތަށް އެނބުރި އާދެއެވެ. އަދި އޭނާގެ ހިޔާލު ބަދިލުވީ ކަމުގައި ބުނެއެވެ. އަދި ޖެސީ މެންނަށް އޭނާ އާއި އެކު ދިޔުމަށް ދަޢުވަތު އަރުވައެވެ. ޖެސީ އާއި ބުލްސް އައި ވުޑީގެ ދަޢުވަތު ގަބޫލުކުރެއެވެ. އެހެންނަމަވެސް ޕްރޮސްޕެކްޓަރ އެމީހުން ފޮށްޓަކަށްލައި ތަޅުލައެވެ. އެހެންނަމަވެސް އެމީހުންނަށް ދެން އޮތް ފުރުސަތަކީ ޖަޕާނަށް ދިޔުންކަމުގައި ކަމަށް ބުނެއެވެ. އެމީހުންނަށް ފޮށިން ސަލާމަތްނުވެވިގެން އުޅެނިކޮށް އޭލް އެ ފޮށި ނަގައިގެން އެއަރޕޯޓަށް ދެއެވެ. އަދި ބަޒްމެން ވެސް އޭލްގެ ފަހަތުން އެއރޕޯޓަށް ދެއެވެ. އެތާނގައި ބަޒް ވުޑީއާއި ބުލްސް އައި އެމީހުން ތަޅުލެވިފައިވާ ފޮށިން ސަލާމަތްކުރެއެވެ. އަދި ކުޑަކުއްޖެއްގެ ދަބަހަށް ޕްރޮސްޕެކްޓަރ ލައެވެ. ޖެސީވަނީ އަދި ސަލާމަތް ނުވެވިފައެވެ. އޭނާ އޮތް ފޮށިން އަދިވެސް ސަލާމަތް ނުވެވިފައެވެ. މަތިންދާ ބޯޓުގެ ތެރެއިން ވުޑީ ޖެސީ ހޯދައެވެ. އެކަމަކު މަތިންދާބޯޓުން ނިކުންނަން އުޅެނޮށް ބޯޓުގެ ދޮރު ލެއްޕެއެވެ. އެހެންނަމަވެސް ބޯޓުން ނިކުންނާނެ އެހެން ގޮތެއް ވުޑީ ހޯދައެވެ. މަތިންދާބޯޓު މައި ރަންވޭ އަށް ނިކުމެ ދުއްވާލާތަނުން ވުޑީ އާއި ޖެސީ ބޯޓުން ބުލްސް އައިގެ ބުރަކަށިމައްޗަށް ފުންމާލައެވެ. ބަޒް އާއި އެންމެން ވުޑީގެ ހިތްވަރާއި މަސައްކަތަށް ތަޢުރީފުޖުރެއެވެ. އަދި އެމީހުން ގެއާއި ދިމާލަށް މިސްރާބުޖަހައެވެ. އަދި އެފަހުން ޖެސީ އާއި ބުލްސް އައި ގެންގުޅެނީ އޭންޑީ އެވެ.

ރޭންޑީ ނިއުމަން ޓޯއި ސްޓޯރީ 2 އަށް އާ ދެލަވަ ލިޔެދިނެވެ.

  • ވެން ޝީ ލަވްޑް މީ : މިލަވަ ކިޔާފައިވަނީ ސާރާ މެކް ލެޗްލަން އެވެ. މިއީ އެމިލީ (ޖެސީ ގެންގުޅުނު ކުއްޖާ) އޭނާ ބޮޑު ވުމުން ޖެސީގެ މަތިން ހަނދާންނެތި އޭނާ އެއްލާލުމުން، މިކާރޓޫނުގެ ތެރެއިން އަންނަ ލަވައެކެވެ. މިލަވަ ވަނީ 2000 ވަނަ އަހަރުގެ އޮސްކާރ އެވޯރޑަށް އެންމެ މޮޅު ލަވައިގެ ތެރެއިން ނޮމިނޭޓް ވެފައެވެ. އެހެންނަމަވެސް މި އެވޯރޑް އެއަހަރު ހާސިލް ކޮށްފައިވަނީ ފިލް ކޮލިންސްގެ "ޔޫ ވިލް ބީ އިން މައި ހާރޓް" އެވެ. މިއީ ޑިޒްނީގެ ޓާރޒަން ކާރޓޫނުގެ ލަވައެކެވެ.
  • ވުޑީސް ރައުންޑް އަޕް : މިލަވަ ކިޔާފައިވަނީ ރައިޑާރސް އިން ދަ ސްކައި، ބޭންޑުންނެވެ. މިލަވަ އަކީ ޓީވީ ޝޯވ ވުޑީސް ރައުންޑް އަޕް ގެ ތީމް ލަވައެވެ. އަދި މިކާރޓޫނު ފިލްމު ނިމިގެން ފިލްމުގެ ކްރެޑިޓްސް އަރާ އިރުވެސް ކުޅެވޭނީ މިލަވައިގެ ރާގަެވެ.

"ޔޫހޭވް ގޮޓް އަ ފްރެންޑް އިން މީ" ލަވައިގެ އާ ދެ ވާރޝަން ޓޯއި ސްޓޯރީ 2 ގައި ހިމެނިފައިވާނެއެވެ. މިލަވަ އަކީ ޓޯއި ސްޓޯރީ ގެ ތީމް ލަވައެވެ.

  • ކާރޓޫނުގައި ހޭމް "އޭލްސް ޓޯއި ބާރން" ގެ އިޝްތިހާރު ހޯދުމަށް ޓީވީގެ ޗެނެލް ބަދަލު ކުރަމުން ދާއިރު ފެންނަ ގިނަ މަންޒަރުތަކަކީ ޕިކްސާރގެ ކުރު ފިލްމުތަކުގެ މަންޒަރުތަކެވެ.
  • އޭންޑީގެ ކޮޓަރި ފެންނަ ބައެއް މަންޒަރުތަކުގައި "މިކީ މައުސް" ބޮޑު ގަޑި އެއް ފާރުގައި އަޅުވާފައި ވަނިކޮށްފެންނާނެއެވެ.
  • އޭލްގެ ބަޔަށް އަޑު އަޅާފައިވަނީ ވޭން ނައިޓް އެވެ. ކާރޓޫނުގައި އޭލް ހެދިފައިވަނީ އެއްކަހަލަ ގޮތަކަށެވެ. ވޭން އާއި އޭލް ހުންނާނީ އެއްކަހަލަ އިސްތަށިގަނޑަކާއި މަތިމަހެކެވެ.


އަ ބަގްސް ލައިފް އާއި މިކާރޓޫނާއި ހުރި ގުޅުން

[އުނިއިތުރު ގެންނަވާ]
  • އޭލްސް ޓޯއި ބާރންގައި އަ ބަގްސް ލައިފްގެ ކުޅޭ އެއްޗެހި ހުންނަ ތަން ފެނެއެވެ.
  • މިކާރޓޫނު ބަޒްމެން މަގު ހުރަސް ކުރާ މަންޒަރުގައި، އަބަގްސް ލައިފް ގައި ފެންނަ " ބަގް ބާރ" ފެނިގެން ދެއެވެ.