ނޯވޭ
ނޯވޭ Kongeriket Norge Kongeriket Noreg | |
---|---|
ވެރިރަށް and largest city | Oslo |
ރަސްމީ ބަސްތައް | Norwegian¹ |
ސަރުކާރު | Constitutional monarchy |
• Water (%) | 6.0% |
އާބާދީ | |
• January 2024 estimate | 5,550,203[1] (120th) |
• 2001 census | 4,520,947 |
ޖީޑީޕީ (ޕީޕީޕީ) | 2017 estimate |
• ޖުމްލަ | $377.1 billion[2] (46th) |
• ބޮލަކަށް ޖެހެނީ | $70,665 (3rd) |
އެޗްޑީއައި (2022) | 0.966[3]
HDI_rank = 2nd very high |
ފައިސާ | Norwegian krone (NOK) |
ޓައިމް ޒޯން | ޔޫޓީސީ+1 (CET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+2 (CEST) |
ކޯލް ކޯޑް | 47 |
އައިއެސްއޯ 3166 ކޯޑް | NO |
އިންޓަރނެޓް ޓީއެލްޑީ | .no ³ |
ނޯވޭ، އަކީ އުތުރު ޔޯރަޕުގައި ގާނޫނީ ރަސްކަމެއް ކުރަމުން އަންނަ ގައުމެކެވެ. ނޯވޭ ގެ ލަގަބެއްގެ ގޮތުގައި ބައެއް ފަހަރު ދަމުއިރު ގެ ބިމޭ ކިޔައެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ނޯވޭގެ ރަސްމީ ބަހަކީ ނޮވޭޖިޔަން ބަހެވެ. ނޯވޭ މީހުން ނޯވޭ ބަހުގެ ދެ ވައްތަރެއްގެ ލަހުޖާއަކުން ވާހަކަ ދައްކައެވެ. މި ދެވައްތަރަށް ވެސް ރަސްމީ ގޮތުން ދެވިފައިވަނީ އެއް ހައިސިއްޔަތެވެ. އަދި މީގެ އިތުރުން އިސްކޫލު ތަކުގައި މި ދެ ލަހުޖާ ވެސް ކިޔަވައި ދެވެއެވެ. އުތުރުގައި ތިބި ސާމީ މީހުންގެ ބަހަކީ ސާމީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ނޮވޭޖިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޮސްލޯއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ.އަދި ދުސްތޫރީ ރަސްކަމެއް އޮޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 116 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ [4]385207 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ no. .sj , .bv އެވެ. ކޯލިން ކޯޑަކީ +47 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނޮވޭޖިޔަން ކްރޯންއެވެ.
ނަން
[އުނިއިތުރު ގެންނަވާ]ނޯވޭގެ ރަސްމީ ދެ ލަހުޖާއަށް ބަލާއިރުގައި ބޯކްމާލް ލަހުޖާއިން އެ ޤައުމަށް ރަސްމީކޮށް ކިޔާ ނަމަކީ ކޮންގެރިކެޓް ނޮރްގޭއެވެ. ނީނޯސްކް ލަހުޖާއިން ކިޔަނީ ކޮންގެރިކެޓް ނޯރެގްއެވެ. “ނޯވޭ” މި ބަހުގެ އަޞްލަކީ “ނޯ^ް ވޭ” ކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. އަދި މިއިން މަޠްލަބު ކުރެވޭ މާނައަކީ “ދަވޭއި ނޯ^ް ވާޑްސް” ކަމަށް މިފަދަ ބޭފުޅުން ވިދާޅުވެއެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]އިސްކެންޑިނޭވިއާ ބިންދުނީގެ ހުޅަނގު ބައި އޮންނަނީ ނޯވޭގެ އިމުގެ ތެރޭގައެވެ. ނޯވޭގެ އިރުމަތީބައިގެ ބޮޑުބައި ބޯޑަރުގެ ގޮތުން ގުޅިފައި އޮންނަނީ ސްވިޑްންއާއެވެ. ޤައުމުގެ އެންމެ އުތުރުބައި ބޯޑަރުގެ ގޮތުން ގުޅިފައިވަނީ ދެކުނަށް ފިންލޭންޑްއާއެވެ. އިރުމަތީގައި އޮތީ ރަޝިޔާއެވެ. ޑެންމާކު އޮންނަނީ މި ޤައުމުގެ ދެކުނުގައެވެ. އެއީ އެހެން ނަމަވެސް ކަނޑު ހުރަސްކޮށެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ތާރީހީ ގޮތުން ބަލާއިރު ނޯވޭ ގައި މީހުން ދިރިއުޅެން ފަށާފައިވަނީ އީސާގެފާނުގެ މީލާދުގެ 10،000 އަހަރު ކުރީއްސުރެ އެވެ. ގަލުން ޝިކާރަކޮށް އުޅުނު މީހުންނެވެ. ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުން ނޯވޭގައި ފަށާފައިވަނީ އީސާގެފާނުގެ މީލާދުގެ 4000 އަހަރު ކުރީންނެވެ. ނޯވޭ ޤައުމެއްގެ ގޮތުގައި އެއްބައިވެފައި ވަނީ 872 ވަނަ އަހަރުގައެވެ. އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވައިލެވުނީ 17 މެއި 1814 ގައެވެ. ސްވިޑްންއާ ވަކިވީ 7 ޖޫން 1905 ގައެވެ. ނާޒީ ޖަރުމަނުންގެ ދަށަށް ގޮސްފައިވަނީ 9 އެޕްރީލް 1940 ގައެވެ. މި އަޅުވެތިކަން ނިމުމަކަށް އައިސްފައިވަނީ 8 މެއި 1945 ގައެވެ. ހެރަލްޑް 5 އަށް ނޯވޭ ގެ ރަސްކަން ލިބިވަޑައިގަތީ 1991 މ. ވަނައަހަރުއެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]ނޯވޭ މީހުންނަކީ އަލްމާނީ ނަސްލުގެ ބައެކެވެ. ގައުމުގެ އުތުރުގައި ތިބި ފިއްނީން ނާއި އެތައްހާސް ސާމީން ފިޔަވައި އިތުރު މައިނޯރިޓީ އެއް ނޯވޭއަކު ނެތެވެ. މުޅި ޔޯރަޕަށް ބަލާއިރުވެސް އާބާދީގެ އަކަބުރަ އެންމެ ކުޑަ ގައުމަކީ ނޯވޭއެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ނޯވޭގެ ގައުމީ ކަނީސާ އަކީ އަވަންޖާލީ ލުދާރީ ކަނީސާއެވެ. ގާތްގަނޑަކަށް 94 އިންސައްތަ މީހުން ނިސްބަތްވަނީ ކަނީސާއަށެވެ. އަމާމަތު އައްޔަން ކުރަނީ ރަސްގެފާނެވެ. ނޯވޭ ގައި ވަރަށް މަދު އަދަދަކަށް މުސްލިމުން ވެސް އުޅެއެވެ. ނޯވޭ ގައި އާންމު ހަތަރު ޖާމިއާ ހުރެއެވެ. މައިގަނޑު ޖާމިއާ އަކީ އޮސްލޯ ވީ ޖާމިއާ އެވެ. މި ޖާމިއާ އުފަންވެފައިވަނީ 1811 މ. ގައެވެ. އޮސްލޯ ވީ ޖާމިއާ ގެ އިތުރުން ބާގަން ވީ ޖާމިއާ (1948) އާއި ތަރަމްސޯ ވީ ޖާމިއާ (1968) އާއި ތަރަންދޫމުގައި ހުންނަ ސައިންސާއި ޓެކްނޮލޮޖީގެ ޖާމިއާ (1968) ހިމެނެއެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ނޯވޭއަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މަން ޑިވެލޮޕްމަންޓް އިންޑެކްސްގައި މެދުކެނޑުމެއް ނެތި 6 އަހަރު އެއްވަނަ ޤައުމެއްގެ ގޮތުގައި ނޯވޭ އޮތުމުން ނޯވޭ ކުރިއަރާފައިވާ މިންވަރު ދޭހަކޮށްދެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 53737 ޑޮލަރެވެ. މިއީ ޕަރކެޕިޓާ އަށް ބަލާއިރުގައި ތިންވަނަ,
އިތުރު ގުޅުންތައް
[އުނިއިތުރު ގެންނަވާ]Norway އާއި ބެހޭ އިތުރު މައުލޫމާތު ވިކިޕީޑިޔާގެ އެހެނިހެން މަޝްރޫޢުތަކުން ހޯއްދަވާ: | |
---|---|
ރަދީފާއި ބަސްނިބޫ | |
ޓެކްސްޓް ބުކްސް | |
ބުނުންތައް | |
އާންމު މަސްދަރުތައް | |
ފޮޓޯތަކާއި ފައިލްތައް | |
އާ ވާހަކަތައް | |
ދަސްކުރުމުގެ މަސްދަރުތައް |
- Norway.info - Norway - the Official site
- Minifacts about Norway from Statistics Norway
- ODIN Information from the Government and Ministries
- Official site of the Parliament (Stortinget)
- The Evangelical Lutheran Church of Norway
- The Royal Norwegian Order of St. Olav
- Official site of the Royal House
- Official website for the Norwegian Embassy in Washington, DC
- Norway.no - Official portal
- Translated Norwegian legislation
- The Norwegian Constitution in English
- Sources to Legal Information in Norway
- Norges Bank - current notes and coins
- Norway Paper Money
- The Central Bank of Norway
- Norwegian news in English
- Public holidays in Norway
- Searchable map of Norway
- The Norwegian court system
- WTO: Trade Policy Review: Norway
- Christmas in Norway
- Study In Norway
References
[އުނިއިތުރު ގެންނަވާ]- ↑ "Population, 2024-01-01" (in Norwegian). Statistics Norway. 2024-02-21. Retrieved 2024-02-27.
- ↑ "Norway". International Monetary Fund.
- ↑ "2022 Human Development Index Ranking" (in English). United Nations Development Programme. 2023-03-13. Retrieved 2024-03-16.
- ↑ "Arealstatistics for Norway 2020" (in Norwegian). Kartverket, mapping directory for Norway. 2019-12-20. Retrieved 2020-03-09.
{{cite web}}
: CS1 maint: date and year (link)