ދަނބިދޫ ލޯމާފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ Dhanbidhoo Loamaafaanu އިން)
ދަނބިދޫ ލޯމާފާނު

ދަނބިދޫ ލޯމާފާނަކީ ދިވެހި ލިޔުންތަކުގެ ތެރެއިން ފެންނަން އޮތް 3 ވަނައަށް އެންމެ ގިނަ ދުވަސްވީ އަދި އެންމެ އިތުބާރު ކުރެވޭ ލިޔުމެވެ. މިލޯމާފާނަކީ ލޯފޮތިތަކެއްގައި ރަދުންގެ ބަސްފުޅުތައް ލިޔެފައިވާ ލޯމާފާނެކެވެ. މިލޯމާފާނު ލިޔެފައިވަނީ ވަރަށް ކުރީގެ ދިވެހި ބަހުންނެވެ.

1 ވަނަ ލޯފޮތީގެ ފުރަތަމަ ފުށް: 1 ވަނަ ސަފްހާ[އުނިއިތުރު ގެންނަވާ]

1 ވަނަ ލޯފޮތީގެ ފުރަތަމަ ފުށް: 1 ވަނަ ސަފްހާ

ލިޔުން:[އުނިއިތުރު ގެންނަވާ]

  1. ސުވަސްތީރު ޝޯމަވަންޝަ އާދިފަތި ޝްރީ ތީމުގޭ ޝްރީ މަހާބަރަނަ މާރަސުންފުނަދެސެ ރެދަވުނަދައި އެކަވިންޝަތި
  2. އަވުރޮދުން އެކުތުވީކަލް ރެދަ އޮބުނަހިދެ މިރަސުންސިއަ ބެނި ސުވަސްތީ ޥްރީ ތްރީބުވަނަ އާދީއްތަ މާރަސުން
  3. ރެދަވުނަދައި ފަންސަތިރިންޝަތި އަވްރޮދުން އކުތްވީކަލް މިރަސުންސިއަ މަލު ސުވަސްތީޝްރީ ބުވަނާ ބަރަނަ މާރަސުން ރެދަ
  4. ވުނަދައި ނުވަވަނަ އަވުރޮދުން އިކްތްވީކަލް މިރަސުންސިއަ ބެނި ސުވަސްތީޝްރީ ދަރުމަނަންދަނަމް މާރަސު
  5. ން ރެދަވުނަދައި ނުވަވަނަ އަވުރޮދުން އިކްތުވީކަލް މިރަސުންސިއަ މަލު ސުވަސްތީ ސްރީމަތު ޝޯމަންގަ

މާނަ:[އުނިއިތުރު ގެންނަވާ]

ހަނދުވަންހައިގެ އެންމެ އިސް މަނިކުފާނަށް ހެޔޮ ނަސީބު ޢިއްޒަތާ ބާއްޖަވެރިކަން ހުއްޓެވެ. އެއީ މާތްވެގެންވާ ތީމުގޭ މާތްވެގެންވާ މަހާވަރްނަ ބޮޑުރަސްގެފާނެވެ. ފުރިހަމަ ދެހިޔ (192) އާބާދީގެ (މީހުންއުޅޭ ރަށް) ރަސްކަލަކަށް ވީދުވަހުން ފެށިގެން އެކާވީސް އަހަރުން އޭނާ އަވަހާރަވީ ހިނދު ރަދުން ފަސްދާނުވެޑުވި ހިނދުން މިރަދުންނާ އެއްކިހުނު އުފަން ދައިތާފުޅުގެ (ނުވަރަ އަންހެން ކޮއްކޯފުޅުގެ) ދަރިކަލުން ސުވަސްތީ ސްރީ ތްރީބުވަނަ އާދީއްތަ ބޮޑުރަސްގެފާނަށް ވެއްޖެއެވެ. ރަސްކަލަކަށްވީ ދުވަހުން ފެށިގެން ތިރީސް ފަސް އަހަރުން އޭނާ އަވަހާރަވި ހިނދު މިރަދުންނާ އެއްކިހުނު އުފަން ފިރިހެން ކޮއްކޯފުޅު ސުވަސްތީ ސްރީ ބުވަނާބަރަނަ ބޮޑުރަސްގެފާނަށް ވެއްޖެއެވެ. ރަސްކަލަކަށް ވީދުވަހުން 9 އަހަރަށްފަހު އޭނާ އަވަހާރަވީ ހިނދު މިރަދުންނާއި އެއްކިހުނު އުފަން ދައިތާފުޅު (ނުވަތަ އަންހެން ކޮއްކޯފުޅުގެ) ދަރިކަލުން ސުވަސްތީ ސްރީ ދަރްމަނަންދަ ބޮޑުރަސްގެފާނަށް ވެއްޖެއެވެ. ރަސްކަލަކަށް ވީ ދުވަހުން ފެށިގެން 9 އަހަރުން އޭނާ އަވަހާރަވިއެވެ. އެހިނދު އެރަދުންނާއި އެއްކިހުނު އުފަން ފިރިހެން ކޮއްކޯފުޅަކީ މާތް ހަނދުވަންހައިން ވަޑައިގަތް

2 ވަނަ ލޯފޮތީގެ ފުރަތަމަ ފުށް: 2 ވަނަ ސަފްހާ[އުނިއިތުރު ގެންނަވާ]

1 ވަނަ ލޯފޮތީގެ ފުރަތަމަ ފުށް: 1 ވަނަ ސަފްހާ

ލިޔުން:[އުނިއިތުރު ގެންނަވާ]

  1. ންޝޯތަ ދަރަނަކަނަކަ ރޯޝަނަ އާސާއްލަ ސްތާމްބަ ސަވާ ލަކްޝަދީޕަ ރަކްޝަނަ ބަދުރަ ފަންދަރު ބިމްގޫ ހަބިއްދަވިނޮ
  2. ދަޝަކަޅަ ކައްލާނަ އަނަރަގެސުވަރަ ރަތުނާކަރަ މަނިމަކުށަ މަންޑިތަ ޝްރީ މަތަ ގަޑަނާދީއްތަ މާރސުން އެކަ ރާއްދަ
  3. ވުނަދަ ސެތަރުވަނަ އަވްރޮދުން ދަބުދުވުމައްތޭ ފޫރެއްބެ ކާފުރު ރަހުން ކެރުވީ ވެރިމާނަބިދ ބުދުއު
  4. ފުރައި ކާފުރުން ޝާދަތް ކިއަވައި ސުންނަތްކޮށް ފޭތާމްބަރުންގެ ޝެރިއާ ތިބޫ އަލިކުން ރޯދަ ހި
  5. ފައި ނަމާދުކޮށް ދޭވަތާއިނަށަ އަޅުކަމް ކުރަނަށަ ވީދެލައި ޝިރީ މަހަމްމަދު ފޭތާމްބަރުން ދުނިއެ ވީ

މާނަ:[އުނިއިތުރު ގެންނަވާ]

ރަތުރަންފަދަ އުޖާލާ އެންމެންގެ މެދުގައި މަޤްބޫލް ކަލަމިންޖާއެވެ. ފުރިހަ،ަ އެއްލައްކަ ޖަޒީރާ ރައްކައުތެރިކުރައްވައި، އެއްގޮތެއްގައި ސާބިތުވެ ހުންނަވާ މާތް ސާހިބާ އެވެ. ވަގުތުން ޖެހޭ ކަންތައް ވަގުތުން ކޮށްދެއްވާ 15 ވިލޭރޭގެ ހަނދެވެ. އެންމެންގެ ރުހުން ލިބިވަޑައިގަންނަވާ ފަދަ ސިފައާ ގޮތް ލިބިވަޑައިގެންވާ ކަލަމިންޖާ އެވެ. ހުސްވުމެއްނެތް ޖަވާހިރުގެ ޚަޒާނާއެއްފަދަ މަނިކުފާނު ވަނީ އެސްތަކުން ޖަރީވެފައިވާ ތާޖަކުން ޒީނަތްތެރ ވަޑައިގެންފައެވެ. ދިހަ ދަރިކޮޅުގެ ބާރު ލިބިވަޑައިގެންވާ ކަލަމިންޖާގެ ވާހަކަފުޅު ދެއްކެވުން މޮޅު މީހުންނާއި ދެރަ މީހުން ހަމަހަމައެވެ. ރަންމުތްތަކެއް ކަހަލަ ރީތި ބަސްފުޅު ތަކުންނެވެ. ތަޢާރަފްކޮށް މިދެންނެވި ކަލަމިންޖާގެ ރަސްކަމަށް ފެށުނީއެވެ. އެއީ މާތްވެގެންވާ ގަޑަނާދީއްތަ މަހާރަދުންނެވެ. މުޅި ރާއްޖޭގެ ރަސްކަލަކަށްވީ ދުވަހުން ފެށިގެން ހަތަރުވަނަ އަހަރު ތެރޭގައި ކުރީގެ ކާފަރު ރަސްކަލުން އެޅުއްވި ދަނބިދޫވޭރުގައި ހުރި މީހާ މަޤާމުން ވަކިކޮށް، ބުދު އުފުރާލާ ދަނބިދޫގައި ތިބި ކާފަރުންނަށް ޝަހާދަތް ކިޔަވައިދީ، ޚިޠާނު ކޮށް، ގ ޝަރީޢަތުގައި ހުރރިގޮތަށް ރޯދަ ހިފައިފައި ނަމާދުކޮށް ﷲ އަށް އަޅުކަންކުރަން އެންގެވިއެވެ. މާތްވެގެންވާ މުޙައްމަދު رَسُوْلُﷲ ދުނިޔެ ވީއްލަވައި

މައުލޫމާތު ހޯދީ[އުނިއިތުރު ގެންނަވާ]

  • ޖީ.ޑީ ވިޖެވަރްދަނަ، ޖޭ.ބީ ޑިސަނާޔަކަ އާއި ހަސަން އަހުމަދު މަނިކު - ލޯމާފާނު ތްރާންސްލިޓަރޭޝަން، ޓްރާންސްލިޓަރޭޝަން އެންޑް ނޯޓްސް އޮން ޕެލިއޯގްރަފީ، ވޮލިޔުމް ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ 1982މ.
  • ޙަސަން އަޙްމަދު މަނިކު، ޖީ.ޑީ ވިޖެވަރްދަނަ - އިސްދޫ ލޯމާފާނު، ރޮޔޭލް އޭޝިއަޓިކް ސޮސައިޓީ އޮފް ސްރީލަންކާ. ކޮޅުނބު، 1986 މ.
  • ދިވެހިބަސް ފޮތް - ރަދީފު، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ، 1991މ.
  • އެމް. މޯނިއަރ ވިލިއަމްސް - ސާންސްކްރިތް، އިންގްލިޝް ޑިކްޝަނަރީ (ނިޔު އެޑިޝަން) އޮކްސްފޯރޑް 1979 މ.
  • މުހައްމަދު އިބްރާހިމް ލުޠުފީ - ފަތްތޫރައިގެ ނަންބަރު 63، 64، 65، 67، 68، 71، 75، 76، 77، 79، 80، 82، 86، 88، 89. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު، މާލެ 1984 - 1986 މ.