Jump to content

2024 ވެނެޒުއެލާގެ ރިޔާސީ އިންތިޚާބު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

10 ޖެނުއަރީ 2025 އިން ފެށިގެން ހަ އަހަރުގެ ދައުރަކަށް ރައީސަކު ހޮވުމަށް 28 ޖުލައި 2024 ގައި ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިހާބު ބޭއްވީ، މިހާރުގެ މަޑޫރޯގެ ވެރިކަމުން ސިޔާސީ އިދިކޮޅު ފަރާތްތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި މިނިވަން ފަރާތްތަކަށް އަނިޔާ ކުރަމުން ދިޔާ ދަނޑިވަޅެއްގައެވެ.

ރައީސް ނިކޮލަސް މަޑޫރޯ ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވިއިރު، ކުރީގެ ޑިޕްލޮމެޓް އެޑްމަންޑޯ ގޮންޒާލެޒް އުރޫޓިއާ ތަމްސީލު ކުރެއްވީ އިދިކޮޅު މައިގަނޑު ސިޔާސީ އިއްތިހާދު ކަމަށްވާ ޔުނިޓަރީ ޕްލެޓްފޯމް އެވެ. ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުގެ އިސް އެހެން ކެންޑިޑޭޓުންގެ ކެމްޕޭން ތެރޭގައި ނުވަތަ މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވެސް ވަނީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ހަމަނުވާކަމަށް ބުނެފަ އެވެ. ޖޫން 2023 ގައި ލީޑިން ކެންޑިޑޭޓް މާރިއާ ކޮރީނާ މަޗާޑޯ އަށް ވެނެޒުއެލާ ސަރުކާރުން ވަނީ ސިޔާސީ ޖަރީމާތަކެއް ހިންގި ކަމަށް ބުނެ އިންތިޙާބުގައި ބައިވެރިވުން މަނާކޮށްފަ އެވެ. މި ފިޔަވަޅަކީ ސިޔާސީ އިންސާނީ ހައްގުތަކާ ހިލާފު ފިޔަވަޅެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކި، އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް، ޔޫރަޕިއަން ޔޫނިއަން، އަދި ހިއުމަން ރައިޓްސް ވޮޗް ފަދަ ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އިތުރުން ގިނަ ދައުލަތްތަކުން ވަނީ މި އަމަލު ކުށްވެރިކޮށްފަ އެވެ.