ޢާއިޝަތު ޢަލީ ނާޒް
ޑރ ޢާއިޝަތު ޢަލީ ނާޒު އަކީ އިނގިރޭސިވިލާތުގެ ދަ ޔުނިވަރސިޓީ އޮފް މެންޗެސްޓަރއިން، 2010 ވަނަ އަހަރު ކްލިނިކަލް ސައިކޮލޮޖީގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރެއްވާފައިވާ ފަރާތެކެވެ. މިއީ ރާއްޖޭގެ ފުރަތަމަ ކްލިނިކަލް ސައިކޮލޮޖިސްޓް އެވެ.
އާއިލާ
[އުނިއިތުރު ގެންނަވާ]ޑރ ޢާއިޝަތު ޢަލީ ނާޒު އަކީ މަޝްހޫރު ދިވެހި ބޭސްވެރިޔާ ޢަލީ ޙުސައިން ( ހ.ސީސައިޑް) ގެ ދަރިއެކެވެ. ޑރ ޢާއިޝަތު ޢަލީ ނާޒުގެ ޢާއިލާ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ރަށްތަކަށްވެސް ފެތުރިފައި ވެއެވެ. އެގޮތުން ބައްޕަ ފަރާތު މާމަ އަކީ ހދ. ކުޅުދުއްފުށި އަދި ހއ. ތަކަންދޫ އަށް ނިސްބަތްވާ ފަރާތެކެވެ. ބައްޕަ ފަރާތު ކާފަ އަކީ ސ.ހުޅުދޫ މީހެކެވެ. މަންމަ ފަރާތު މާމަ އަކީ ޏ، ފުވައްމުލަކު މީހެކެވެ. އަދި މަންމަ ފަރާތު ކާފަ އަކީ މާލޭ މީހެކެވެ.
ޑރ ޢާއިޝަތު ޢަލީ ނާޒުގެ ބޭބެ އަކީ ޑރ އަހުމަދު ޢަލީ ސަވާދު އެވެ.
ތައުލީމް
[އުނިއިތުރު ގެންނަވާ]- 1994 : ބެޗެލާރސް އޮފް އާރޓްސް އިން ސައިކޮލޮޖީ، ސޯސިއޮލޮޖީ ، އިންގްލިޝް އެންޑް އުރުދޫ - ބިޝޮޕްސް ކޮޓަން ވުމަންސް ކްރިސްޓިއަން ކޮލެޖް - ބެންގަލޫރު - އިންޑިޔާ
- 1995 : ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޖާނަލިޒަމް - ބާރަތިޔާ ވިދްޔާ ބަވަން - ބެންގަލޫރު - އިންޑިޔާ
- 1996 : މާސްޓަރސް އޮފް ސައިންސް އިން ކްލިނިކަލް ސައިކޮލޮޖީ - ބެންގަލޫރު ޔުނިވަސިޓީ - ބެންގަލޫރު - އިންޑިޔާ
- 1999 : މާސްޓަރސް އޮފް ފިލޯސަފީ އިން ކްލިނިކަލް ސައިކޮލޮޖީ - ނިމްހެންސް - ބެންގަލޫރު - އިންޑިޔާ
- 2009 : ޕީއެޗްޑީ އިން ކްލިނިކަލް ސައިކޮލޮޖީ - ސުކޫލް އޮފް ސައިކޮލޮޖިކަލް ސައިންސް - މެންޗެސްޓަރ ޔުނިވަސިޓީ - މެންޗެސްޓަރ - އިގިރޭސި ވިލާތް
ލިބިލައްވާފައިވާ ބައެއް ކާމިޔާބީތައް
[އުނިއިތުރު ގެންނަވާ]- މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު - 2012
- ޞިއްޙީ ދާއިރާއިން؛ ނަފްސާނީ ބަލިތަކާބެހޭ ރޮނގުން؛ ހިތްވަރުދިނުމުގެ ޤައުމީ އިނާމު - 2012